ނިންޖަކީ އިންސާނާގެ ހަށިގަނޑަށް ވަރަށްވެސް މުހިންމު އެއްޗެކެވެ. ދުވާލެއްގެ މައްޗަށް 8 ގަޑި އިރުގެ ނިދި އިންސާނާގެ ހަށިގަނޑަށް ލިބެންޖެހެއެވެ. މިވަރަށް ނިދިނުލިބިއްޔެނަމަ ޑިޕްރެޝަންނަށް ދިއުމަކީ ގާތްކަމެވެ.

ގިނަ ބަޔަކު ބައިވެރިކޮށްގެން ދާދި ފަހުން ނިއުޔޯކުގެ ބިންގަމްޓަން ޔުނިވާސިޓީ އިން ކުރި ދިރާސާއަކުން ވެސް 8 ގަޑިއިރު ނިދުމުގެ މުހިއްމުކަން ވަނީ ދައްކާފައެވެ.

އެދިރާސާއަކުން ދައްކާ ގޮތުގައި، ދުވާލެއްގެ މައްޗަށް 8 ގަޑިއިރުގެ ނިދި ނުލިބޭނަމަ ސިއްހީ އެކި މައްސަލަތައްް ކުރިމަތިވެއެވެ. އެގޮތުން މަދުވެގެން 8 ގަޑިއިރުގެ ނިދި ނުލިބޭ ފަރާތްތަކަށް ކަންކަމަށް ފުރިހަމައަށް ސަމާލުކަން ދޭން އުނދަގޫވެއެވެ. އަދި އެމީހުންނަކީ ތަފާތު އެކި ނޭދެވޭ ވިސްނުންތައް ގެންގުޅޭ ބައެއްގެ ގޮތުގައި އެދިރާސާއިން ދައްކައެވެ.

މަދުވެގެން 8 ގަޑިއިރުގެ ނިދި ނުލިބޭކަމުގައިވަނީ ނަމަ ނަފުސާނީ ބަލިތަކުގެ ޝިކާރައަކަށް ޑިޕްރެޝަނާއި އެންޒައިޓީއަށް މީހާ ވެއްޓޭކަމަށް އެދިރާސާއިން ވަނީ ދައްކާފައެވެ.

މިހެންކަމުން ކިތަންމެ ބިޒީވިޔަސް، ކިތަންމެ ބުރަކޮށް އުޅުނަސް މަދުވެގެން 8 ގަޑީއިރު ނިދުމަކީ ކޮންމެހެން ކުރައްޖެހޭކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސަން

    އައި އޭމް ޑިޕްރެސްޑް ސޯ ބޭޑުލީ... މާލެ އިން ރަނގަޅު ރަހުމަތްތެރިއެއް ވަރަށް ބޭނުން .. 16 ދުވަސް ވެއްޖެ ދަނަވަރު ޑިއުޓީ ކުރާތާ .. މިހެންވެ މީހާގެ ދުވަސް ހުންނަނީ ގޮއްސަ ވާ ނުވާ އެއް ނޭނގެ .. ޕްލީޒް ހެލްޕް މީ