ޗައިނާގެ ރެސްޓޯރެންޓެއްގައި މާބަނޑު އަންހެނަކު ކާން އިން ތަށިން މަރުވެފައި އޮތް މީދަލެއް ފެނިގެން އެކަން ރިޕޯޓް ކުރުމުން، ބަދަލުގައި އެ ރެސްޓޯރެންޓުން އެ މީހާގެ ދަރި ވައްޓާލަން ފައިސާ ދިން މައްސަލަ ފެންމަތިވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ އަންހެން މީހާ ކާން އިން ސޫޕް ތަށި ތެރެއިން މަރުވަފައި އޮތް މީދަލެއް ފެނުނީ އޭނާ އެ ކަމުން ދިޔަ ވަގުތުއެވެ. އަދި އެކަން ރެސްޓޯރެންޓްގެ ސަމާލުކަމަށް އޭނާ ގެނައިއިރު، އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފަކު އެ އަންހެން މީހާއަށް ފައިސާ ދޭނެކަމަށް ބުނީ، އެ ސޫޕްގެ ސަބަބުން އެ އަންހެން މީހާ ދަރިފުޅަށް ގެއްލުންވެދާނެ ކަމަށް ބަލައެވެ. އަދި އެ ފައިސާ ބޭނުންކޮށްގެން އެކަމަށް ބޭނުންވާ ތަކެތި ގަނެ ދަރި ވައްޓާލުމަށް އެ މުވައްޒަފު އެދުނު ކަމަށް ވެއެވެ.

ރިޕޯޓްތައް ބުނަގޮތުގައި، އެ ރެސްޓޯރެންޓުން އެ މީހާއަށް 700 ޑޮލަރަށްވުރެ ބޮޑު ޢަދަދެއް ބަދަލުގައި ދޭން އުޅުނެވެ. އެހެން ނަމަވެސް އެކަން ބަލައި ނުގަނެ އެ އަންހެން މީހާ އާއި އޭނާގެ ފިރިމީހާ ހޮސްޕިޓަލަށް ގޮސް ޗެކްއަޕް ހެދި ކަމަށް ވެއެވެ. މި ހާދިސާ އާއި ގުޅިގެން އެ އަންހެން މީހާގެ ބަނޑުގައި އޮތް ދަރިފުޅަށް ގެއްލުމެއް ލިބުނުކަމެއް ނުވަތަ ނުލިބޭކަމެއް އެފަރާތުން ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާ އާއި ގުޅިގެން ޗައިނާގެ އޮފިޝަލުން ވަނީ ވަގުތީ ގޮތުން އެ ރެސްޓޯރެންޓް ބަންދުކޮށްފައެވެ. އަދި ބޮޑު އަދަދަކުން އެ ރެސްޓޯރެންޓު ޖޫރިމަނާވެސް ކޮށްފައިވެއެވެ. މި ހާދިސާ އަށްފަހު ހާދިސާ ދިމާވި އަންހެން މީހާ ވަނީ އެމަންޒަރު ފެންނަ ފޮޓޯތައްވެސް މީސްމީޑިއާގައި ޢާންމުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އީ

    ވަގުތު ޝުކުރިއްޔާ