ފާއިތުވެދިޔަ ދުވަސްތަކަކީ ސައުދީއަރަބިއްޔާގައި އޮންނަ މާތްވެގެންވާ ބިން، މައްކާއަށްވެސް މޫސުން ގޯސް ދުވަސްތަކެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު އެ ސަރަޙައްދަށް ވަނީ ވިއްސާރަކޮށް ހޮނުއަޅާފައެވެ. މި މަންޒަރު ފެންނަ ފޮޓޯތައް ސައުދީގެ ކުޅަދާނެ ފޮޓޯގްރާފަރެއް ކަމަށްވާ، ޔޫސުފް ބައްޖާޝް ޢާންމުކުރުމާއި އެކު ގިނަ ބައެއްގެ ސަމާލުކަމަށް އެ ފޮޓޯތައް ވަނީ އައިސްފައެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ނަގާފައިވާ އެ ފޮޓޯތަކުން ވަރަށް ގަދައަށް މައްކާގެ އުޑުމަތިން ވިދާ މަންޒަރާއި ހޮނުއެޅި މަންޒަރު ޔޫސުފްގެ ކެމެރާއިން ނަގާފައިވާއިރު، އެ ފޮޓޯތައް ނަގާފައިވަނީ މާތްވެގެންވާ ކައުބަތުﷲ ގެފުޅާއި މާ ދުރުނޫން ހިސާބަކުންނެވެ.

ޔޫސުފްގެ ފޮޓޯތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ޝެއަރކޮށްފައިވަނީ، މައްކާގައި ހުންނަ ބޮޑު ގަޑިއަށް ހޮނުއެޅި މަންޒަރު ފެންނަ ފޮޓޯއެވެ. އެ ފޮޓޯ ނަގާފައިވަނީ، ބޮޑު ގަޑިއަށް ހޮނު އެޅި ވަގުތުގައި ކަމުން އެ މަންޒަރު ވަރަށް ރީއްޗަށް ކެމެރާއަށް އަރާފައި ހުއްޓެވެ. މި ހާދިސާގައި އެ ގަޑިއަށް ނުވަތަ މައްކާގެ އެނޫންވެސް ތަނަކަށް ގެއްލުމެއް ނުލިބެއެވެ.

ޔޫސުފް ބުނިގޮތުގައި އެފަދަ ހިއްގައިމު މަންޒަރެއް ފޮޓޯ ނަގާލަން ފުރުސަތު ލިބެނީ މަދު ފަހަރެއްގައި ކަމަށެވެ. އެހެންކަމުން ހޮނިހިރު ދުވަހުގެ ރޭ އޭނާ ހުރީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށާއި، ނެގުނު ފޮޓޯތަކާއި މެދު އޭނާ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައި ހުރިކަމަށެވެ. ނަމަވެސް ހޮނުއަޅާ މަންޒަރު ފޮޓޯ ކައިރިން ނެގުމަކީ ރައްކާތެރިކަމެއް ނޫންކަމަށް އޭނާ ބުންޏެވެ.

ޔޫސުފް މައްކާގައި މީގެ ކުރިން ނަގާފައިވާ ފޮޓޯއެއް

ޔޫސުފްގެ ފޮޓޯތައް މިހާރު ދުނިޔޭގެ ބޮޑެތި މީޑިއާތަކާއިވެސް އޭނާ ހިއްސާކޮށްފައިވާއިރު، އޭނާގެ ކުޅަދާނަކަމަށް ގިނަބައެއްގެ ތައުރީފު ވަނީ ލިބިގެންގޮސްފައެވެ. ހޮނިހިރު ދުވަހު މައްކާއަށް ކުރި ވިއްސާރައިގެ އިތުރުންވެސް އޭނާ މީގެ ކުރިން މައްކާގައި ނަގާފައިވާ އެފަދަ ފޮޓޯތަކަކަށްވެސް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަހްމަދު

    ހިއްގައިމު މަންޒަރެކޯ ސާބަސް ހަމަ..

  2. ލަބީބު ޙަސަން

    ﷲގެ ކުޅަދުންވަންތަ ކަމާއެވެ!

  3. ސާބަސް އެކަމަކު

    ފޮޓޯއެއް ނަގާލާކަށް ނޫން. ފޮޓޯއެއް ނަގަން. ނަގާލުމަކީ ގެއްލުވާލުން.

  4. ކަޅުބޯ

    އިރާދަފުޅާ ނުލާ ގެކޮޅަށް ހޮނު އަޅާނެތަ؟ ތީ ފޭކު ޚަބަރެއް

    • ހުދުބޯ

      ސާބަސް...ލިޔުން އަދިއެއްފަރު ކިޔާލަންވީނުން.އަދި ފޮޓޯތައްވެސް ރަނގަޅަށް ބަލާލަން ފެނޭ.

  5. މުޙައްމަދު

    އުސްތަންތަނަށް ހޮނު އެޅުމަކީ އާއްމުކަމެއް. އެއްވެސްކަމެެއް ނުވިއެއްނުން. އެކަމުންވެސް އެނގެނީ ﷲ ގެ ކުޅަދުންވަންތަކަން. ކިތަންމެ ބައިވަރު ހޮނު އެޅިޔަސް ކަމެއްވާންހުރި ތަނަކަށް ކަންކަންވާނީ. އެއީ ﷲ ގެ އިރާދަފުޅު. އެކަމާ ދެކޮޅުނެހެދޭނެ.

  6. މަ މިއު މަ

    ތި ގަޑި އަކީ އޭގަ އެއްވެސް މާތް ކަމެއްވާ އެއްޗެއް ނޫން އެހެންވީމަ ކީއްވެގެންތަ މީހުން މި އުޅެނީ؟ އާނ މިއީ ހަމަ ސަޅި ފޮޓޯއެއް، އެހެން ބުނުމަކީ މުރުތައްދު ވުމެއް ނޫން.

  7. ބޮނަކޭ

    މިކަމަކީ މީގެ 1400 އަހަރުކުރިން އަހަރުމެންނަށް އެނގިފައޮތް ކަމެއް

  8. Anonymous

    އަމިއްލަ ގެއަށް ބިރުދައްކަނީ

    • Anonymous

      މީ ކާކުތަ އަޅެ ޔަގީ މީ އެބުނާ ނަޞާރާ ދީނުގެ ގޮލައެއް