ތަފާތު ފޮޓޯއެއް ފެނިއްޖެނަމަ އެއަށް މީސްމީޑިއާގައި ވަރަށް ބޮޑަށް ސަމާލުކަން ހުއްޓެއެވެ. އެތައް ބަޔަކު އެ ފޮޓޯތައް ބަލައި، ކޮމެންޓްކޮށް ހަދާއިރު، އެ ފޮޓޯތައް ބޭނުންކޮށްގެން މީމްތައް ހަދާ މީހުންވެސް މަދެއް ނޫނެވެ.

މިއީވެސް އެފަދަ ފޮޓޯއެކެވެ. ވަރަށް ތަފާތެވެ. މިފަދަކަމެއް ހަމަލޮލަށްވެސް ފެންނާނީ މަދު ފަހަރަކުއެވެ. މިފަހަރު މީސް މީޑިޔާގައި ވާހަކަދައްކަމުންދާ ފޮޓޯއަކީ ބިހެއްގެ ތެރޭގައި ބިހެއް އޮއްވާ ނަގާފައިވާ ފޮޓޯއެކެވެ. ބޮޑު ބިހެއްގެ ތެރޭގައި އޮތީ ކުޑަ ބިހެެކެވެ.

އެހެންބިސްތަކާއި މާބޮޑު ތަފާތުކަމެއް ފެންނަން އެ ބިހުގައި ނެތް ނަމަވެސް، އެ ބިސް އެހެން ބިސްތަކަށްވުރެ ބޮޑެވެ. އެ ގޮތުން ބިހަކީ އެހެން ބިސްތަކަށްވުރެ ތިން ގުނަ ބޮޑުވެ. އެހެންވުމުން އެ ބިސް ފެޅުމަށް މިބާވަތުގެ ތަކެތި ގެންގުޅޭ މީހާ ބޭނުންވީއެވެ.

އެގޮުތުން އެ ބިސް ފަޅާ ބެލިއިރު، އެ މީހުންނަށްވެސް އެ ފެނިފައި ހައިރާންކަމެއް ލިބުނެވެ. ނަމަވެސް އެ މީހުންނަށް އެއީ ކޮން ކުކުޅެއް އެޅި ބިހެއްކަން ބުނަން ނޭގުނެވެ. އެއީ އެ މީހުން 3000 އެއްހަ ކުކުޅު ގެންގުޅޭތީއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަފްލާ

    ﷲގެ ކުޅަދުން ވަންތަކަން އެހެން ހުރިހާ އެއްޗަކާއި ކަމަކަށްވުރެ މާބޮވެ.

  2. ޮޮޮހަގދޗހ

    ހާ

  3. އިބިލީސް

    ބިސް އެޅި ކުކުޅަށް އަވަސް ޝިފާ އަކަށް އެދެން