މިއީ އެއް ރެއެއްގައި މަގުމައްޗަށް ނުކުމެ އުޅެނިކޮށް ދިމާވި އަންހެނެކެވެ. ފުރަތަމަ ފެނިލުމުންވެސް އޭނާ ރީތިވިއެވެ. އަދި ވާހަކަވެސް ދެކެވުނެވެ. ކެނެޑާގެ ކޮލެޖެއްގައި ކިޔަވަމުންދާ މި ފިރިހެން މީހާއާއި މަގުމަތިން ދިމާވި އެ ރީތި ކުއްޖާ އޭނާއަށް ވަރަށް ރީތިވިއެެވެ.

އަދި އޭނާގެ ގާތުގައި ނަމްބަރު ދިނުމަށް އެދުނެވެ. ނަމަވެސް އޭނާ ދިނީ ނުބައި ނަމްބަރެކެވެ. ހަދާނެ ގޮތް ހުސްވެ އެ އަންހެނާ އާ ދެވަނަ ފަހަރަށް ބައްދަލުވާން ބޭނުންވެގެން އޭނާ މަސައްކަތް ފެށީ އޭނާގެ ނަން ގޮތުގައި، ހާމަކުރި ނަން ބޭނުންކޮށްގެން އޭނާ ހޯދުމެވެ.

އެގޮތުން ޔުނިވާސިޓީ އޮފްް ކެލްގަރޭގައި ކިޔަވަމުންދާ "ނިކޯލް" ނަމަކަށް ކިޔާ 247 އަންހެނަކަށް އޭނާ މެއިލް ކުރިއެވެ. އެ އަންހެން މީހާ ހޯދުމުގެ ބޭނުމުގައެވެ.

އޭނާ އެ މެއިލްއަށް ހުރިހާ ނިކޯލްތައް ޖަވާބުދިނެވެ. އަދި އޭގެ ތެރެއިން ގިނަބަޔަކު އޭނާއާ ބައްދަލުވެސް ކުރިއެވެ. އަދި އެ މީހުން އޭނާގެ ގާތް ރަހުމަތްތެެރިންނަށް ވެސް ވެއްޖެއެވެ.

ކާރލޮސް ޒެޓީނާ ނަމަކަށް ކިޔާ މި ފިރިހެން މީހާ ފޮނުވި މެއިލްއަކާއެކު އެތައް އަންހެން ކުދިންނެއް އޭނާއާ ބައްދަލުކޮށްފައިވާއިރު، ނިކޯލްގެ ނަމުގައި އަންހެން ކުދިންގެ ގޭންގެއްވެސް މި ގުރޫޕުން ވަނީ ހަދާފައެވެ. އަދި ނިކޯލް ފްރޮމް ދަ ލާސްޓް ނައިޓްގެ ނަމުގައި ހާއްސަ ފޭސްބުކް ޕޭޖެއްވެސް ހަދާ ޒެޓީނާ އާ ގާތް ގުޅުމެއް އުފައްދަން އެ ގޭންގުން ދަނީ މަސައްކަތް ކުރަމުންނެވެ.

އަދި މީގެ އިތުރުން، ޒެންޓީނާ އަސްލު ހޯދާ ނިކޯލްއާ އަދި ބައްދަލުނުވެފައިވާއިރު، އެ ނިކޯލްއާ ބައްދަލު ކުރެވޭނެ ފަދަ ގޮތަކަށް ދެން އަންނަ ބައްދަލުވުން ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު