އެޕަލް އިން އައިފޯންގެ ތިން މޮޑެލްއެއްގެ ފޯން ރޭ ވަނީ ދައްކާލާފައެވެ. އެއީ އައިފޯން 10 ނުވަތަ އެކްސްގެ އާއިލާ އަށް އިތުރުވި، އިތުރު މެންބަރުން ތަކެކެވެ. އައިފޯން އެކްސް އެސް، އައިފޯން އެކްސް އެސް މެކްސް އަދި އައިފޯން އެކްސް އާރް ވެގެން ދާނީ އެޕަލް އަށް ގެއްލިފައިވާ އެއްވަނަ މޯބައިލް ފޯން ކުންފުނީގެ މަގާމު އަލުން ހޯދުމަށް ލިބޭ ފުރުސަތަކަށް ކަމަށް އެޕަލް އިން އުއްމީދު ކުރެއެވެ.

އެންމެ ހާއްސަ އެއް ކަމެއްގެ ގޮތުގައި އެޕަލް އިން ރޭ އިއުލާން ކޮށްފައި ވަނީ ބަޖެޓް ފޯނެއްގެ ގޮތުގައި އެކްސް އާރް ނެރޭނެ ވާހަކައެވެ. ނަމަވެސް އެއީ ވެސް އާދައިގެ އަގެއްގެ ފޯނަކަށް ނުވާނެއެވެ. އެކްސް އާރް 64 ޖީބީ ފޯނެއް ވިއްކާނެ ރަސްމީ އަގަކީ 749 އެމެރިކާ ޑޮލަރު ނުވަތަ 11550 ރުފިޔާ އެވެ. އެކްސް އާރް ރާއްޖެ އަށް އަންނަ އިރު މިއަށް ވުރެ ވެސް އަގު ބޮޑު ވާނެއެވެ. 128 ޖީބީ 799 ޑޮލަރަށް ވިއްކާއިރު 256 ޖީބީ ވިއްކާނީ 899 ޑޮލަރަށެވެ. 512 ޖީބީ ފޯން ވިއްކާނެ އަގެއް އަދި އިއުލާނެއް ނުކުރެއެވެ. މިފޯނުގެ އެންމެ ހާއްސަ ކަމަކަށް ވަނީ ވަރަށް ތަފާތު ރީތި ގިނަ ކުލަތަކަކުން ފޯނު ގަންނަން ލިބުމެވެ.

ރޭ ނެރުނު އެކްސް އެސް ފޯނުގެ އަގު ފެށެނީ 999 އެމެރިކާ ޑޮލަރު ނުވަތަ 15405 ރުފިޔާ އިންނެވެ. މިމޮޑެލްގެ 128 ޖީބީގެ ފޯނުގެ އަގެއް އަދި އިއުލާނެއް ނުކުރެއެވެ. 256 ޖީބީގެ ފޯނު ވިއްކާނީ 1149 އެމެރިކާ ޑޮލަރަށެވެ. 512 ޖީބީގެ ފޯނު ވިއްކާނީ 1349 އެމެރިކާ ޑޮލަރަށެވެ.

އެކްސް އެސް މެކްސްގެ 64 ޖީބީ ފޯން ވިއްކާނީ 1099 އެމެރިކާ ޑޮލަރު ނުވަތަ 16947 ރުފިޔާ އަށެވެ. މިފޯނުގެ 128 ޖީބީގެ ފޯނުގެ އަގެއް ވެސް އަދި އިއުލާނެއް ނުކުރެއެވެ. 256 ޖީބީގެ ފޯނު ވިއްކާނީ 1249 އެމެރިކާ ޑޮލަރަށެވެ. 512 ޖީބީގެ ފޯން ވިއްކާނީ 1449 އެމެރިކާ ޑޮލަރަށެވެ.

އެޕަލް އިން ރޭ އިއުލާން ކޮށްފައިވާ ގޮތުގައި މާދަމާ (ސެޕްޓެމްބަރ 14) ވަނަ ދުވަހު އެކްސް އެސް އާއި އެކްސް އެސް މެކްސްގެ ފޯނުތަކަށް ޕްރީއޯޑަރު ނަގަން ފަށާނެއެވެ. އެކްސް އެސް އާއި އެކްސް އެކްސް އެސް މެކްސް ވިއްކަން ފަށާނީ ސެޕްޓެމްބަރ 21 ގައެވެ. އެކްސް އާރްގެ ޕްރީއޯޑަރު ނަގަން ފަށާނީ އޮކްޓޯބަރ 19 ގައެވެ. އެކްސް އާރް ވިއްކަން ފަށާނީ އޮކްޓޯބަރ 26 ގައެވެ.

އައިފޯންގެ އަގަކީ އެޕަލްގެ ލޯބިވެރިންނަށް އެއްވެސް އިރެއްގައި މައްސަލައެއް ނޫނެވެ. އެހެންކަމުން މިހާރު އެޕަލް ދެކެ ލޯބިވާ މީހުން ގެންދާނީ ފޯނު ގަންނަން ތައްޔާރުވަމުން ކަމާއި މެދު އެއްވެސް ޝައްކެތް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޓީޗަރ

    128 ގެ އަގު އިއުލާން ނުކުރަަ ސަބަބަކީ އެ މޮޑެލްތަކުގެ 128ޖީބީ އުފައްދަން ނިންމާފައި ނުވާތީ. ކޮންމެވެސް ވަރަކަށް ރީސާރޗް ކޮށްލާނަމަ ދޯ.

    • ދަރިވަރު