ކުޑަކުދިންގެ އަތައް އައިފޯން ދިނުންދެން ހުއްޓާލަންވެއްޖެއެވެ. މީހަކަށް މިއޮތޯ އެފަދަ ކަމެއް ކުރެވިގެން ބޮޑު ލަޑެއް ލިބިފައެވެ.

ޗައިނާ މީހަކު އޭނާގެ ދެ އަހަރުގެ ދަރިފުޅު އަތައް އޭނާގެ އައިފޯން ދިނުމުން ފޯން ލޮކް ކޮށްލީ ދެ ސިކުންތު ނޫނި ތިން ސިކުންތަކަށް ނޫނެވެ. 48 އަހަރަށެވެ. މިކަންތައް ދިމާވީ އެ ކުޑަކުއްޖާ މާގިނައިން ނުބައިކޮށް ޕާސްކޯޑް ޖަހައިގެންނެވެ.

ލޮކްވި އެ ފޯނުގެ ސްކްރީންގެ ފޮޓޯއެއް މީސްމީޑިޔާގައި މިހާރު ދައުރުވަމުންދާއިރު، އެ ފޮޓޯއިން ފެންނަނީ އެ ފޯން 25,114,984 މިނިޓަށް ލޮކްވެފައިވާތަނެވެ. އެއީ 48 އަހަރެވެ.

އެއީ ހަމަގައިމުވެސް މީހަކަށް ފޯނު ބޭނުންނުކޮށް ހުރެވޭ ވަރަށް ވުރެ ގިނަ އަހަރު ނޫންތޯއެވެ، އެހަ ގިނަ ދުވަހަށް ފޯން އަންލޮކް ވޭތޯ ބެލުމަށްވުރެ އާ ފޯނެއް ގަތީމާ މާ ރަނގަޅުވާނެއެވެ،

25 މިލިއަން މިނިޓަށް އެ ފޯން އަންލޮކްވިއިރު، އެ އަންހެން މީހާ އެ ފޯން އޭނާގެ ދަރިފުޅަށް ދިނީ އެޑިޔުކޭޝަނަލް ވީޑިޔޯތަކެއް ބަލާށެވެ. އެހެން ނަމަވެސް އޭނާ އެނބުރި ގެއަށް އައިރު، ފޯން އޮތީ ޑިސޭބަލްވެފައެވެ.

ވަގުތުން އެ އަންހެން މީހާ ވަނީ އެ ފޯން ހިފައިގެން އައިފޯން ހަދާތަކަށް ގޮސްފައެވެ. އެ ފޯން ހަދާތާ އިން މީހާ ބުނީ، މީގެ ކުރިން އޭނާއަށް 80 އަހަރަށް ލޮކްވެފައިވާ އައިފޯނެއް ފެނުނު ކަމަށެވެ.

މިއީ ހަމަ އެހެން އައިފޯންތަކަށްވެސް ވެދާނެ ކަމެކެވެ. މާގިނައިން ޕާސްކޯޑް ޖެހުމުން ހަމަ ފޯން މިއަށްވުރެ ގިނަ އަހަރުތަކަށްވެސް ލޮކުވުން އެކަށީގެންވެއެވެ.