ސަލްމާންގެ ހާން ޅިޔަނު އާޔޫޝް ޝަރްމާ ބޮލީވުޑަށް ތައާރަފުކުރާ ފިލްމް "ލަވްރެޓަރީ" ގެ ޝޫޓިން ފަށައިފި އެވެ. މިއީ ސަލްމާން ޚާންގެ ޅިޔަނުގެ ފުރަތަމަ ފިލްމެވެ.

ސަލްމާން ޚާންގެ އެންމެ ހަގު އަންހެން ކޮއްކޮ އަރްފިތާ ޚާންގެ ފިރިމީމީހާއަށް ސަލްމާން ޚާންގެ ބެލުމުގެ ދަށުން ދަނީ ޚާއްސަ ތަމްރީންތަކެއް ދެމުންނެވެ. އާޔޫޝް އާއި އަރްޕިތާ ކައިވެނިކުރި ހިސާބުން ފެށިގެން ސަލްމާންގެ އާއިލާ އިން ވަނީ އާޔޫޝް ބޮލީވުޑަށް ތައާރަފު ކުރުމުގެ މަސައްކަތް ފަށައިފަ އެވެ.

އާޔުޝްއަކީ ސަލްމާންގެ ހަގު އަންހެން ކޮއްކޮ އަރްޕިތާ ހާންގެ ފިރިމީހާ އެވެ. އެ ދެ މީހުންނަށް އާހިލް ކިޔާ ފިރިހެން ދަރިއަކު ވެސް ލިބިފައިވެ އެވެ.

"ލަވްރެޓަރީ" ގެ ޝޫޓިން އާދީއްތަ ދުވަހު ފެށުމާ އެކު، ސަލްމާން ވަނީ ފިލްމްގެ މަންޒަރެއް ޓްވިޓާގައި ހިއްސާކޮށްފަ އެވެ. އެ ފޮޓޯގައި ފެންނަަނީ އަޔުޝް އާއި ފިލްމްގެ އާ ބަތަލާ ވަރީނާ ހުސައިން ވަރަށް ހެވިފައި ތިބެގެން ސައިކަލެއް ދުއްވާ ތަނެވެ. މީގެ ކުރިން ލޯބިވެރިންގެ ދުވަހާ ދިމާކޮށް ސަލްމާން ޚާންވަނީ މިފިލްމުގެ ޕޯސްޓަރެއް އާމުންނަށް ދަށްކާލާފައެވެ.

ސަަލްމާންގެ ފިލްމް ކުންފުނި އެސްކޭއެފުން ޕްރޮޑިއުސްކޮށް، އަބިރާޖް މިނަވާލާ ޑައިރެކްޓް ކުރާ ލޯބީގެ މިފިލްމްގެ މައިގަނޑު ވާހަކަ އެނބުރެނީ އިންޑިއާގައި ފެސްޓިވަލެއްގެ ގޮތުގައި ފާހަގަ ކުރާ ކުލަގަދަ ނަވްރަތުރީގެ ތެރެއިން އަޔުޝް އާއި ވަރީނާ ދިމާވެގެން ހިނގާ ލޯބީގެ ކަންތައްގަނޑެކެވެ.

"ލަވްރެޓަރީ" ފިލްމް ސިނަމާތަކަށް އަންނާނީ މި އަހަރުގެ ސެޕްޓެމްބަރު 21 ގަ އެވެ.