ކޮފީއަކީ އެއާނުލާ ބައެއް މީހުނަށް ދިރިއުޅެން ދަތި އެއްޗެކެވެ. އެހެންނަމަވެސް ކޮފީއިން ގެއްލުން ތަކެއް ލިބޭކަމަށް ބުނެ ބައެއް މީހުން ކޮފީއާ ދުރުވެއެވެ. ކޮފީ ބުއިމުން ގެއްލުންތަކެއް ވެއޭ މީހުން ބުންނިކަމަކު ކޮފީ ބުއިމުން ލިބޭ ފައިދާތަށްވެސް އެހާ ބައިވަރެވެ. ކޮފީން ހަށިގަނޑަށްލިބޭ ފއިދާތަކަށް ބަލާލަމާ ހިގާށެވެ.

ފުރަތަމަ ކަމަކަށް ކޮފީއަކީ މީހާ ތާޒާކޮށް ހަށިގަނޑު ހަރަކާތްތެރިކޮށްދޭ އެއްޗެކެވެ. މާ ހެނދުނާ އޮފީހަށް ގޮސް ނިދި މޫޑް ހުރުމުގެ ސަބަބުން މަސައްކަތަށް ފަރުވާކުޑަވެ، ފޫހިވާގޮތްވެއެވެ. މިގޮތަށް ވާނަމަ މަސައްކަތް ފެށުމުގެ ގަޑިއެއްހާއިރު ކުރިން ކަޅު ކޮފީތައްޓެއް ބޯލުމުން މީހާ ވަރަށް ހަރަކާތްތެރިވާނެއެވެ. ކޮފީގައި ހުންނަ ކެފެއިންގެ ސަބަބުން ލޭގެ ޕްރެޝަރ އަވަސް ކޮށްލަދެއެވެ. އޭގެ ސަބަބުން މީހާގެ ހަށިގަނޑު ކަންނެތް ކަމުން ދުރުކޮށްލަދީ މީހާ ވަރަށް ތަޒާވެއެވެ.

ދެވަނަ ކަމަކަށް ކޮފީއަކީ ބަރުދަން ލުއިކޮށްދޭ ބުއިމެކެވެ. މިހާރަކަށް އައިސް ގިނަ ބަޔަކު އެންމެ ގަދައަށް ކުރަމުން އަންނަ އެއް މަސައްކަތަކީ ބަރުދަން ލުއިކުރުމަށް މަސައްކަތް ކުރުމެވެ. ކޮފީއަކީ ބަރުދަން ލުއި ކޮށްލުމަށްވެސް ލާމަސީލު ބުއިމެކެވެ. ކޮފީގައި ހިމެނޭ މެގްނީޒިއަމް އަދި ޕޮޓޭޝިއަމް އަކީ ލޭގައި ހިމެނޭ ހަކުރުގެ މިންވަރު މޮނިޓާކޮށް، ފޮނި އަދި ލުއި ކާނާތަށް ކެއުމުން މީހާ ދުރުކޮށްދޭ އެއްޗެކެވެ.

ކޮފީއަކީ ހަށިގަނޑުގައި ހުންނަ ފެޓްސްގެ ބާވަތްތައް އަންދާލާ ބުއިމެއްވެސްމެއެވެ. އޭގެ އިތުރުން ކޮފީގައި ހިމެނެ ކެފެއިން އިން ވެސް ހަށިގަނޑުގައި ހިމެނޭ ފެޓްސްގެ ބާވަތްތައް އަންދާލައެވެ. އަދި ކޮފީއަކީ ކެންސަރު ބަލިން ދުރުކޮށްދޭ ބުއިމެކެވެ. ކެންސަރުން ދުރުވުމަށް ދުވާލަކު އެއް ތަށި ކޮފީ ނަމަވެސް ބުއިމަކީ ވަރަށް މުހިންމު ކަމެކެވެ. ކޮފީއަކީ ތަފާތު ކެންސަރާއި އަދި ހާއްސަ ގޮތެއްގައި ހަމަށް ޖެހޭ ކެންސަރު ތަކުން ދުރުކޮށްދޭ މަގްބޫލު ބުއިމެކެވެ.

އަދި ހަމައެހެންމެ ކޮފީއަކީ ސިކުނޑިއަށް ރައްކާތެރިކަން ދީ ޑިޕްރެޝަންއިން ރައްކާތެރިކޮށްދޭ އެއްޗެކެވެ. އަލްޒެއިމާ ޑިސީސް ގެ ސަބަބުން ހަށިގަނޑުގައި ލޭ މަދުވުން މެދުވެރިވެއެވެ. އަދި ކެފެއިން ގިނައިން ބޭނުންކުރެވުމުން މި ބަލިން ސަލާމަތް ވުމުގެ ފުރުސަތު ބޮޑުވެއެވެ. ކޮފީ ބުއިމުގެ ސަބަބުން ހިތައް ހަމަޖެހުންލިބި މީހާ ކުދި ކުދި ކަންތައްތަކުން ވިސްނުމާ ދުރުވެދޭނެއެވެ.

ކޮފީއިން ކިތަންމެ ގެއްލުމެއް ވެޔޭ ބަޔަކު ބުންޔަސް މާހިރުން ބުނާ ގޮތުގައި ދުވާލަކު 3 ނުވަތަ 4 ތަށި ކޮފީ ބުއިމަކީ ހަށިގަނޑައް ފައިދާ ހުރި ކަމެކެވެ. އަދި އޭގެ އިތުރުން ސިއްހީ އެތަކެއް މައްސަލަތަކަކުންވެސް ދުރުކޮށްދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Sofa

    ކޮފީ އަކީ ލޭމަދުކޮށްދޭ އެއްޗެއް. ޥަގުތު ރަގަޅަށް ދިރާސާ ކޮށްބަ. ތާކުން އެއްޗެއް ފެންނާލެެއް ލަހީ ދޯ

  2. ހުރަސް

    ވަގުތު ނޫސް ތިއީ ސައިންސް

    ވެރިން ހިންގާ ނޫހެއް! ވީމާ

    އެންމެ ފަހުގެ ހޯދުންތައް ހުންނާނެތާ!