ބައިނަލްއަޤުވާމީ ޖައްވީ އިދާރާ (އައިއެސްއެސް) ގައި ގިނިހިލައަކުން ޖެހި ހިނގި ހާދިސާއެއްގައި، އެ އިދާރާގެ ބިއްލޫރިގަނޑެއް ތަޅައިގެންގޮސް ލޯވަޅެއް އެޅިއްޖެއެވެ.

މީގެ ދުވަސްތަކެއް ކުރިން ހިނގި މި ހާދިސާއާއި ގުޅޭ މަޢުލޫމާތު ދެމުން ނާސާގެ އޮފިޝަލުން ބުނެފައިވަނީ، ބިމާއި 400 ކިލޯމީޓަރު މަތިން ދައުރުވަމުންދާ އައިއެސްއެސް ގައި ލޯވަޅެއް އެޅުނީ ބާރު ދުވެލީގައި ދަތުރުކޮށްފައިދިޔަ ކުޑަކުޑަ ގިނިހިލައަކުން ނުވަތަ ގިނިހިލައެއްގެ ބަޔަކުން އެ އިދާރާގެ ބިއްލޫރިގަނޑެއްގައި ޖެހުމުންނެވެ.

މި ހާދިސާގައި އެ އިދާރާގެ ބޭރުން ރައްކާތެރިކަމަށްޓަކައި ޤާއިމްކޮށްފައިވާ ފަށަލައަށް ގެއްލުން ލިބި އެތެރޭގައިވާ ފަށަލައިގައި ލޯވަޅެއް އެޅުނުއިރު، އެ ލޯވަޅުގައި ގާތްގަޑަކަށް ދެ މިލިމީޓަރު ހުރި ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ. މިކަމުގެ ސަބަބުން އެ އިދާރާއިން އޮކްސިޖަލް ލީކުވެ ކެބިންގެ ޕްރެޝަރު ދަށްވިކަމަށާއި، އޭރު އެ އިދާރާގައި މަސައްކަތްކުރާ އެސްޓްރޮނޯޓުން ތިބީ ނިދާފައި ކަމަށްވެސް އެފަރާތްތަކުން ބުނެފައި ވެއެވެ.

މި ހާދިސާގައި އެއްވެސް އެސްޓްރޮނޯޓަކަށް ގެއްލުމެއް ލިބިފައިނުވާއިރު، އެފަދަ ހާދިސާއެއް ހިނގައިފިކަން އެނގުނީ އައިއެސްއެސްގެ އެތެރޭގައި އިން ސެންސަރަކުން، ޕްރެޝަރު ދަށްވާކަމުގެ އެލާމް އަޅަން ފެށުމުންނެވެ. އެއާއިއެކު އެސްޓްރޮނޯޓުން، އެ ލީކުވަމުންދިޔަތަން ހޯދަން މަސައްކަތްކުރިއިރު، ބިއްލޫރިގަނޑުން ތަޅައިގެން ގޮސްފައިވާތަން އެންމެ ފުރަތަމަ ފެނުނީ ޖާމަނީގެ އެސްޓްރޮނޯޓު، އެލެގްޒެންޓަރ ގާސްޓްއަށް ކަމަށް ވެއެވެ.

މި ލޯވަޅު ފެނުމުން އޭނާ އެންމެ ފުރަތަމަވެސް އޮކްސިޖަން ލީކުވިޔަ ނުދިނުމަށް އެތަނުގެ އަތްއެޅިކަމަށާއި، ނަމަވެސް އެއީ ރައްކާތެރިގޮތެއް ނޫންކަމަށް ނާސާގެ އޮފިޝަލުން ބުނެފައިވެއެވެ. ފަހުން އެ ލޯވަޅު ބައްދާފައިވަނީ އެތަނުގައި ޓޭޕު އަޅައިގެންނެވެ. ނާސާގެ އޮފިޝަލުން މިހާރު އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތްކުރަމުންދާއިރު، އެތަނުން އިތުރަށް ލީކުވާނަމަ ޖައްވީ އިދާރާގައި ތިބި އެސްޓްރޮނޯޓުން އަލުން އަނބުރާ ދުނިޔެއަށް ގެންނަން ޖެހިދާނެ ކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައެވެ. ނަމަވެސް އެ ހާދިސާއަކީ މާބޮޑު ހާދިސާއެއް ނޫންކަމުގައި އާއި، އެކަމުގެ ސަބަބުން އެސްޓްރޮނޯޓުންނަށް މާބޮޑު ނުރައްކަލެއް ނެތްކަމަށް އޮފިޝަލުން ދަނީ ބުނަމުންނެވެ.

