މިިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ރޭ މަރުވި އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ސްރީދޭވީގެ ހަނދާނުގައި ސްވިޒްލެންޑްގައި ސްރީދޭވީގެ ސިފައަށް ބުދެއް ބަހަށްޓަން ނިންމައިފިއެވެ.

ސްވިޒްލޭންޑުން ސްެރީދޭވީގެ ސިފައަށް ފަރުމާކޮށްފައިވާ ބުދެއް އެގައުމުގައި ބެހެއްޓުމަށް ނިންމާދައިވަނީ ސްރީދޭވީގެ ސަބަބުން އެގައުމުގެ ފަތުރުވެރިކަމަށް އައި ބޮޑު އިންގިލާބުގެ ސަބަބުންނެވެ. އެގޮތުން 1964 ވަނަ އަހަރު ރިލީސް ކުރެވުނު ސްރީދޭވީގެ ފުަރަތަމަ ފިލްމު ސަންގަމް އާއި އޭގެ ތިން އަހަރު ފަހުން 1967 ގައި ނުކުތް ސްރީދޭވީގެ އިވްނިންގް އިން ޕެރިސްގެ ގިނަ މަންޒަރުތަށް ނަގާފައިވަނީ ސްވިޒްލޭންޑްގެ ހިތްގައިމު މާހައުލުންނެވެ.

އަދި އޭގެ ފަހުން 1986 ވަނަ އަހަރު ރިލީސް ކުރެވުނު ޗޯޕްރާސް ޗަންދިނީ އާއި އެކު ސްވިޒްލޭންޑްގެ މަޝްހޫރުކަން މުޅި އިރުމަތީ އޭޝިއާއަށް ފެތުރިގެން ދިޔައެވެ. އަދި އެއާއި އެކު ސްވިޒްލެންޑްގެ ފަތުރުވެރިކަމަށް ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށް ސްވިޒްލެންޑްގެ ސަރުކާރުން ބުނެެއެވެ.

އިންޑިއަން އެކްޕްރެސްއަށް ސްވިޒްލޭންޑްގެ ސަރުކާރުގެ އޮފިސަލަކު ވިދާޅުވީ ސްރީދޭވީ ވަނީ އެގައުމުގައި ޓްއަރިޒަމް ކުރިއެރުވުމަށް ވަރަށް ބޮޑަށް އެހީތެރިވެދީފައިކަމަށާއި މިއީ ސްރީދޭވީގެ ހަނދާން އާކުރުމަށް އެގައުމުގައި ސްރީދޭވީގެ ސިފައަށް ބުދެއް ބެހެއްޓުމުގެ ވަގުތު ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކި ގޮތް ގޮތުން ހިދުމަތް ކުރި ފަރާތްތަކުގެ ހަނދާން އާކުރުމަށް އެ ފަރާތްތަށް މަރުވުމަށް ފަހުވެސް އެމީހުންގެ ސިފައަށް ބުދުތަށް ހަދައެވެ. އަދި ބައެއް މީހުން އެފަދަ ބުދުތަށް އެއީ ކަނލާންގެ ކަމުގައި ދެކެއެވެ. ނަމަވެސް ހަޤީގަތަކީ މާތް ﷲ ނޫން އިލާހަކު ނުވާ ކަމަށާއި އެއިލާހުނޫން އިލާހަކަށް އަޅުކަންކުރުމަކީ އިސްލާމްދީން ހުއްދަ ކުރާ ކަމަކަށް ނުވުމެވެ. އަދި އިސްލާމްދީން ނޫން އެހެން ދީންތަކަކީ ބާތިލް ދީން ތަކަކަށް ވުމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިބްރާހީމް

    ސުރީދޭވީ އުފަންވީ 13 އޯގަސްޓ 1963 ގަ ދެން ކިހިނެިތްބާ ސަންގަމް، އިވްނިންގ އިން ޕެރިސް ސުރީދޭވީގެ ފިލްމަކަށްވީ

    • ރެޓޭ

      އިބްރާހީމް އެބުނީ ތެދެއް!

  2. ރެޓޭ

    އެބުނާ ދެ ފިލްމުން ކުރެ ފިލްމެއްގައި ޝްރީދޭވީގެ މަންމަ އުޅެފާނެ ތޯއްޗެ!