އުމުރުން 26 އަހަރުގެ މީހަކު މަރާލުމަށްފަހު، އޭނާގެ ލޯބިވެރިޔާ ރޭޕްކޮށްފިއެވެ.

މުމްބާއީގެ އަވަށެއްގައި މި ހާދިސާ ހިނގިއިރު، އެ އަންހެން މީހާ ރޭޕްކުރި މީހާ ވަނީ އެ މީހުން އަތުން ބިރުދައްކައިގެން ފައިސާ އާއި ފޯން ފޭރިގެންފައެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ މި ހާދިސާ ހިނގިއިރު، މަރާލި ގަނެޝް ނަމަކަށް ކިޔާ އެ ފިރިހެން މީހާ އޭނާގެ ލޯބިވެރިޔާ އެކީ ދިޔައީ ސައިކަލް ދުއްވާށެވެ. އަދި އެ މީހުން މަޑުކޮށްގެން ތިބީ ލޯބިވެެރިން އާއްމުކޮށް ގޮސް އުޅޭ ހިސާބެއްގައެވެ.

އެތާގައި މަޑުކޮށްގެން ތިއްބާ މީހަކު އައިސް ބަޑިން ބިރުދެއްކުމަށްފަހު އެންމެ ފުރަތަމަ އެ މީހުންގެ އަތުން ފައިސާއާ ފޯނު ފޭރިގަންނަށް އޭނާ މަސައްކަތް ކުރީއެވެ. އެމީހާ ބުނިގޮތަށް ގަނެޝްގެ ކަންތައް ނުކުރުމުން އޭނާގެ ގަޔަށް ތިން ފަހަރަށް ބަޑިޖަހާފައިވާކަމަށް އޭނާގެ އެ އަންހެން މީހާއާ ހަވާލާދީ ފުލުހުން ބުންޏެވެ.

އަދި އެއަށްފަހު އެ އަންހެން މީހާ ރޭޮޕް އެ މީހުންގެ ފޯނާއި، ފައިސާ އަދި އެ މީހުންގެ ސައިކަލުވެސް ފޭރިގަނެގެން ވަނީ ފިލާފައެވެ.

އެ އަންހެން މީހާ ދެން ހޯދީ ފުލުހުންގެ އެހީތެރިކަމެވެ. ފުލުހުންގެ އެހީތެރިކަމާއެކު އެ ފިިރިހެން މީހާގެ ހަށިގަނޑު ހޮސްޕިޓަލަށްގެންގޮސް ވަނީ ޕޯސްޓްމޯޓަމް ހަދާފައެވެ. އަދި އެ ފިރިހެން މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު