މީގެ ފަސް އަހަރު ކުރިން، އުމުރުން އެންމެ 15 އަހަރުގައި އެމެރިކާގެ ނިއު ހެމްޝަޔާގައި އުޅެމުން ދިޔަ އެބީގެއިލް ހާނެންޑޭޒް، ގެއްލުނީ އޭނާ ސްކޫލް ނިންމާފައި ގެޔަށް ދިޔަ މަގުމަތީގައެވެ. އެއަށްފަހު އޭނާއަށް އެތައް އަނިޔާއެއް ލިބި ނުވަމަސް ދުވަސް، ރަހީނެއްގެ ގޮތުގައި ހޭދަކުރަން ޖެހުނުއިރު، އޭނާ ވަނީ އެ ބިރުވެރި ހަނދާންތައް ހިއްސާކޮށްފައެވެ.

އެބީ ރަހީނުކޮށްގެން އުޅެނިކޮށް ފެނިފައިވަނީ، އޭނާގެ ގެއާއި ގާތްގަނޑަކަށް 30 މޭލު ދުރުގައި ހުރިގެއެއްގެ ބޭރުގައި އިން ހުސް ކޮންޓެއިނާއެއްގެ ތެރެއިންނެވެ. އާދައިގެ ކޮޓަރިއެއް ގޮތަށް ހަދާފައިވާ އެ ކޮންޓެއިނާގެ ތެރޭގައި އެބީ ހައްޔަރުކޮށްފައި ހުރިއިރު، ނަތާނިއެލް އެކިފަހަރުމަތިން އޭނާއަށް ޖިންސީ ގޯނާކޮށް ރޭޕްކުރަމުންދިޔަކަންވެސް ވަނީ ހާމަވެފައެވެ.

އެބީ ގެއްލުމުން އާންމު ތަނެއްގައި ހަރުކޮށްފައި އިން ޕޯސްޓަރެއް

އެބީ ބުނެފައިވާގޮތުގައި ނަތާނިއެލް ދިޔައީ އެ ކޮންޓެއިނާގެ ތެރޭގައި ކެމެރާ ހަރުކޮށްގެން އޭނާގެ ކަންތައްތައް އަބަދުވެސް ބަލަމުންނެވެ. އަދި ފިލަން މަސައްކަތްކޮށްފިނަމަ އޭގެތެރޭގައި ބޭއްވުމަށްފަހު އަލިފާން ރޯކޮށް އޭނާ މަރާލާނެ ކަމަށް ބުނެ އިންޒާރުވެސް ދީފައިވާކަމަށާއި، ފިލައިގެން ސަލާމަތްވުމަށް ޖެހިލުންވީ އެ ސަބަބަށްޓަކައި ކަމަށް އެބީ ބުންޏެވެ.

ނުވަ މަސް ވަންދެން ނަތާނިއެލްގެ އަތްދަށުން ސަލާމަތްނުވެވި އެބީ އުޅެމުންދިޔައިރު، އޭނާ ބުނީ ނަތާނިއެލް އޭނާ ދޫކޮށްލާތޯ އެކި ފަހަރުމަތިން މަސައްކަތްކުރި ކަމަށެވެ. އެގޮތުން ދޫކޮށްލިނަމަވެސް އެވާހަކަ އެއްވެސް މީހެއްގެ ގާތުގައި ނުބުނާނެ ކަމަށް ވަޢުދުވުމުންވެސް އެކަމަށް އޭނާ އިންކާރުކުރި ކަމަށް އެބީ ބުންޏެވެ. ހަމަ އެހެންމެ ނަތާލިއެލްއަށް އޮޅުވާލައިގެން އޭނާއަށް ތައުރީފުކޮށްގެންވެސް މިނިވަންކޮށްދޭތޯ ކުރި މަސައްކަތްވީ ނާކާމިޔާބުކަމަށް އެބީ ބުނެފައި ވެއެވެ.

އެބީ ރަހީނުކޮށްގެން ގެންގުޅުނު ނަތާނިއެލް

އެބީ ބުނީ، އޭނާ ރަހީނުކޮށްގެން ހައްޔަރު ކުރިފަހުން އެކި ފަހަރުމަތިން ނަތާނިއެލް އޭނާއަށް ޖިންސީ ގޯނާކޮށް ރޭޕްކޮށްލިކަމަށެވެ. އަދި ޖިންސީ ގުޅުން ހިންގަން ދެކޮޅު ހަދާތީ ކަރަންޓު ޖެއްސުން ފަދަ އަނިޔާ އޭނާ ކުރި ކަމަށާއި ހަޅޭލަވާފާތެނީ ފޮތިގަނޑަކުން އަނގައިގައި ބަނދެފައި ބަހައްޓާކަމަށް އެބީ ބުނެފައި ވެއެވެ.

އެބީ ސަލާމަތްވެފައިވަނީ އޭނާ ރަހީނުކުރިތާ ނުވަ މަސް ފަހުން، ފުލުހުންގެ ތަހުޤީޤަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އޭނާ ސަލާމަތްކުރިއިރު ހެޔޮ ހާލުގައި ހުރިއިރު، ނަތާނިއެލް ވެސް ވަނީ އެގެއިން އެވަގުތު ހައްޔަރުކޮށްފައެވެ.

މި ހާދިސާ އާއި ގުޅިގެން ނަތާނިއެލްގެ މައްޗަށް ކުޑަކުއްޖަކު ރަހީނުކޮށް ރޭޕްކުރުމުގެ އިތުރުން އަނިޔާކުރިކަން ސާބިތުވުމާއި ގުޅިގެން އޭނާ މިހާރު ދަނީ 45 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު