ޕަރްވީން ބާބީ ހަޔާތުގެ އެންމެ ފަހު ދުވަސްކޮޅު

 

ދިވްޔާ ބާރްތީ

ދިވްޔާ ބާރްތީ އަކީ ހިންދީ ފިލްމު އިންޑަސްޓްރީގައި ވަރަށް ބާރަށް ކުރިއަރައިގެންދިޔަ ބަތަލާއެކެވެ. އުމުރުން އެންމެ 19 އަހަރުގައި އޭނާ މަރުވިއިރު އެ ދުވަސްވަރު މަސައްކަތްކުރަމުން ދިޔަ އެއްވެސް ބަތަލާއެއްގެ އަތުގައި ނެތްވަރުގެ މޮޅު އަދި ގިނަ ފިލްމުތައް އޭނާއަށް ކުޅެން ލިބިފައިވެ އެވެ. ދިވްޔާގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ޝޯލާ އައުރް ޝަބްނަމް" އާއި "ބަލްވާން" ހިމެނެ އެވެ. ދިވްޔާ އަކީ މަޝްހޫރު ޕްރޮޑިއުސަރު ސާޖިދް ނަދިއަދްވާލާގެ ފުރަތަމަ އަނބިމީހާ އެވެ. އޭޕްރީލް 5، 1993 ގައި ދިވްޔާ މަރުވީ އޭނާގެ ގޭގެ ބެލްކަނިން ވެއްޓިގެންނެވެ. ނަމަވެސް އޭނާ ވެއްޓެން ދިމާވި ހަގީގީ ސަބަބު މިހާތަނަށް ވެސް ހޯދިފައެއް ނުވެ އެވެ.

އުމުރުން 19 އަހަރުގައި ދިވްޔާ މަރުވިއިރު ނުވަ ވަރަކަށް ފިލްމު ކުޅެފައިވޭ

 

ސްމީތާ ޕާޓިލް

އުމުރުން 31 އަހަރުގައި ސްމީތާ ޕާޓިލް މަރުވެފައިވަނީ 1986 ވަަނަ އަހަރު އެވެ. އޭނާ މަރުވީ ފުރަތަމަ ދަރިފުޅު ވިހެއުމުގެ ތެރޭގައި ދިމާވި މައްސަލަތަކެއްގެ ސަބަބުންނެވެ. ސްމީތާ އަކީ އޭނާގެ ޒަމާނުގައި ފިލްމު ކުޅުނު ބަތަލާއިންގެ ތެރެއިން އެންމެ ހުނަރުވެރި ބަތަލާއޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. އޭނާގެ ކޮންމެ ފިލްމަކުން ވެސް އެކްޓްކުރުމުގައި އޭނާގެ ހުރި ކުޅަދާނަކަން ހާމަވެ އެވެ. ސްމީތާގެ ދަރިފުޅު ޕްރަތީކް ބައްބަރް އަކީ ވެސް މިހާރު ފިލްމު ކުޅޭ ބަތަލެކެވެ.

ސްމީތާ: މަދުން ނޫނީ ނުފެންނަ ވަރުގެ ކުޅަދާނަ ބަތަލާއެއް

 

މަދޫބާލާ

މަދޫބާލާ އަކީ 50 އަދި 60ގެ އަހަރުތަކުގައި ހިންދީ ސިނަމާގައި ރަނިކަން ކުރި ބަތަލާ އެކެވެ. ބޮލީވުޑްގައި މިހާތަނަށް މަސައްކަތްކުރި އެންމެ ރީތި ބަތަލާ އަކީ މަދޫބާލާ ކަމަށް މިހާރުވެސް ގިނަ ބަޔަކު ބުނެ އެވެ. "މުޣްލޭ އާޒަމް" އާއި "ނީލް ކަމަލް" ފަދަ ފިލްމުތައް ކުޅެފައިވާ މަދޫބާލާ 1969 ގައި މަރުވިއިރު އޭނާއަށް 36 އަހަރެވެ. މަދޫބާލާ މަރުވީ ހިތުގައި ލޯ ވަޅެއް އިނުމުގެ ސަބަބުން ނުވަ ވަރަކަށް އަހަރު ވަރަށް ވޭނުގައި އުޅުމަށް ފަހުގަ އެވެ.

ފިލްމީ ބަތަލާ މަދޫބާލާ

 

މީނާ ކުމާރީ

މީނާ ކުމާރީ އަކީ ހިތާމަވެރި ފިލްމުތައް ކުޅުމުގައި ވަރަށް މަޝްހޫރުކަން ހޯދި ބަތަލާ އެކެވެ. މޮޅު ބަތަލާއެއްގެ އިތުރުން މީނާ އަކީ ވަރަށް މޮޅު ޝާއިރެކެވެ. ލިޔުންތެރިއެކެވެ. "ޕާކީޒާ" ފަދަ ރީތި ފިލްމުތައް ކުޅެފައިވާ ފުރަމޭގެ ބައްޔެއްގައި މީނާ ކުމާރީ 1972 ގައި މަރުވިއިރު އޭނާގެ އުމުރަކީ 38 އަހަރެވެ.

ކުރީގެ މަޝްހޫރު ބަތަލާ މީނާ ކުމާރީ

 

ސައުންދަރިޔާ

އަމީތާބު ބައްޗަންގެ "ޝޫރިޔަވަންޝަމް"ގައި ބަތަލާގެ ރޯލު ކުޅެފައިވާ ސައުންދަރިޔާ އަކީ ތަމަޅަ ފިލްމު އިންޑަސްޓްރީގައި ވަރަށް ފާހަގަކޮށްލެވޭ ބަތަލާ އެކެވެ. ސައުންދަރިޔާ ދަތުރުކުރި މަތިންދާބޯޓެއް ވެއްޓުމުގެ ސަބަބުން 2004 ގައި އޭނާ މަރުވިއިރު އުމުރުން 31 އަހަރެވެ.

ސައުންދަރިޔާ އާއި އަމީތާބު "ސޫރިޔަވަންޝަމް"ގެ މަންޒަރެއްގައި

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސައިނީ

    ޒުވާން ވަގުތުން މާނަ ކުރަނީ 60 ދަށައްތަ

  2. ހާލިދު

    ތަން ކޮޅެއް ރީތިކޮށް ހުރިއްޔާ 80 އަހަރުވިޔަސް ވަނީ ޒުވާނަކަށްތައް

  3. އަހަރެން

    މިޚަބަރު ލިޔުނު މީހާގެ މާމައަށްވުރެ ޅަވީމަ ޒުވާންވީ