ލޮލަކީ އަހަރެމެން އިންސާނުންގެ އެންމެ މުހިއްމު އެއް ގުނަވަނެވެ. ލޮލާއި ނުލައި މި ދުނިޔެ މަތީގައި އުޅުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާއިރު، ލޮލުގެ ފެނުން ނުގެއްލި، އެހެނަސް ލޮލުގެ ފެނުން ވަރަށް ދަށް މީހުން ތިބެއެވެ. ތިބާގެ ލޮލުގެ ފެނުން ރަނގަޅު ތޯ ބެލުމަށް މިއީ ރަނގަޅު ފުރުސަތެކެވެ.
ތިޔަ ފެންނަ ފޮޓޯ އަކީ މީގެ އަހަރުތަކެއް ކުރިން ޖަރުމަނުގެ އާޓިސްޓެސް ކަމުގައިވާ ޖާގް ޑަސްޓާވާލްޑް ކުރަހައި ފެން ކުލަ ޖައްސާފައިވާ ކުރެހުމެކެވެ. މީހުންގެ ސޫރަ އާއި ހަށިގަނޑު ކުރެހުމަށް މަޝްހޫރު ވެފައިވާ މި އާޓިސްޓް މިފަދަ މަންޒަރެއް ކުރެހުމުން ގިނަ ބަޔަކަށް މީގެ ފަހަތުގައި ފޮރުވިފައިވާ ސިއްރެއް ނޭނގުނެވެ.
ނަމަވެސް، ކުރެހުންތަކަށް ލޯބި ކުރާ ފަރާތެއް ނަމަ ކުރެހުމެއް ފެނުމުން އޭގެން މާނަ އެއް ދޭހަ ވަންދެއް އެ ފޮޓޯ އަކަށް ބަލާނެއެވެ. މި ފޮޓޯ އިން އަންހެނަކު ފެންނަ ނަމަ، ތިބާގެ ލޮލުގެ ފެނުން އަލި ވެފައި ކުރެހުންތަކުން ދޭހެ ކުރަން އެނގޭކަންވެސް ހާމަވީއެވެ.
ބައެއް މީހުންނަށް އެ އަންހެނާ ނުފެނުމަކީ އެކަށީގެންވާ ކަމެއް ކަމުން ބުނެލާނަމެވެ. ކުރެހުމުގެ ކަނާތް ފަޅީގައި ހުރި ގަހުގައި ލެގި ލައިގެން ބިންމަތީގައި ހުރި ފަތްތަކުން ފައި ފޮރުވާލައިގެން އެ އިނީ އެ ރީތި އަންހެން މީހާއެވެ. މިވަރުންވެސް އެ އަންހެން މީހާ ނުފެންނަ ނަމަ، ލޮލުގެ ޑޮކްޓަރަކަށް ދައްކާލުން ބުއްދިވެރި ވާނެކަން ޔަގީނެވެ.
3 އަންހެނުން އެބަ ފެނޭ
ތީނީ ގަސްކައިރީ ، ގަހުގަ ލެނގިގެން އިށީންދެ.
އަޅެ! ގަސްބުޑުގަ އިށީނދެގެން އެއިނީ. ލޯ އަލި ނޫނަސް އެވަރު ފެންނާނެ
ގަސްދަށުގަ އެއިނީ
ކުރިންވެސް ތޮފޮޓޯ އައް މައިންނާނެ ޖަވާބު ދީފަ މ ފަހަރު ދޫކޮއްލީ މި
ގަަހުގެ ބުޑުގަ އެކުއްޖާ
ގަހުގެ ބުޑު ކައިރި އިށީނދެގެން އަންހެނަކު އެބައިން
ރޯދައަށް ހުރެ ތި އަންހެން މީހާ ހޯދަން ނޫޅުން ރަނގަޅުވާނީ!
ތިޔަ ކުރެހުމުން 2 ކަންނެލި އޮޑިއާއި 4 ވަރަކަށް މާވަހަރާއި 1 ފުލެޓާއި 75އިންޗީގެ 2 ޓީވީއާއި ސްޕީޑް ލޯންޗެއް ފެންނަނަމަ އެމީހަކު އެއީ ލޯ އެކަނި ކީއްކުރަން، ހިތްވެސް އަތްފައިވެސް އަލި މީހެއް. ކުރެހުމަށް ނުބަލާ ގޫގަލް ކޮށްލީމަ ނުނެފުނިއްޔާ އެމީހަކު ރަނގަޅު ވާނީ ދިވެހި ހަކީމީ ބޭސް ވެރިއަކަށް ދެއްކިއްޔާ
އަޅުގަނޑު މީ ލޮލުގެ ފެނުން ދެރަ މީހެއް..އެކަަމަކު ހަމަ ފުރަތަމަ ނަޒަރުން އެ ކަމަނާ ފެނިއްޖެ...ކޮން ނަމެއް ކިޔާ ކުއްޖެއްތަ....؟
ގަހަށް ލެނގިލައިގެން ބިންމަތީ އިށީދެގެން އެ އިނީ
ކޮބާ ތަ މަށަށް ނުފެނުން
އެންމެންގެ ލޮލަށް މިގޮވަނީ ކީއްވެތަ.. ހަމަ ނުފެނިވެސް ހިގައިދާނެ ދޯ
ޢެތާއިނީ ރާމާމަކުނެއް
ނެތިން އެއްޗެއް ބުނާކަށް
އެއީ އޭނާ ކުރަހާފަވާ މަންޒަރެއް ނޫން، އޭނާ އަކީ ބޮޑީ ޕެއިންޓް ކުރާ މީހެއް. އަންހެނެއްގެ ގައިގާ ކުރަހާފަ ނަގާފައިވާ ފޮޓޯއެއް ތިޔަ ފެންނަނީ
ހައްޕު.
އެންމެ އަންހެނެއް ނޫން. ތިން އަންހެނުން ފެނިއްޖެ. މިހާރު މިބަލަނީ ހަތަރު ވަނަ އަންހެނަކު ފެނޭތޯ. ފުރަތަމަ އަންހެނާ އިނީ ގަހުގައި ލެނގިލައިގެން ބިންމަތީގައި އިށީނދެލައިގެން. ދެވަނަ އަންހެނާ އެހުރީ ގޭޓުގެ ވައަތްފަރާތު ތަނބުގައި. ތިންވަނަ އަންހެނާ ހުރިތަން ބުނާނީ ހަތަރު ވަނަ އަންހެނަކު ފެނިއްޖެނަމަ.