މީގެ އަހަރުތަކެއް ކުރިން ދިއްލީއަށް ގެންގޮސް އަނިޔާ ކުރަމުންދިޔަ ދެ އަންހެނަކު އެ މީހުން ދިރިއުޅެމުންދިޔަ ގެއިން ފިލައިގެން ހިމާޔަތް ހޯދައިފިއެވެ.

ބެންގަލްއަށް ނިސްބަތްވާ އެ ދެ އަންހެނުންނަކީ ވަގަށް ގެންގޮސް އަނިޔާ ދެމުން ދިޔައި ދިއްލީގައި ހުންނަ ގެއެއްގައެވެ. އެ މީހުންނަށް އެހީތެރިވުމަށް އައި ހެލްޕްލައިންގެ މީހުންނަށް ދެ މީހުންގެ ހަށިގަނޑުގައި ފެންނަހުރި އަނިޔާގެ ލަކުނުތައް ވަރަށް ފާހަގަކުރިއެވެ.

އެ މީހުން ކިޔާދިންގޮތުގައި، އެ އަނިޔާތައް އެ މީހުންނަށް ލިބިފައި ވަނީ އެ މީހުންގެ ވެރިމީހާ ކުރަމުންދާ ވިޔަފާރިއަށް ގެއްލުން ވާތީކަމަށް ބުނެ އެ މީހުން ދޮން ކުރުމަށް ކަމަށެވެ. އެ ދެ މީހުން ކިޔާދިންގޮތުގައި، ދެ މީހުންގެ މޫނުގައި ތަފާތު ކްރީމާއި، ކެމިކަލްވެސް ވަރަށް ހާކައެވެ. އަދި ތަފާތު އުކުޅުތައް ބޭނުންކޮށްގެންވެސް ދެ މީހުން ދޮން ކުރުވުމުގެ މަސައްކަތްތައް ކުރެއެވެ.

އެ އަނިޔާތަކުގެ ވާހަކަ އިވުމާއެކު ފުލުހުންގެ އެހީގައި މިދިޔަ އަންގާރަ ދުވަހު، ފުލުހުން ވަނީ އެގެއަށް ގޮސް އެގޭގެ ވެރި މީހާ ހައްޔަރުކޮށްފައެވެ. އަދި އެގޭގައި އުޅެމުންދިޔަ އެ ވިޔަފާރިއާ ގުޅުން ހުރި އަންހެނަކު ވަނީ ފިލާފައެވެ.

މި އަންހެން މީހުން މައުލޫމާތުދިންގޮތުގައި، އެ މީހުން އެގެއަށް ގެންގޮސްފައި ވަނީ ވަޒީފާ ދޭނެ ކަމަށް ބުނެއެވެ. އެހެންނަމަވެސް އެ މީހުން އެގެއަށް ގެންގޮސް އަނިޔާ ދެމުންދިޔައީއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ފުލުހުންގެ އެހީގައި ފުލުހުން ހައްޔަރުކުރީ؟؟؟

    • އެ އަނިޔާތަކުގެ ވާހަކަ އިވުމާއެކު ފުލުހުންގެ އެހީގައި މިދިޔަ އަންގާރަ ދުވަހު، ފުލުހުން ވަނީ އެގެއަށް ގޮސް އެގޭގެ ވެރި މީހާ ހައްޔަރުކޮށްފައެވެ. ރަގަޅަށް ކިޔާބަ؟

  2. މިއީވެސް ދިވެއްސަކު ދިވެހިބަހުން ލިޔެފައޮތް ލިޔުމެކޯ.ލަދުން ބޯހަލާކު.މަށަށް ފެންނަނީ ނޫސްތަކުގަ ނުލިޔެ ފުރަތަމަ ދިވެހިބަސް ކިޔަވާދޭ ކުލާހަކަށް ދާން.

    • ރަނގަޅަށްއެވާ ލިޔުމުގެ ބަޔަށް ތާރީފު ކޮށްލަން ވިސްނާނަމަ ތިހާ ލަދުން ބޯހަލާކުވާކަށް ނުޖެހޭނެހެން ހީވަނީ

  3. ވިދެޮ ××××

  4. ކުރީމްތަށް ބޭނުންކޮށްގެން މީހުން ދޮންވާން އުޅޭ.. މީ ދީނީ ގޮތުން ކޮންކަހަލަ ކަމެއް؟