ނާސާގެ ޖައްވީ އިދާރާގެ ބިއްލޫރިގަނޑަކުން ހަތް މިލިމީޓަރުގެ ތަނެއްގައި މީގެ ކުރިންވެސް ވަނީ ރެންދެއްލާފައެވެ. އެ ހާދިސާ ހިނގީ، ބާރު ދުވެލީގައި ދަތުރުކުރި ބުރުޖު ކުނިކޮޅަކުން (ސްޕޭސް ޖަންކް) ނުވަތަ ހިލަކޮޅަކުން ޖެހިގެން ކަމަށް ވަނީ ބެލެވިފައެވެ.

ޖައްވުގައި ދައުރުވާ ބުރުޖު ކުނިތަކުގެ ތެރޭގައި އެހެނިހެން ގުރަހަތަކާއި އެފަދަ ތަކެތިން ބޭރުވާ ހިލަ ފަދަ ތަކެތި ހުންނައިރު އެތަކެތި ގަޑިއަކު 35،000 ކިލޯމީޓަރު ބާރުމިނުގައިވެސް ދަތުރުކުރާ ކަމަށްވެއެވެ. ސްޕޭސް ސްޓޭޝަންގެ ކުޑަދޮރުތަކުގައި ހަރުކޮށްފައި ހުންނަ ބިއްލޫރިތަކަކީ 25 މިލިމީޓަރު ފުޅާ އަދި ބިއްލޫރި ތިން ލޭޔަރެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ކުޑަދޮރުތަކަށް ވާއިރު ޢާންމު ގޮތެއްގައި ޖައްވުގައި ދައުރުވާ ކުދި ހިލަކޮޅުތަކުން އެ އިދާރާއަށް ގެއްލުމެއް ނުލިބެއެވެ. މިފަދަ ބިއްލޫރިގަނޑެއް ތަޅައިގެންގޮސްފި ހާލަތެއްގައި ބޭނުންކުރުމަށް، "ސްޕެއަރ" ކުޑަދޮރުތަކެއްވެސް އައިއެސްއެސްގައި ވެއެވެ.

ނާސާގެ ސައިންސްވެރިން ވަނީ ޖައްވުގައި ބުރުޖު ކުނިތައް އަހަރުން އަހަރަށް ގިނަ އަދަދަކަށް އިތުރުވަމުންދާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޖައްވުގައި ހުންނަ މިފަދަ ކުނިތަކަކީ ދުނިޔެއިން ބޭރުގައި ވާ އައިއެސްއެސްގައި ހަރަކާތްތެރިވާ އެސްޓްރޮނޯޓުންނަށް އޮތް ނުރައްކަލަކަށް ވާއިރު، ކުނިތައް މަދު ކުރުމުގެ ޤާބިލުކަން ލިބިފައިވާ ހާއްސަ "ކްލީންއަޕް-ސެޓެލައިޓް"އެއް އުފެއްދުމުގެ މަސައްކަތް ސައިންސްވެރިން ކުރަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފަންސުރު

    ތިކަން ހިނގާނެކަން އޮތީ މީގެ 1400 އަހަރު ކުރީގައިވެސް އަހަރުމެންނަށް އެނގިފަ

    • ގަލަން

      އެހެންތަ! ކިހިނެއް؟ އަޅެ ބުނެބަލަ؟

      • ދަތި

        އެނގުނު ގޮތަކީ މީގެ ސާދަސަތޭކައަހަރުކުރިން ނޭނގޭ ކަމެއް ނޯންނާނެތީވެ. ހަނދުގޮސް އޮއްސެނީ ޗަކަގަނޑަކަށް ކަންވެސް އެނގުނީ ހަމަ އޭރުގަ އެހެންވީމަ އަދި ގަލަން ކަހަލަ ފަޅި ސިކުނޑިއެއް ހުރިމީހަކަށް ނޭނގިދާނެ. ފޮތްތައްބަލާ ހަދީސްތައް ކިޔާ މީހަކަށް އެނގޭނެ އެމްއެޗް370 އަށް ވި ގޮތާ ދުނިޔެ އޮންނަނީ ފަތާ މަސްރޮއްޓެއްހެންކަންވެސް

    • ޑޮންޑޮން

      ލޮލް

  2. އައްލޮ

    މިކަމާ ފުރިހަމަ މުސްލިމަކު ހައިރާނެއް ނުވާނެ. ސަބަބަކީ މިކަން ވަނީ މީގެ ސާދަސަތޭކަ އަހަރުކުރިން އަހަރުމެންނަށް އަންގާ އޮޅުންފިލުވައިދެވިފަކަން ވިސްނާ މީހަކަށް ވިއްޔާ އެނގޭނެ