އިންޑިއާގެ މަޝްހޫރު ޑްރާމާ އެކްޓްރެސްއެއްކަމަށްވާ ދިޕިކާ ކައްކަރް އިސްލާމްވެއްޖެކަމަށް އޭނާ ބުނެފިއެވެ.
ދިޕިކާ، "ޓައިމްސް އޮފް އިންޑިއާ" އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، އޭނާ އިސްލާމްވި ވާހަކައެއީ ހަގީގަތެއްކަމަށާއި، ނަމަވެސް އެކަމާއި ގުޅޭގޮތުން ވާހަކަދައްކަން ނުޖެހޭ ކަމަށެވެ. އަދި އެއީ އޭނާގެ އަމިއްލަކަމެއްކަމަށް ބުނިއިރު، އެކަމާއި ގުޅޭގޮތުން މީޑިޔާއާ ހިއްސާކުރަން ޖެހޭ މައުލޫމާތެއް ނެތް ކަމަށް އޭނާ ބުންޏެވެ.
ދިޕިކާ ބުނީ، އޭނާއެކަމާއި ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ. އަދި އެއީ ކުރަން ބޭނުންވެގެން ކުރިކަމެއް ކަމަށް އޭނާ ބުނިއިރު، އާއިލާވެސް ތިބީ އޭނާއެކުގައިކަމަށް އޭނާ ބުންޏެވެ.
އޭނާ އިތުރަށް ބުނިގޮތުގައި، އެއީ އޭނާ އަމިއްލައަށް ނެގި ފިޔަވަޅެކެވެ. އަދި އެކަމާއި އެެއްވެސް މީހަކު ހިތާމަ ކުރަން ނުޖެހޭނެކަމަށް އޭނާ ބުންޏެވެ.
ދިޕިކާ ކައިވެނިކޮށްގެންވެސް އުޅެނީ އެކްޓަރ ޝުއައިބް އިބްރާހިމްއާއެެވެ. ޝުއައިބް އާއި ދިޕިކާ ކައިވެނިކޮށްފައި ވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ގިނަ ދުވަސްތަކަކަަށް ފަހުއެވެ. މި ދެތަރިން ކައިވެނިކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ.
މިހެންވެ ދޯ ބިންހިއްކާ މީހުން ވައްކަރު ގަންނަން އެއުޅެނީ
އީމާންކަން ހަރުދަނާކުރައްވާ ދީންމަތީ ސާބިތުކުރައްވާށިއެވެ.
އާމީން
އަލްޙަމްދުﷲ.
އަލްޙަމްދުﷲ
ﷲ ހެޔޮރަހުމަތް ލައްވާށި..
އާނީން
ޜަގަލު ބަރަަަަބަރު