ދުނިޔޭގައި އާމްދަނީ ހޯދާނެ އެތަކެއް މަގެއް ވަނީ ފަހިވެފައެވެ. އެގޮތުން ތަފާތު ގިންތިތަކުގެ ވަޒީފާތަށް ހުންނަ އިރު ބައެއް ވަޒީފާތަކަކީ ލުއި އަދި ފަސޭހަ ވަޒީފާތަކެކެވެ. އަދި އަނެއްބައި ވަޒީފާތަކަކީ ބުރަ ވަޒީފާތަކެވެ.

ނިދުމަކީ އެންމެންވެސް ލޯބިކުރާނެ ކަމެކެވެ. އެހެންކަމުން ނިދުމުގެ ސަބަބުން އާމްދަނީ ލިބެނީ ނަމަ އެވާނީ އެންމެ ރަނގަޅު ވަޒީފާއަކަށެވެ. އެގޮތުން ދުނިޔޭގެ ޖައްވީ ކަންކަމާއި ބެހޭ މައި އިދާރާ "ނާސާ"އިން މިވަނީ 70 ދުވަސް ވަންދެން ނިދުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަށް ހޯދަމުންނެވެ. އަދި އެފަރާތްތަކަށް އެކަމުގެ އުޖޫރައެއްގެ ގޮތުން 12،000 ޔޫރޯ ދިނުމަށް ހަމަޖެހިފައިވާއިރު ނާސާއިން ބުނީ 70 ދުވަސް ވަންދެން ނިންދަވާފައި ބާއްވާނެ މީހުން ހޯދަނީ އެކަމުގެ ސަބަބުން އެމީހުންގެ ބަރުދަނަށް އަންނަ ބަދަލު ދެނެގަތުމަށް ކަމަށެވެ.

އަދި 70 ދުވަސް ވަންދެން "ބެޑް ރެސްޓް" ކުރާނެ ފަރާތްތަށް ހޯދަން ނާސާއިން މަސައްކަތް ފަށާފައިވާއިރު "ބެޑްރެސްޓް" ކުރާ 70 ދުވަހުގައި އެމީހާގެ ކެއިންބުއިމާއި ، ފެންވެރުމާއި އެނޫންވެސް އަސާސީ ކަންކަން ކުރާނީ އެނދުގައި ބާއްވައިގެންނެވެ.

އަދި އެކަމުގެ ސަބަބުން މުސްތަގުބަލުގައި ނާސާގެ އެސްޓްރޮނަޓުންނަށް ޖައްވުގައި ހަރަކާތްތެރިވެ އުޅުމަށް ފަސޭހަވެގެންދާނެ ކަމަށާއި އަދި މުސްކުޅި އުމުރުގައި ހަށިގަނޑަށް އަންނާނެ ބަދަލުތަށް ދެނެގަތުމަށް ފަސޭހަވެގެންދާނެ ކަމުގައިވެސް ނާސާއިން ބުނެއެވެ.

މީގެ ކުރިން ނާސާ ނޫން އެހެން ކުންފުންޏަކުންވެސް ވަނީ ވަކި ގަޑިއިރެެއްވަންދެން ނިދާފައި ތިބެގެން އުޖޫރަ ދޭ ވަޒީފާއެއް ހުޅުވާލައިފައެވެ. އެގޮތުން ހެލްސިންކީގައި ހުންނަ ހޮޓެލް ފިން އިން ވަނީ ފުލްޓައިމް ސްލީޕަރުންތަކަކަށް ވަޒީފާ ދީފައެވެ. އަދި އެފަރާތްތަކަށް ވަޒީފާ ދިނީ އެ ހޮޓަލުގައިވާ ގޮދަނޑިތަކުގެ ފެންވަރު ދެނެގަތުމަށް ކަމަށް ހޮޓެލް ފިން އިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު