ހާދިސާ 1 (ބުރިޖު ސްނެޕް) ސައިކަލުގައި ސިނަމާލެ ބުރިޖަށް އަރައިފިއެވެ. ބާރު ސްޕީޑްގައި ދުއްވާލާފައި ދެން ކޮށްލީ ސްނެޕެކެވެ. މީހާގެ ފޮނިކަމާއި ބޮޑާކަން ދައްކާލިއެވެ. މިއީ ސައިކަލުގެ ކުރީގައި އިން މީހާ އުޅުނު ގޮތެވެ. މޮޅުގޮތަކަށް ސައިކަލް ދުއްވަމުން އެ ދިޔައީ އެތައް ހާސް ބަޔަކު ބޭނުން ކުރަމުންދާ ބުރިޖުގައެވެ.

އެއީ ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބުރިޖެކެވެ. އެހެން ނަމަވެސް އެ ބުރިޖު މަތީގައި އުޅެންވީ ގޮތްތަކެއް ވެއެވެ. ތިމާގެ ފޮނިކަން އެތާ މަތީ ދައްކަން ނޫޅޭށެވެ.

މިއަދު ތިޔަކޮށްލި ސްނެޕް އެތައް ސަތޭކަ ރަހުމަތްތެރިން ބަލައިފިއެވެ. ވަރަށް ފައްކަލޭ ބުނެލިއެވެ. އެހެން ނަމަވެސް ތިމާ ތިޔަ ސައިކަލު މަތީގައި ދުއްވަން އިނދެ އެހެން މިހެން ތިޔަ ފޮޓޯއާއި، ވީޑިއޯ ނަގަނީ ފުރާނަ އަތަށް ލައިގެން ނޫން ހެއްޔެވެ؟ ތިމާގެ ފަހަތުންވެސް ދުއްވާ އެއްޗެހި އަންނަތަން ނުފެންނަނީ ހެއްޔެވެ؟ ތިމާގެ ފުރާނަ އަތަށް ލައިގެން ތިޔަ ފޮޓޯތައް ތި ނަގަނީ ވަގުތީ ބޭނުމެއްގައެވެ.

އެ ފޮޓޯ ނަގަން އުޅުމުގެ ތެރޭގައި ނުވަތަ ވީޑިއޯ ނަގަން އުޅުމުގެ ތެރޭގައި ތިމާގެ ފުރާނަ ދިއުމުގެ ކުރިން ވިސްނާލާށެވެ. ތިކުރެވެނީ ވަރަށް ނުރައްކާތެރި ކަމެކެވެ. ދުއްވާ އެއްޗެހި ދުއްވާއިރު، ސައިކަލު މަތީގައި އިންނަން ވާނީ ހިމޭނުންނެވެ. ދުއްވަން ވާނީ ކުރިއަށް ބަލައިގެންނެވެ. އަދި ފަހަތުން އަންނަ ދުއްވާ އުޅަނދުތަކަށް ސަމާލުކަން ދޭން ވާނެއެވެ.

ހާދިސާ 2 (އެގޮތް)

ފޮޓޯ: މީސް މީޑިއާ

މީސް މީޑިއާއަކީ މިއަދު އެތައް ބަޔަކަށް މައުލޫމާތު އެންމެ ތާޒާކަމާއެކު ލިބޭ ޕްލެޓްފޯމްވެ. ހާދިސާއެއް ހިނގައިގެން އެންމެ ފުރަތަމަ މީޑިއާތަކުގެ ސަމާލުކަން ލިބުގެ ކުރިން މީސް މީޑިއާއަށް އެއްޗެހި އާދެއެވެ.

އެ ފޮޓޯއަކީވެސް މީސް މީޑިއާއިން ފެނުނު ފޮޓޯއެކެވެ. އެ ފޮޓޯއިން ތިޔަ ފެންނަނީ މިދިޔަ ހުކުރު ދުވަހު އާއްމުންނަށް ހުޅުވާލި ބުރިޖުގެ ދެ ކޮޅަށް ދުއްވާ މަގު ވަކި ކުރުމަށް ޖަހާފައިވާ ދަނގަޑު މައްޗަށް ދެ މީހަކު އަރާ ތިބި މަންޒަރުއެވެ.

ހަމަގައިމުވެސް މިއީ އެއްވެސް ބަޔަކު ދެކެން ބޭނުންވާނެ މަންޒަރެއް ނޫނެވެ. އެ މީހުން އެކަން ކުރީ މަޖަލަކަށް ކަމުގައި ވެދާނެއެވެ. ނަމަވެސް އެ ކަމަކީ އެތައް ހާސް މިލިއަން ރުފިޔާއެއް ހަރަދުކޮށްގެން ހެދި އެ ބުރިޖު މަތީގައިކޮށްގެން ނުވާނެ ކަމެއް ކަން ހަމަ ޔަގީނުންވެސް އިނގޭނެއެވެ.

