ކޮވިޑް-19 އާއި ގުޅިގެން މެލޭޝިޔާގައި އިއުލާން ކޮށްފައިވާ ފުރަބަންދު (ލޮކްޑައުން) ނުވަތަ މޫވްވެންޓް ކޮންޓްރޯލް އޯޑާ އުވާލުމާއި ހަމައަށް އެ ގައުމުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް އިންޓަނެޓު ހިލޭ ފޯރުކޮށްދޭން އެ ގައުމުގެ ސަރުކާރުން ނިންމަވައިފިއެވެ.
މެލޭޝިޔާގެ ބޮޑު ވަޒީރު ޓަން ސްރީ މުހްޔިއްދީން ވިދާޅުވެފައި ވަނީ އޭޕްރިލް 1ން ފެށިގެން އިންޓަނެޓު ހިލޭ ފޯރުކޮށްދިނުމަށް 600 މިލިއަން މެލޭޝިޔަން ރިންގިޓް ސަރުކާރުން ޙަރަދުކުރާނެ ކަމަށާއި އަދި އިންޓަނެޓާއި މުވާސަލާތީ ޙިދުމަތްތަކަށް ބުރޫ ނާރާނެކަން ކަށަވަރު ކުރުމަށް އިތުރު 400 މިލިއަން މެލޭޝިޔަން ރިންގިޓް ޙަރަދު ކުރާނެ ކަމަށެވެ.
މިކަން ކުރުމަށް ނިންމާފައި ވަނީ އެ ގައުމުގައި މުވާސަލާތީ ޙިދުމަތް ދޭ ކުންފުނިތަކާއި ގުޅިގެން ކަމުގައިވާއިރު، ރައްޔިތުންގެ ކަރަންޓު ބިލުތަކުން ބޮޑު ޑިސްކައުންޓުތަކެއް ދޭން ނިންމައި، އެކަމަށް 530 މިލިއަން މެލޭޝިޔަން ރިންގިޓް ޙަރަދު ކުރަން ނިންމަވާފައިވާ ކަމަށްވެސް ބޮޑު ވަޒީރު މުހްޔިއްދީން ވަނީ ވިދާޅުވެފައެވެ.
ކަރަންޓު ބޭނުންކުރާ މިންވަރަށް ބަލައި، އެކި ވަރުގެ ޑިސްކައުންޓުތައް ކަނޑައަޅާފައި ވާއިރު 6 މަސް ދުވަހުގެ މުއްދަތައް ކަރަންޓުން ޑިސްކައުންޓު ލިބިގެން ދާނެއެވެ. މީގެ ކުރިން ބޮޑުވަޒީރު މުހްޔިއްދީން ވަނީ އެ ގައުމުގެ ހުޅަނގުގައި ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، އިންޑަސްޓްރިއަލްގެ އިތުރުން ކޮމާޝަލް ކަންކަމުގަ އުޅޭ ފަރާތްތަކުގެ ކަރަންޓު ބިލުން ލުޔެއް ދިނުމަށް 500 މިލިއަން މެލޭޝިޔަން ރިންގިޓް ހޭދަކުރަން ނިންމަވާފައެވެ.
މެލޭޝިޔާ އަކީ ކޮވިޑް-19 އާއި ގުޅިގެން ރައްޔިތުންނަށް އެންމެ ބޮޑަށް މިފަދަ ލުއިތައް ދޭން ނިންމި ގައުމުކަމަށް ބެލެވޭ އިރު، މެލޭޝިޔާގައި ގިނަ އަދަދެއްގެ ދިވެހިންތަކެއްވެސް ދިރިއުޅެއެވެ. 31.62 މިލިއަން މީހުންގެ އާބާދީ އެއް އޮންނަ މެލޭޝިޔާގައި މިހައިތަނަށް 2161 މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮސިޓިވް) ވެފައިވާއިރު 26 މީހަކު ވަނީ ވައިރަހުގެ ޝިކާރަ އަކަށްވެ މަރުވެފައެވެ.
މިތާއޮތް ބޮލު ރޮދި ސަ ރުކާ ރައް އެބަފެނޭތޭ..؟
މަގެ ސުވަލަކި ރައްޖެގަ މިކަން ނުވަނު ކިވެބައެ އެހެން ގައުމުތަކުން ހަދަރަގަޅެ
މިގައުމުގައި "މަޝްވަރާ ކުރަނީ" "ތަހުގީގު ކުރަނީ'" ކޮންމެ ކަމެއްވެސް. ސްޕީޑް ހުންނަ ވަރު
މިވަރުވެސް އެޖެންޑާ19 އަކަށް ނުވާނެތީ ދެރައީ.. ހުސް ފޮނިކެނޑެނީ.. ވޯޓުލާނިމުނީމަ ރައްޔިތު ސޮރު ބޭކާރު