އިންޑިއާގެ އަހުމަދު އާބާދުގައި އެއް އާއިލާއެއްގެ ތިން މީހަކު ދަންޖެހިގެން މަރުވި މައްސަލާގެ ތަހުގީގުން އިތުރު ކަންތައްތަކެއް ހާމަވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުުހުން ބުނިގޮތުގައި، ދެމަފިރިޔަކާއި އެ މީހުންގެ ދަރިފުޅު ދަން ޖެހިފައި ތިއްބާ ފެނުނު ގެއިން ހޯދި ނޯޓެއްގައި އެކަން ހިނގާދިޔައީ ފަންޑިތައިގެ ސަބަބުންކަން ބަޔާންކޮށްފައިވާ ކަމަށެވެ. އެމީހުން މަރުވެފައި ވަނީ އަމިއްލައަށް ބެލެވޭކަމަށްވެސް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި މަރުވެފައި ވަނީ 50 އަހަރުގެ ކުނާލް އާއި އޭނާގެ 45 އަހަރުގެ އަނބިމީހާ ކަވިތާގެ އިތުރުން 16 އަހަރުގެ އަންހެން ދަރިފުޅު ޝްރިންއެވެ.

ގެއިން ފެނުނު ނޯޓްގައި ބަޔާންކޮށްފައިވާ ގޮތުގައި، ދަން ޖެހި މަރުވާން ޖެހުނީ ފަންޑީތައިގެ ސަބަބުންނެވެ. އެ ނޯޓު ލިޔެފައި ވަނީ ކުނާލްއެވެ. އަދި އެ ނޯޓުގައި ބުނެފައިވާގޮތުގައި، ކުނާލް މުޅި އާއިލާ ދިރިއިޅުމުން ދަނީ ފަންޑީތައިގެ ބާރުގައެވެ. އެހެން ނަމަވެސް އެކަން އެއްވެސް މީހަކު ގަބޫލެއް ނުކުރެއެވެ. އެންމެން ހީކުރަނީ އޭނާ އެގޮތަށް ބުނަނީ ބަނގުރާ ބޯތީ ކަމަށެވެ.

އޭނަ ބުނެފައިވާގޮތުގައި، އޭނާ ބަނގުރާ ބޮނީވެސް އެ ސަބަބާއި ހެދިއެވެ. އެ މައްސަލަ އިތުރަށް ބަލާ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އ

    ޔާﷲ