އެ މީހުންވެސް ބޭނުންވީ ބަޔަކަށް އެ މީހުންގެ ފޮނިކަން ދައްކާން ކަމުގައި ވެދާނެއެވެ.

އަހުންނާއި އުހުތުންނޭއެވެ. މިފަދަ ކަންކަން ނުކުރާށެވެ. އެ ބުރިޖަކީ އެތައް ބައެއްގެ ހައްގެކެވެ. އެތައް ބައެއްގެ އުއްމީދާއި ގުޅިފައިވާ ބުރިޖެކެވެ. އެ ބުރިޖު އެޅުމަށް އެތައް މަސައްކަތެއް ކުރިއެވެ. އެތައް ހަރަދުތަކެއް ކުރިއެވެ. މިއީ އެތައް ބައެއްގެ ނުނިދާ ހޭލާ ކުރި މަސައްކަތުގެ އަގެވެ.

ބުރިޖުގެ އަގު ވައްޓާ ނުލާށެވެ. މޮޅުކަމެއް ކަމަށް ހިތާ ތިކުރެވުނީ ވަރަށް ކަޑަ ކެމެކެވެ. މީހުންގެ ނަފްރަތާއި ރުޅި އިންތިހާއަށް ކުރިމަތިވި ކަމެކެވެ. އަދި ކުރިމަތިވާނެ ކަމެކެވެ. ކަމެއް ކުރުމުގެ ކުރިން ވިސްނާލުން ވަރަށް މުހިންމެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ާފު

    އަގެއް އޮވެގެއްނު ފުރަތަމަ. ބުރިޖު އެއީ ދިރޭ އެއްޗެއްތަ އަގެއް އޮންނަން

  2. Anonymous

    ބްރިޑްޖުވެސް ހެދިއްޖެ ﷲގެ ރަޙްމަތުން. ދެން ދިވެހި ޒުވާނުން ޒިންމާދާރުވާން އެބަޖެހޭ. ތަރައްގީއެއް ނުވާނެ އަޚްލާގާއި ސުލޫކު ތަރައްގީ ނުވާހާ ހިނދަކު. ޖަންގަލީގައި ކިތަންމެ މޮޅު އިމާރާތްތަކެއް އެޅިޔަސް ރާމާމަކުނުތަކަކަށް ހަމަ ފުމެންނޫން އެހެންކަމެއްކުރަން ނޭނގެންޏާ ދެން ކޮން ތަރައްޤީއެއް އައީ.

  3. މުގްސިދު

    ގޫނިދަކުނެ ކައުޅާމެން. މީގެ ތެރޭގައި ގިނަވާނީ ކަމެއްނެތި ކަންމަތީ އުޅޭ މާލެމީހުންގެ ދަރިން.

    • ޙަސަން

      ބަލަ މާލޭ މީހުންގެދަރިން އެކަނިއެއްނޫން ރަށްރަށުން އައިސް އުޅޭ މީހުންގެ ވެސް ދަރިން އެގޮތަށް އުޅޭ

  4. މާލޭމީހާ

    މުގުސިދޫ މާލޭމީހުންގެ ދަރިންނޭ ބުނަން ހަޔާތްކޮބާ. ރަށުގަ ތިބެފަ ކިޔަވާށޭ މާލެ ފޮނުވާފަ އުޅޭނޫޅޭ ގޮތެއް ޚަބަރެއްވެސް ބަލާނުލީމަ މަގުމަތީގަ އަވަގުރާނަ ގޮވާ މީހުންނަށް ދުއްޕާންކޮށް ތެޅިއަރުވާބޮޑެތިވި ގޫބައްޑާ ތައް އޭގެތެރޭގަ ގިނައީ.

    • މުގްސިދު

      ހަޖަމް

  5. މީނާ

    މުގުސިދޫ އެތާކު ނުތިބޭނެ މާލޭމީހުންގެ ދަރިންނެއް އެތާ މުޅިން ތިބޭނީ ރަށްރަށުގެ ކުދިން ބަލައި ޗެކްކޮށްލަ ބަލަ

  6. ޗީދި

    ހިތުން ވަރަށް ސަޅި، އަސްލު ވަރަށް ގަޅި ދެގޮލާ! ކަޑަ ކަމުގެ ނަމޫނާ!

  7. އ

    މަނާކޮށްފައިންނަ ކަމެއްނުންތަތީ

  8. މަގޭ

    މާލެއެއް ރަފުށެއްކިޔާނެކަމެއް ނެއްތާ. ވިސްނުންކޮށިވެގެން އުޅޭވަތަރެއް ނުޖަހާ ހަމަ ލަދުހަޔާތް ނެތީ. އަމާބަފާގެ ބަސްވެސްނުވިކޭވަރަށް ޖާހިލީ. ބާވަރުގަނޑު ވ ލަދުދެން