ޖަރުމަނުން ރަޝިއާ އަށް ދަތުރު ކުރި މަތިންދާ ބޯޓަކުން ހަރުފަތަކެއް ފެނިއްޖެެެވެ.

މި ހަރުފަތަށް ފެނިފައިވަނީ ޖަރުމަނުން ރަޝިއާ އަށް ދަތުރުކުރި ފްލައިޓްގައި އިން ފަސިންޖަރެއްގެ އަތްދަބަސް ތެރެއިން އެވެ. މި މީހާގެ އަތް ދަބަސް ތެރެއިން 20 ހަރުފަ ފެނުނެވެ. އޭނާ ބުނީ މި ހަރުފަތަށް ގަނެފައިވަނީ ޖަރުމަނީ އިން ކަމަށެވެ.

ރަޝިއާގެ ޝެރެމެޓްޔޯވޯ އިންޓަނޭޝަނަލް އެއާޕޯޓް އާއި ހަވާލާދީ ދަ ނިއުސް ވީކް އިން ބުނީ އެމީގެ އަތް ދަބަހުގައި މި ހަރުފަތަށް ފޮރުވާފައި ހުރީ ކެނިސްޓަރު ތަކަކަށް ލައިގެން ކަމަށެވެ.

މިހާތަނަށް ބެލި ބެލިމުން މިއީ ވިހަގަދަ ހަރުފަތަކެއް ނޫން ކަން ސާބިތުވެފައި ވާއިރު މި މީހާ މި ހަރުފަތަށް ރަޝިއާ އަށް އެތެކުރީ އެއްވެސް ލިޔެ ކިޔުމެއް ނެތި އެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން މި ފްލައިޓް ނިސްބަތްވާ އެއާލައިން އިން ބުނީ ހަރުފަތަށް ގަވާއިދާ ހިލާފަށް ފްލައިޓަށް އަރުވާފައިވަނީ އެ ފްލައިޓުން ދަތުރު ކުރި ޕަސެންޖަރެއް ކަމަށެވެ. ފްލައިޓްގައި ދަތުރު ކުރާ ހުރިހާ ޕަސެންޖަރުންގެ ރައްކާތެރިކަމަށް އެބާވަތުގެ އަދި ހާއްސަކޮށް ވިހަ ހިމެނޭ ދިރޭތަކެތި ފްލައިޓަށް އެރުވުން މަނާކަމަށް އޭނަބުނެއެވެ.

ރަޝިއާ އަށް ހަރުފަ އެތެރެ ކުރުމަކީ މަނާ ކަމެއް ނޫނެވެ. ނަމަވެސް ލިޔެކިޔުންތަށް ނެތި އެތެރެ ކުރި މި ހަރުފަތަށް ރަޝިއާގެ އެއާޕޯޓުން މިހާރު ވަނީ ހިފަހައްޓާފައެވެ.

މަތިންދާ ބޯޓުތަކުން ހަރުފަ ފެނުމަކީ ފަހަކަށް އައިސް އާންމު ކަމެކެވެ. މިހެން ވާން މެދުވެރިވާ އެއް ސަބަބަކީ ރަގަޅަށް ސެކުރިޓީ ޗެކް ނުކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު