ބައެއްމީހުންގެ ތަބީއަތް ހުންނަ ގޮތުން ބުޅަލަކީ ބައެއް މީހުން ވަރަށް ގަޔާވާ އެއްޗެވެ. އެހެންނަމަވެސް ބޫޅަލަކީ އެއިން ވަރަށް ގިނަ ބަލިތަށް ފެތުރޭ އެއްޗެކެވެ.

އިންސާނުންގެ ފުރާނައަށް ނުރައްކާ ފަދަ އިންފެކްޝަނެއް ބުޅަލުގެ ސަބަބުން ޖެހޭ ކަމަށްވެސް ދިރާސާއަކުންއަކުންވަނީ ދައްކައިފައެވެ.

"ކެޓް-ސްކްރެޗް ޑިޒީޒް" ގެ ނަން ދީފައިވާ މި ބަލި ޖެހުމުން ގަދަޔަށް ހުންނަ އައިސް ދޮސް ބިހިތަކެއް ނަގަ އެވެ. ރަނގަޅަށް ފަރުވާ ނުދެވި، ބޮޑުވަރު ވެއްޖެ ނަމަ މިއީ ފުރާނަ އަށް ނުރައްކާ ފަދަ ސިއްހީ މައްސަލައެއް ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.

އެމެރިކާގެ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އިން ވަރަށް ފުޅާ ދާއިރާއެއްގައި ކުރި ދިރާސާއަކަށް ފަހު ބުނެފައި ވަނީ މި ބަލި ޖެހެނީ ބުޅަލުގައި އުޅޭ އުކުނެއްގެ ސަބަބުން ކަމަށާއި މި ސޫފި އިންސާނުންނަށް ވާސިލްވަނީ ބުޅަލަށް ދޮން ދިނުމާއި އޭގައި ފިރުމުމާއި ބުޅާ ދަތް އެޅުން ފަދަ ކަންކަމުގެ ސަބަބުން ކަމަށެވެ.

ބުޅަލުގެ އިތުރުން، އޮޅުނުކޮށް ގެންގުޅޭ އެހެން ބައެއް ޖަނަވާރުގެ ސަބަބުން ވެސް މި އިންފެކްޝަން ޖެހިދާނެ ކަމަށް ދިރާސާގައި ބުނެފައިިވެ އެވެ.

"ބުޅަލުގެ ސަބަބުން މި ބަލި ޖެހުމާއި މި ބަލީގެ ނުރައްކާ އޮތް މިންވަރު ކުރިން ހީކުރެވިފައިވާ ވަރަށް ވުރެ ބޮޑު،" ސީޑީސީގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ކްރިސްޓީނާ ނެލްސަން ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ "ކެޓް-ސްކްރެޗް" ގެ ނުރައްކަލުން ސަލާމަތް ވެވޭނެ ކަމަށެވެ. އެގޮތުން މި ބަލީގެ ނުރައްކާ އެންމެ ބޮޑަށް އޮތީ ކޮން ބަޔަކަށްތޯ ބަލައި ބަލީގެ ހަގީގަތް އިތުރަށް ހޯދައިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅޭނެ ކަމަށް ވިދާޅުވި އެވެ.