ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އެ ތިބީ ހިތާހިތުން ގުޅިފައެވެ. ކައިވެނި ކުރާ ތާރީހެއް އަދި ހާމަކޮށްފައިނުވި ނަމަވެސް، ކައިވެންޏަށްޓަކައި މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

އެމެރިކާގެ ޗެޓް ޝޯވއެއްގެ ގެސްޓެއްގެ ގޮތުގައި، ބައިވެރިވެގެން ނިކް ބުނިގޮތުގައި، ޕްރިޔަންކާ އާއި ދެ މީހުން ޑޭޓް ކުރީ ވަރަށް މަދު ދުވަސްކޮޅެއްގައި ކަމަށާއި، އޭގެ ފަހުން އެންގޭޖް ކުރީ ކަމަށެވެ. އަދި އެންގޭޖް ކުރީ އެކަން ކުރުން އެއީ ރަނގަޅު ކަމެއްގެ ގޮތުގައި ދެކިގެން ކަމަށް ނިކް ބުންޏެވެ.

އުމުރުން 25 އަހަރުގެ ނިކް ވަނީ އެ ޝޯވގެ ތެރެއިން އޭނާ ޕްރިޔަންކާއަށް ހިތްދެވުނު ގޮތްވެސް ކިޔާދީފައެވެ.

ނިކް ބުނިގޮތުގައި، އޭނާއާއި ޕްރިޔަންކާއާ ފުރަތަމަ ވާހަކަދެއްކީ މެސެޖްކޮށްގެން ކަމަށެވެ. އަދި އެެގޮތަށް ހަ ވަރަަކަަށް މަސް ދުވަހު އުޅުނުކަމަށް ނިކް ބުންޏެވެ. އަދި އޭގެ ފަހުން ދެ މީހުން މެޓް ގާލާއިން ދިމާވި ވާހަކަ އޭނާ ކިޔާދިނެވެ. އަދި މަދުމަދުން ބައްދަލުކޮށް، އެ ގުޅުން ބަދަހިވާން ފެށިކަމަށް ނިކް ބުންޏެވެ.

"އޭރު އަހަރެމެންނަކީ ރަހުމަތްތެރިން. އެކަމަކު އަހަރެމެން ދެ މީހުންގެ ދިރިއުޅުން ދިޔައީ އެކި ހަރުފަތްތައް ގިރާކުރަމުން". ނިކް ބުންޏެވެ.

އަދި އޭގެ ހަފްތާތަކެއް ފަހުން ދެ މީހުން ވަރަށް ގިނައިން ބައްދަލުކުރިކަމަށް ނިކް ބުންޏެވެ. އޭރު ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ވަރަށް ގަދަޔަށް އަޑުވެސް ފެތުރުނެވެ. ނަމަވެސް ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅެން ފެށީ މީގެ ފަސް މަސް ކުރިން ފަށައިގެންކަމަށް އޭނާ ބުންޏެވެ.

އެހެންކަމުން ނިކްގެ ވާހަކަތަކުން ޕްރިޔަންކާއާ މާގިނައިން ބައްދަލުކުރުން ވެގެން ދިޔައީ، އޭނާ ޕްރިޔަންކާއަށް ހިތްކީ އެއް ސަބަބަށެވެ. ނިކް އާއި ޕްރިޔަންކާ އެންގޭޖްކޮށްފައި ވަނީ މި އަހަރުގެ ޖުލައި މަސް ތެރޭގައެެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޕްރިޔަންކާ

    ދެން ގިނައިން ފެންނަނީއޭ ކިޔާފަ ހުރިހާ އަންހެނުންނާ އިންނަގަ... އެހެން މީހުންނަށްކީތްތަ...

  2. އިން

    މުސްކުޅިއަކާ ނުއިންނަނީ ކީއްވެ؟ ނުލިބުނީތަ.. ހޯދައިދޭންވީތަ...

    • ސ

      .ކޮބާތަ މައްސަލައަކީ.
      ޢަހަރުމެންގެ ލޮބުވެތިރަސޫލާ ހަދީޖަތްގެފާނާ ކައިވެނި ބައްލަވައިގެން އުމުރުއިގޭތަ؟
      .މާހަޑިހުތުރު ކަމަކަށްވެގެން ތިއުޅެނީ.

  3. އަހްމަދު

    މަވެސް ސުނިޔަންކާދެކެ ހާދަ ލޯބިވެޔޭ.

  4. އައްކު

    ހޫ ކެއަރސް