ދަރިންނަކީ ޝައްކެއްވެސް ނެތް ގޮތުގައި އަހަރެމެން އިންސާނުންނަށް ލިބޭނޭ އެންމެ ބޮޑު އެއް ނިއުމަތް ކަމުގައި ވާއިރު، ކޮންމެ މީހަކުވެސް ބޭނުންވާނީ އެމީހުންގެ ދަރިން އެއީ ވަރަށް ވިސްނުން ތޫނު ބައެއް ކަމުގައި ހަދާށެވެ.

މައި މީހާގެ ރަހިމުގައި ކުއްޖާ އޮންނަ އިރު މައި މީހާ ކާ ބައެއް އެއްޗެހީގެ ސަބަބުން ކުއްޖާގެ ވިސްނުން ތޫނުވާނޭ ކަމަށް ބައެއް ޑޮކްޓަރުން މީގެ ކުރިން ބުނެފައި ވާއިރު، މިއީ ވަރަށް ގިނަ މައިން ކުރަމުން އަންނަ ކަމެކެވެ. އެހެން ނަމަވެސް، ދަރިންގެ ވިސްނުން ތޫނު ކުރުމަށްޓަކައި އެއަށް ވުރެން މާ ފަސޭހަ އަދި މާ ކުރާހިތްވާ ފަދަ ގޮތެއް އޮތްކަން މިވަނީ ދާދި ފަހުން ހާމަ ވެގެން ގޮސްފައެވެ.

އެމެރިކާގައި ސައިންސްވެރިން ތަކަކާއި ޑޮކްޓަރުންތަކެއް ގުޅިގެން ހެދި ދިރާސާ އަކުން ދައްކާ ގޮތުގައި ކުދިން ހެދިބޮޑުވަމުން އަންނަ ދުވަސްރު، ވީހައިވެސް ބޮޑަށް އެކުދިންނަށް ލޯބި ދީ، ބައްދައި ހެދުމުން ކުދިންގެ ވިސްނުން ވަރަށް ބޮޑުތަން ތޫނު ވެގެން ދެއެވެ. މިހެން ވާން ޖެހެނީ ކުއްޖާ ގައިގައި ބެއްދައި ލޯބި ދީ ހެދުމުން، އެ ކުއްޖާ އަށް ރައްކާތެރިކަމުގެ އިހްސާސު ލިބި، ސިކުނޑި ހަމަ ޖެހޭތީއެވެ.

މިކަމުގު ސަބަބުން އެއް އުމުރެއްގެ އެހެން ކުދިންނާއި އަޅާ ކިޔައި އިރުގައި މިގޮތަށް ކަންތައް ކުރެވިފައިވާ ކުދިންގެ ވިސްނުން ތޫނު ވެގެންދާ އިރުގައި އެފަދަ ކުދިން އެހެން މީހުންނަށް އަޅާލާ މިންވަރުވެސް ބޮޑުކަން ވަނީ ފާހަގަކުރެވިފައެވެ.

ކުދިންގެ ވިސްނުން ތޫނު ކުރުމަށް ވަރަށް ބައިވަރު ކަންތައް ކުރެވެން އޮތް ނަމަވެސް، މިއީ ކުރެވެން އޮތް އެންމެ ފަސޭހާ ކަންތައް ކަން ޔަގީނެވެ.

ކިޔުންތެރިންގެ ހިޔާލު