މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ރަށް ރަށް ބަދަލު ވާން ބޭނުންވާ މީހުންނަށް ސަރުކާރުން އެހީތެރިވުމަށް ނިންމަވާފައިވާ ކަމަށް ޖެންޑަ މިނިސްޓަރު ޑރ.އައިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ޖެންޑަ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮވިޑް-19 ގެ މިހާލަތުގައި މާލޭގައި ދިރިއުޅުއްވާ އާއިލާތަކަށް ދިރިއުޅުމަށް ދަތިތަކެއް ކުރިމަތިވަމުންދާތީ އެފަދަ އާއިލާތަކަށް އަމިއްލަ ރަށަށް ނުވަތަ އެހެން ރަށަކަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހަމަޖައްސައި ދެއްވާނެ ކަމަށެވެ.
ޖެންޑަ މިނިސްޓަރު ވިދާޅުވީ މާލޭގައި ދިރިއުޅުއްވާ ފަރާތްތަކުގެ ތެރެއިން އެ ފަރާތެއްގެ ރަށަށް ނުވަތަ އެހެން ރަށަކަށް ބަދަލުވާން ބޭނުންވާ ފަރާތްތަކުން 1421 އަށް ގުޅުއްވައިގެން އެކަމަށް އެދުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ ކޮވިޑުގެ ނުރައްކާތެރި މި ހާލަތުގައި މާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ޖެންޑަރ މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މަގުމަތިވެފައިވާ ފަރާތްތަކާއި މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް އެ މިނިސްޓްރީން ދަނީ އެހީތެރިވަމުންނެވެ.
ކޮވިޑް-19 ގެ ސަބަބުން އެތައް ބައެއްގެ ވަޒީފާ ގެއްލި އެތައް ވިޔަފާރިއެއް އިނދަޖެހުމުން ދާ މި ދަނޑިވަޅުގައި ސަރުކާރުން ގެންދަނީ އެފަދަ ފަރާތްތަކަށް އެހީތެރިވުމަށް މަސައްކަތް ކުރަމުންނެވެ.
ތީމާކުރީގަވެސް ކުރަންޖެހޭ ކަމެއް މާލެމީހުން ބަޑަޖެހިދާނެތީ ފޮނުވާނުލީ
އަހަރުމެންވެސްމީ މާލޭމީހެއް...އަމިއްލަ މަސައްކަތުން ކައިބޮއެގެން މި އުޅެނީ...ތަންތަން ކުއްޔައްދީގެނެން ނޫން....ކަލޯ ތީ ސިކުނޑީގެ ބައްޔެއް ބޮޑުވަރު ނުވަނީސް ބޭސްކުރޭ....
އަސްލުވެސް ތަނެއް ދޮރެއް ބަލާނުލާ އަބަދު ބަވަނީ
ތަނެއް ދޮރެއް ބަލާނުލާ އަބަދު ބަވަނީ
އަދޭސް ކޮށްފަ ވޯކް ފްރޮމް ހޯމް ހަދައިދީބަލަ! ގައުމުގެ ބޮޑު ބައި ރަށްރަށުގެ ތިބިއިރު، ގައުމުގެ ސިކުނޑިތަކުގެ ކިހާ ކުޑަމިންވަރެއްތޯ ތި ބޭނުންކުރެވެނީ މާލޭގަ ބަންދުކޮށްގެން! އާދޭސް ކޮށްފަ ބޮޑު ބަދަލެއް ގެނެސްބަލަ! އަދި މާލޭގަ މަސައްކަތްކުރާ ސިކުނޑިތަކުގެ ބޮޑުބައި އުޅެންޖެހޭ ޙާލަތަށް ބަލާއިރު ފިތިފަ، ދެން ގައުމުގެ ޕްރޮޑަކްޓިވިޓީ ދަށްވާނީ ކިހާވަރަކަށް!
ވަރަށް ރަގަޅު ކަމެއް.. ހަމަ މިއާއެކު ރަށްރަށުން ލިބޭ ހިދުމަތް ރަގަޅު ކުރަން ޖެހޭ... ރަގަޅު ޑޮކްޓަރުން ބޭނުން ވޭ... ސިއްހީ ހިދުމަތް ރަގަޅު ކުރަން ޖެހޭ...
ރަށްރަށް ދާން ބޭނުންވާ މީހުން ނަށް އެހީވަނީޔޯ ގުޅީމާ ބުނީ ދެވޭ ހިދުމަތެއް އަދި ނޭގެޔޯ ފަހުން ގުޅާަށޯ މީ ވާވަރަކީ
މަތިޔަ މިނިސްޓްރީއަށް ތިޔަ ހަބަރު އަހައިގެން ގުޅައިފިން ގުޅީމާ ދޭނޭ މައުލޫމާތެއްނެތް ޓްޓާ ކުރާއިރު ކޮންދެނީ ކޮންކަމެއްކަމެއްކަންވެސް ނޭގޭ ފަހުން ގުޅާށޯ
ވަރަށް ރަނގަޅު ނިންމުމެއް! ރައްރަށުގެ އާއްމު ޙިދުމައް ވެސް ރަނގަޅު ކޮށްދިނުމަށް އެދި ދަންނަވަން!