އިންޑިއާގެ އުއްތަރްޕްރަދޭޝްގެ ވިލެޖެއްގެ މަގުމަތީގައި ހަރުފައެއް ކާލި މީހަކު މަރުވެއްޖެެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އުމުރުން 40 އަހަރުގެ އެ މީހާ އެވަގުތު ހުރީ މަސްތުހާލުގައެވެ. އެ ވިލެޖުގެ މަގެއްގެ މަތީގައި އޮތް ހަރުފައެއް ނަގައިގެން ކުޅެން އުޅުމަށްފަހު އޭނާ ހަރުފަ އަނގަޔަށް ލުމަށްފަހު ދިރުވާލީއެވެ. ހަރުފަ ކާލީ އޭނާ އަކީ ހަރުފަ އަށް ވުރެ މޮޅު ވަރުގަދަ މީހެއް ކަމަށް ބުނެ އެވެ. ހަރުފަ ކާލައިގެން އޭނާ ދިޔައީ ގެއަށެވެ.

ގެއަށް ގޮސް މާގިނަ އިރުތަކެއް ނުވާ އޭނާ ވަަރަށް ބޮޑަށް ބަލިވީއެެވެ. އަދި އޭގެ ހަތަރު ގަޑިއެއްހާއިރުފަހުން އޭނާ މަރުވިއެވެ. ރިޕޯޓްތައް ބުނާގޮތުގައި، އެ މީހާ މަރުވީ އެ ހަރުފައިގެެ ވިހައިގެ ސަބަބުންނެވެ.

މަހިޕާލް ސިންގ ނަމަކަށް ކިޔާ އޭނާ އަކީ ލޭބަރެއްގެ ގޮތުގައި، މަސައްކަތް ކުރަމުންދިޔަ މީހެކެވެ. އޭނާއަކީ ބަނގުރާ ވަރަށް ގަދަޔަށް ބޭނުން ކުރާ މީހެއްވެސް މެއެވެ.

އެހެން އުޅުމުގެ ތެރޭގައި، އޭނާ އަށް މަގުމަތިން ކުޑަ ހަރުފައެއް ފެނިގެން އެއާ ކުޅެން އުޅޭތަން އެ ވިލޭޖުގެ ބަޔަކަށް ފެނިގެން އެ މަންޒަރު ވީޑިއޯވެސް ކުރަން ގިނަ ބަޔަކު ތިއްބާ އޭނާ އެ ހަރުފަ އަގަޔަށް ލީއެވެ. މޮޅުކަމެއް ކަމަށް ހިތާ އޭނާއަށް އެކުރެވުނު ކަމެއްގެ ސަބަބުން މިއަދު އޭނާގެ ފުރާނަ ވަނީ ގެއްލިފައެވެ.

މީހުން އޭނާ ޖައްސާ ވައްތަރުތައް ވީޑިއޯ ކުރަަމުންދިޔައިރު، ގިނަ މީހުން ދިޔައީ އޭނާގެ ގާތުގައި އެކި ކަންތައް ކުރުމަށް އެދެމުންނެވެ. އޭނާ އެ ހަރުފަ އަނގަޔަށް ލީވެސް އެ މަންޒަރު ވީޑިއޯ ކުރުމަށް އެތަނަށް ދިޔަ މީހެއްގެ އެދުމުގެ މަތިން ކަމަށް ވެއެވެ.

"އޭނާ އަނގަޔަށް ލާން ތައްޔާރުވިތަނުން އަތުން ދޫވެގެން ހަރުފަ އޭނާގެ އަނގަ ތެރެެއަށް ފުންމާލީ، އަދި އެ ގޮހޮރާއި ހަމައަށް ދިއުމުން އޭނާ ހޮޑުވެސް ލި އެކަމަކު އެ ހަރުފައެއް ބޭރެއް ނުވޭ". އެތަނުގައި ހުރި މީހަކު ބުންޏެވެ.

އޭނާ މަރުވީ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ށަވިޔަނި

    އަދިވެސް ބުނޭ ބޯންޖެހޭނޭ ބޯންވާނޭ.

  2. އަންނި

    ހަރުފަ ކައިގެން މޮޔަވޭ

  3. ކަދަރްޙާން

    އަބަދަކު ހަމާގައި ހުންނާކަށް ނުޖެހޭނެ ބޯން ވާނެ އެބަ ޖެހޭ ބޯން