ރަނގަޅު ސިއްޙަތެއްގައި ހުރުމަކީ ކޮންމެ މީހަކުމެ ކުރަން ބޭނުން ވާނޭ ކަމެކެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަނީ މި ކަމަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމުގައެވެ. ނަމަވެސް މުޅި އަކުން އެހެނެއް ނޫނެވެ. ދިރިއުޅުމުގެ ވައްޓަފާޅި އަށް ގެންނަ ކުޑަކުޑަ ބަދަލަކުން ވެސް ރަނގަޅު ސިއްހަތެއްގައި ހުރުމަށް މަގުފަހި ކުރުވައެވެ. އެ ގޮތުން ކުރުން އެދެވިގެންވާ ބައެއް ކަންކަން ތިރީގައި ފާހަގަ ކޮށްލާނަމެވެ.

ކައި ނިމޭގޮތަށް ދަތް ނޫނގުޅާށެވެ!

ކައި ނިންމާލުމަށްފަހު 30-60 މިނެޓް ދަތް ނޫނގުޅާ މަޑުކޮށްލާށެވެ. ވަކީން ޚާއްސަކޮށް "އެސިޑިކް ފުޑް" އެއް ކެއުމަށްފަހުއެވެ. އެހެންނޫނީ ދަތްތަކަށް އެސިޑްގެ އަސަރު މާ އަވަހަށް ކޮށް، ހިރުގަނޑު ހަލާކުވުން އެކަށީގެން ވެއެވެ.

Related image

އެނާރޖީ ޑްރިންކްސް އާ ދުރުވޭ!

ވަރުބަލިވެފައި ހުންނަ ވަގުތު ތަކުގައްޔާއި އެނޫން ވަގުތު ތަކުގައި ވެސް އެނާރޖީ ޑްރިންކްސް ބޭނުން ކުރުމަކީ އަޅުގަނޑުމެން އެންމެންގެ ވެސް އާދައެކެވެ. ނަމަވެސް ރަނގަޅު ސިއްހަތަކަށް އެދޭނަމަ އެކަން ހުއްޓާލާށެވެ. އެއީ ކޮފީގައި ކެފެއިން ހިމެނޭ މިންވަރަށް ވުރެ، އެނާރޖީ ޑްރިންކްސްގައި ކެފެއިން ހިމެނޭ ނިސްބަތް ފަސް ގުނަ އިތުރެވެ.

Related image

ކުޅިކޮށް ކެއުމަށް އާދަކުރައްވާ!

ބައެއް މީހުންނަށް މިއީ ފުދޭ ވަރަކަށް އުނދަގޫ ކަމަކަށް ވެދާނެއެވެ. ނަމަވެސް މިއީ ބަރުދަން ލުއިކުރުމަށް އެޅޭނެ އެއް ފިޔަވަޅުވެސް މެއެވެ. އަދި ހަމަ އެހެންމެ މިކަމުގެ ސަބަބުން ހަށިގަނޑުގައި ލޭ ދައުރު ވާލެއް ރަނގަޅުވެ، ގައިގައި ވަރު ޖައްސައިދެއެވެ.

Related image

ޕަޒްލް ފަދަ 'މައިންޑް ރިފްރެޝިން' ގޭމް ކުޅުމަށް އާދަ ކުރައްވާ!

މަސައްކަތުގެ މާހައުލުގައި ބުރަކޮށް އުޅުމަށްފަހު ސިކުނޑިއަށް އަރާމު ހޯދައިދިނުމަށް ސިއްޙީ ގޮތުން ކުރެވޭނެ ފަސޭހަ ކަމެއް ނޭނގިގެން ވަރަށް ގިނަމީހުން އުޅޭނެއެވެ. އެ ފަދަ މީހުންނަށް ބުނެލަން އޮތީ ޕަޒްލް ފަދަ ސިކުނޑީގެ ބޭނުން ކުރަން ޖެހޭ ގޭމް ކުޅުމަށް ދުވާލުގެ ކޮންމެވެސް ވަގުތު ކޮޅެއް ހުސްކޮށްލައްވާށެވެ. މި ކަމުގެ ސަބަބުން އެލްޒީމިއާރ ފަދަ ބަލިތައް ޖެހުން ދުރުވެ، މީހާ ތާޒާ ކޮށްދޭނެއެވެ.

Image result for playing puzzle

ކޮންމެހެން ވެސް ކަސްރަތު ކުރަންވާނެ!

ގިނަ މީހުން ކަސްރަތުކޮށް އުޅެނީ ހަމައެކަނި ބަރުދަން ލުއި ކުރުމަށެވެ. ނަމަވެސް ކަސްރަތު ކުރުމުގެ ސަބަބުން ލިބެނީކީ ހަމަ އެކަމނި އެ ފައިދާއެއް ނޫނެވެ. އެއާ ޚިލާފަށް، އެކަމުގެ ސަބަބުން ކަންތައްތަކަށް ތިމާގެ "ފޯކަސް" ހުއްޓި، ކަންކަމުގައި މަސްއޫލުވެ އުޅުމަށް ފަސޭހަވެގެން ދާނެއެވެ.

Image result for exercise

އަވީގައި ވެސް އުޅެން ވާނެ!

ގިނަ މީހުންނަށް ވިސްނިފައި އޮންނަނީ އަތްވަށް ނުކުމެއްޖެ ނަމަ، ކަޅުވެ ހަންގަނޑުގެ ކުލަ އަނދާނެ ކަމުގައެވެ. އެހެންވެ، ބޭރަށް ނިކުންނައިރު 'ސަން ލޯޝަން' ބޭނުން ކުރާ މީހުންވެސް މަދެއް ނޫނެވެ. އެކަމަކު މިއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ވިޓަމިން ޑީ އެކުލެވިގެންވާ ޔޫވީ ރޭ އަކީ ހަށިގަނޑަށް ފައިދާ ހުރި އެއްޗެކެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް މަދުވެގެން ތިރީހަކަށް މިނެޓް އަވި ލިބޭ ފަދަ ކޮންމެވެސް ތަނެއްގައި ހޭދަ ކޮށްލައްވާށެވެ.