ދުނިޔޭގެ ބައެއް ގައުމުތަކަށް ދިމާވެފައި އޮންނަ އެންމެ ބޮޑު އެއް މައްސަލައަކީ ވަރީގެ މައްސަލައެވެ. ކައިވެންޏަށް ދަރިން ލިބޭ ފަހުން އާއިލާ ރޫޅި ދަރިން ބިކަވާ މައްސަލައެވެ. ނުވަތަ ކައިވެންޏަށް ގިނަ ދުވަސްތަކެއް ނުވެގެން އުޅެނިކޮށް ކައިވެނީގެ ގޮށް ރޫޅި ވީރާނާވާ މައްސަލައެވެ.

ވަރިއަކީ ވިހަގަދަ ހަންޖަރަކަށް ވީ ހިނދު ވަރިވާން މެދުވެރިވާ އެތަކެއް ސަބަބެއް ވެއެވެ. އެގޮތުން ސައިންސްވެރިންނާއި އިލްމުވެރިންގެ ނަޒަރިއްޔާތުގައި ވަރިވުމަށް މެދުވެރިވާ މައިގަނޑު ހަތަރު ސަބަބެއް އޮވެއެވެ. އެ ސަބަބުތަށް ތިރީގައި އެވަނީއެވެ.

ފައިސާގެ ސަބަބުން ޖެހޭ މައްސަލަތައް

ހަޤީޤަތުގައި ފައިދާއާއި ހުރިހާ މުއާސާލަތެއް އޮންނަންވާނީ ކައިވެނިކުރުމުގެ ކުރިން ހިގާފައެވެ. ނަމަވެސް ގިނަ ފަހަރު ކަންހިގަނީ މިހެންނެއް ނޫނެވެ. ބައިވެރިޔާ އާ ސިއްރުން ހަރަދުކުރުމާއި މާގިނައިން ހަރަދު ކުރުމާއި ނުވަތަ އެނޫންވެސް ސިއްރު މުއާމަލާތްތަށް ކުރުމަކީ ވަރިވުމަށް މެދުވެރިވާ ސަބަބެކެވެ. އަދި އަނބިމީހާއަށާއި ދަރިންނަށް ހަރަދު ނުކުރަމަކީވެސް ވަރިވުމަށް މެދުވެރިވާ ސަބަބެކެވެ.

ތިމާގެ ފިރިމީހާ ނުވަތަ އަނބިމީހާ އަމިއްލަ ބާރުގެ ދަށުގައި ބަހައްޓަން މަސައްކަތްކުރުން

އަނބިމީހާ ފިރިމީހާގެ ގޮށްމުށުގެ ތެރޭގައި ގެންގުޅުމާއި ފިރިމީހާ އަނބިމީހާގެ ދަށުކޮށްފައި ބަހައްޓަން މަސައްކަތްކޮށްފި ނަމަ ކައިވެނީގެ ގޮށް ވަރަށް ފަސޭހައިން ރޫޅި ދެެއެވެ. އެހެނީ ގިނަ ފަހަރު މާ ބޮޑަށް ދަށު ކުރަން އުޅުނަސް އަޚްލާޤަށް ނުވަތަ ކުރާކަންތައްތަކަށް މާބޮޑު ބަދަލެއް ނައުމެވެ.އަދި މިކަމުގެ ސަބަބުން އެކަކު އަނެކަކަށް އޮންނަ އިތުބާރު ގެއްލި އެކަކު އަނެކަކާއި އެކުގައި އުޅެން ފޫހިވާނެއެވެ..

ބައިވެރިޔާ ނުވަތަ އާއިލާގެ ބަދަލުގައި މަސައްކަތަށާއި ވަޒީފާއަށް އިސްކަން ދިނުން

އާއިލާއަށް އަބަދުވެސް އިސްކަން ދޭން ޖެހޭނެއެވެ، ވަޒިފާގެ ސަބަބުން އާއިލާއާއި އެކުގައި އެކަށީގެންވާ ވަގުތު ހޭދަނުކުރެވުމަކީ އާއިލީ ގުޅުން ހީނަރުވެ ވަރިފަށަށް އަރާ ކަމެކެވެ.

ދެވި ހިފާފައި ހުންނަ ފަދަ ކަމެއް ބައިވެރިޔާ ގައިގާ ހުރުން

މަސްތުވާތަކެތި ބޭނުން ކުރުމާއި ރާބުއިމާއި އެނޫންވެސް ނޭދެވޭ ކަމަކަށް ދެވި ހިފާފައި ހުރި މީހެއްނަމަ، އެމީހަކާ އެކީ ހަޔާތުގެ ދަތުރު އިތުރަށް ކުރިއަށް ގެންދިޔުމަށް ތަކްލީފުތަކާއި ކުރިމަތިލާން ޖެހެއެވެ.. އެއީ ގިނަ ފަހަރަށް ކަމަކަށް ދެވި ހިފުމުން އެއީ އެމީހަކަށް އެކަމަކާއި ދުރުވާން އުނދަގޫ ކަމަކަށް ވުމުންނެވެ.އަދި ގިނަ ފަހަރަށް އެފަދަ މީހަކު އިސްލާހް ކުރަން އުޅުމުގެ ބަދަލުގައި ބަލަކީ ފަސޭހައިން އެމީހެއްގެ ވަކި ދަށުން ސަލާމަތްވެވޭތޯއެވެ.

ވަރި އަކީ މައްސަލައެއްގެ ހައްލެއް ނޫނެވެ. އެހެންކަމުން ވަރި އާއި ހަމައަށް ދިއުމުގެ ކުރިން މައްސަލަތައް ހައްލު ކުރަން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޯސަން

    ސައިންވެރިން އަށް އަދިނުހޯދޭ ދޯ ސިޔާސީ ޕާޓީ ތަކުން ކުރާވަރި

  2. އަނބިމީހާ

    މައްސަލައަކީ އެއްކެފޭއިން ކޮފީ ބޮއި ނިމިގެން އަނެއްކެފޭއަށް ކޮފީ ބޯން ވަނުމަށް ދެވި ހިފާފަ ހުރުމާ، ކަމެއްނެތި ސައިކަލުގައި މާލެތެރެއާ ހުޅުމާލެތެރޭގަ އެނބުރެން ދެވި ހިފާފަޙުރުން. ޢަދި އެގޮތަށް އުޅެކަން އަނބިމީހާއަށް އެނގުނަސް އެއްބަސް ނުވެ ދޮގުހަދާ އޮޅުވާލުން.

  3. ތަހުތު

    ނޯނޯ ވަރިވާމައްސަލަޔަކީ؟؟؟؟