ސަމްސަންގް އިން އެންމެ ފަހުން ނެރުނު ސަމްސަންގް ގެލެކްސީ އެސް-9 އަދި އެސް-9 ޕްލަސް އަށް ޕްރީއޯޑަރު ކުރުމުގެ ފުރުސަތު ދިރާގުން މިއަދު ހުޅުވާލައިފިއެވެ.

ދިރާގުން ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެން ދިރާގުގެ ކަސްޓަމަރުންނަށް ސަމްސަންގް ގެލެކްސީ އެސް-9 އަދި އެސް-9 ޕްލަސް އަށް ޕްރީއޯޑަރު ކުރެވޭނެ ކަމަށެވެ.

ދިރާގުން ބުނީ ދިރާގު މެދުވެރިކޮށް ފޯން ބައްލަވައި ގަންނަވާ ޕޯސްޓްޕެއިޑް ކަސްޓަމަރުން މިދިޔަ އަހަރު ދިރާގުން ތައާރަފް ކުރި އާ ޕޯސްޓްޕެއިޑް ޕެކޭޖްތަކަށް ބަދަލު ކުރުމުން އިންސްޓޯލްމެންޓަށް ފައިސާ ދައްކައިގެން ފޯން ގަތުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އޭގެ އިތުރުން ބައްލަވައި ގަންނަވާ ކޮންމެ ފޯނަކާއި އެކު ހަމަސް ދުވަހަށް ކޮންމެ މަހަކު ފަސް ޖީބީ ފްރީ ބޯނަސް ޑޭޓާ ވެސް ލިބިވަޑައިގަންނަވާނެއެވެ.

ދިރާގުން ބުނީ, މިދިޔަ އަހަރުން ދިރާގުން ތައާރަފް ކުރި ދިރާގު ޕޯސްޓްޕެއިޑް ޕެކޭޖްތައް ނަންގަވައިގެން ވެސް ރަނގަޅު އަގެއްގައި ފޯން ލިބިވަޑައިގަންނަވާނެ ކަމަށެވެ.

އަދި ޕްރީ އޯޑަރު ކުރައްވާ ފަރާތްތަކަށް 30 އިންސައްތައިގެ ޑިސްކައުންޓެއްގައި ސެމްސަންގް ގިއާ ސްޕޯޓްސް ވޮޗެއް ވެސް ލިބިވަޑައިގަންނަވާނެކަމަށް ދިރާގުން ބުންޏެވެ.

ސަމްސަންގް އެސް-9 އަދި އެސް-9 ޕްލަސް ގެ 64ޖީބީ އާއި 128ޖީބީގެ ފޯން ވަނީ ބާޒާރަށް ނެރެފައެވެ. މިފޯންތަކުގެ މިޑްނައިޓް ބްލެކް، ކޮރަލް ބްލޫ އަދި އާ ކުލައެއް ކަމަށްވާ ލިލަކް ޕާޕަލް ވެސް ލިބެން ހުންނާނެއެވެ.

ސަމްސަންގް އެސް-9 އަދި އެސް-9 ޕްލަސް އަށް ދިރާގު ވެބްސައިޓް މެދުވެރިކޮށް ޕްރީ އޯޑަރު ކުރެއްވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނިއުކްލިއަރ ވޯރ ހެޑް

    ދިރާގު ތީ ފޭކް ބައެއް... ސިމްކާޑް ކްލޯން ކުރިހެން ކްލޯން ކޮއްފަހުރި ފޯން ތަކަކަށްވާނީ

    • ހާމިދު

      ސިމް ކްލޯން އެއް ނުކުރެ. މާ ބޮޑަށް އެނގިފަ ތިއޮތި. ކޮންމެ ތަނަކުންވެސް ސަރުކާރުން އެ އޮންނަ އުސޫލަކުން ހަވާލު ކުރީމަ ކުރާނެ. އެކަމް ސިމް ކްލޯން އެއް ނކުރެ. އެކްސަސް ތަކެއް ދިނީ.