ދިވެހި ރާއްޖެ އަކީ އުފެދުމުގައިވެސް ވަރަށް ކުޑަ ޤައުމަކަށް ވާއިރު، ރާއްޖޭގެ ރަށްތައްވެސް ހަމަ އެހައިމެ ކުޑަ އެވެ. އެހެން ނަމަވެސް، ރާއްޖޭގައި ބޭނުން ކުރާ އެއްގަމު އުޅަނދު ފަހަރާއި މަގުމަތީގައި ހަރުކޮށްފައި ހުންނަ ބަމްޕަރި ނުވަތަ ސްޕީޑް ބްރޭކަރު ތަކުގެ އަދަދުވެސް މަދެއް ނޫނެވެ.

އާއްމު ގޮތެއްގައި ސްޕީޑް ބްރޭކަރުތައް ހަރު ކުރަނީ ބާރަށް ދުއްވާފައި އަންނަ މީހުންގެ ސްޕީޑް ދަށް ކުރުމުގެ ގޮތުންނެވެ. މިފަދަ ގޮތަކަށް ބާރަށް ދުއްވަނީ އަސްލު ހަގީގަތުގައި ވަރަށް މަދު ބަޔަކު ކަމުގައި ވާއިރު، މަޑުން ދުއްވާ މީހުންނަށް ކޮންމެ ދޭތެރެއަކުން ބަމްޕަރަކަށް މަޑު ކުރަން ވީމައި ވަރަށް ބޮޑަށް އުނދަގޫވެއެވެ. މި މައްސަލަ އަށް މިހާރު ހައްލެއް ހޯދިފައިވާ ކަމީ އުފާވެރި ހަބަރެކެވެ.

ފޮޓޯ އިން ތިޔަ ފެންނަ ބަމްޕަރަކީ އާދައިގެ އެއްޗެއްހެން ހީވި ނަމަވެސް، އަސްލު ހަގީގަތުގައި އެއީ އާދަޔާ ޙިލާފް ބަމްޕަރެކެވެ. އެހެނީ، ދުއްވަން ޖެހޭ ބާރު މިނުގައި އުޅަނދެއް އަންނަ ނަމަ، މި ބަމްޕަރު އިންނަ ކަންވެސް ނޭނގޭނެއެވެ. މީތި މައްޗައް އަރާނީ، ދުއްވަން ޖެހޭ ސްޕީޑަށް ވުރެން ބާރަށް އަންނަ އަންނަ ނަމައެވެ. މިކަމުގެ ސަބަބުން ބާރަށް އަންނަ މީހާ އަށް އިންޒާރެއް ލިބި، ކޮންމެހެން މަޑު ކުރަން މަޖުބޫރުވެއެވެ.

މި ސިސްޓަމް މިހާރު މެކްސިކޯ އާއި ދުނިޔޭގެ އެހެން ބައެއް ހިސާބު ތަކުގައި ބޭނުން ކުރަން ފަށާފައި ވާއިރު، މިއީ ރާއްޖެ ފަދަ ޤައުމަކަށް ވަރަށް އެކަށީގެންވާ ބަމްޕަރެއް ކަމާއި މެދު އެންމެންވެސް އެއްބަސްވާނެ ކަން ޔަގީނެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސައިނީ

    މާލޭގަ ތި ބަންޕަރު އިންނާނީ އަބަދު މަތީގައި އެކަމާ ހެދި މަޑުން ދުއްވާ ކަބަލުން ސައިކް އާއެކީ މަގުމައްޗައް ވެއްޓެފަ އޮންނާނީ

    • ގޮޅާބޯ

      ރަނގަޅު ވާހަކައެއް. ކޮންމެ ބަމްޕަރެއް މަތީ ބާރު ސްޕީޑް ގައި އައިސް ތިންހަތަރު ސައިކަލު ނެއްއިރެއް ނުދާނެ. އެހެންވީރު ތިބުނާ ބަމްޕަރެއް އިންނާނީ އަބަދު އެކްޓިވޭޓް ވެފަ.

    • ކަނބަލެއް

      ކަނބަލުން ސައިކަލު ދުއްވާތީ ހާދަ އަސަރެއްކުރޭދޯ؟ ވެއްޓެންވީމާ އަންހެނެއް ފިރިހެނެއް ނޯންނާނެ. ކޮންމެ ނީހަކުވެސް ހަމަ ވެއްޓިދާނެ. ތިމާވެސް ވެއްޓިދާނެކަަމަށް ވިސްނައިގެން އުޅޭތި.

  2. އަހަނދޭ

    ބޯދިގުކޮށްގެން އުޅޭ ގޮލާތަކާއި ހެދި ބޮޑު ބަލާއެއް ސައިކަލް ދުއްވާ ގޮތުން