މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ބުރިޖާއެކު އެތައް ޒުވާނުންނަށް މިއަދު އުފާވެރިކަން ލިބެމުން އެދަނީ، ދުރުގައި ތިބި އެ މީހުންގެ ރަހުމަތްތެރިން ކައިރިކޮށްދިނީތީއެވެ. މާލޭގައި އާއި ހުޅުމާލޭގައި ތިބި ރައްޓެހިން ގޮވައިގެން އެންމެން އެކު ސައިކަލު ދުއްވާލަފައި ގޮސް ކޮފީއެއް ބޯލަން ދިއުމެވެ. ސީދާ މާލެއިން އޯޑަރު ކޮށްގެން ކާތަކެތި ހުޅުމާލެއަށް ގެންދެވޭހާ ފަސޭހަވުމެވެ.

ބުރިޖް ހުޅުވުމާއެކު ޓްރެފިކް ގަވާއިދުއަކަށް ވަރަށް ބޮޑަށް ބޯލަބަން ޖެހެއެވެ. ނުރައްކާތެރި އެކްސިޑެންޓްތަކުން ސަލާމަތްވުމަށްޓަކައެވެ. އެހެންވެ މިއަދު އެތައް ޒުވާނުންނެއް އެ މީހުންގެ ސައިކަލުތައް ގަވާއިދަށް ފައްތަމުން އެބަދެއެވެ. އެހެން ނޫނީ އެ މީހުންނަށް ބުރިޖު ހުރަސް ނުކުރެވިދާނެއެވެ. ދާން ބޭނުންވާ މަންޒިލަށް ނުދެވިދާނެއެވެ.

މަތިން ފެންނަ ފޮޓޯއަކީ އެތައް ބަޔަކު ވާހަކަދެއްކި ފޮޓޯއެއްގެ ވާހަކައެވެ. ސައިކަލެއްގެ ދެ ލޯގަނޑު ނެގުމަށްފަހު ސައިކަލް މަތީގައި ތަތްކޮށްފައި އޮތީ ލިޔުން ކޮޅެކެވެ. ކޮންމެ ގޮތެއް ހަދާފަވެސް އެއީ ސައިކަލު ވެރިމީހާއަށް ނޭގި ކޮށްފައިވާކަމެއްކަމަށް ބެލެވެއެވެ.

އެ ނޯޓުގައި ބުނެފައި ވަނީ "މިދަނީ ހުޅުމާލެއަށް ސައިތައްޓެއް ބޯލަން! މަގޭ ސައިކަލުގެ ލޯގަނޑު ނެތީމަ މީގެ ލޯގަނޑު ހިފައިގެން މި ދިޔައީ. ނިމުނުހާ އަވަހަކަށް ގެނެސްދޭނަން". މިހެންނެވެ. އެ ސައިކަލުގެ ވެރިމީހާ އެ ނޯޓާއެކު އެ ސައިކަލުގެ ފޮޓޯ މީސް މީޑިއާގައި ހިއްސާކުރުމާއެކު އެތައް ބައެއްގެ ސަމާލުކަން އެ ފޮޓޯއަށް ލިބުނެވެ.

މީސް މީޑިއާގައި ހިއްސާކޮށްފައިވާ ފޮޓޯތަކަށް ބަލާއިރު، އެ ސައިކަލުގެ ލޯގަނޑު ގެންދިޔަ މީހާ އެ ލޯގަނޑު އަނބުރާ ގެނެސް ސައިކަލުގައި ހަރުކުރިކަމަށް ވެސް ވެއެވެ.

ލޯގަނޑު ގެންދިޔަ ކަމަށް ބުނާ ސައިކަލުގައި ލޯގަނޑު ހަރުކޮށްފައި

މިއީ ބަޔަކު މަޖަލަކަށް ކުރިކަމެއް ނަމަވެސް ގިނަ ބައެއްގެ ސަމާލުކަން ލިބުނު ކަމެކެވެ. އެހެން ނަމަވެސް މިއީ ކުރުން އެހާ ރަނގަޅު ކަމަކަށް ނުވެދާނެއެެވެ. އެއީ ކޮންމެ ގޮތެއް ހަދާފައިވެސް ކުރެވެނީ ވައްކަމެކެެވެ. ފުރަތަމަ އެ އެއްޗެއް ނެގުނީ ވެރިމީހާއަށް ނޭގިއެވެ. ވެރިމީހާއަށް އެކަން އެނގުނީ އެ ނޯޓު ކިޔާލުމުންތާއެވެ. އެ ނޯޓު ނެތްނަމަ ޔަގީނުންވެސް އެ ވެރިމީހާ ހީކޮށްގެން ހުންނާނީ އޭނާގެ ސައިކަލުގެ ލޯގަނޑު ވަގަށް ގެންދިޔައީ ކަމަަށެވެ.

ޓްރެފިކް ގަވާއިދަށް ގެނައި ހަރުކަށި ބަދަލާއެކު ލޯގަނޑު ޖަހައިގެން ސައިކަލު ދުއްވަން މާލޭގައި މަޖުބޫރުކޮށްފިއެވެ. އެހެން ނޫނީ ދާން ބޭނުންވާ މަންޒިލަށް ނުދެވެއެވެ. ފުލުހަކަށް ފެނިއްޖެނަމަ ހުއްޓުވައެވެ. އަދި ސުވާލު ކުރެއެވެ. އަދި ބައެއް ފަހަރު ނަސޭހަތް ދީފައި ފޮނުވާލި ނަމަވެސ،ް ކޮންމެ ފަހަރަކު އެހެން ނަހަދާނެއެވެ.

ބައެއް ފަރާތްތަކުން މިހާރުވެސް ކުރަމުންދާ އެއް ޝަކުވާއަކީ އެމީހުންގެ ސައިކަލުތަކުގެ ލޯގަނޑުތައް ވަގަށް ގެންދާކަމުގެ ޝަކުވާއެވެ. މިއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. އަމިއްލަ އެއްޗެއް ގެންގުޅުމުން މާ އުފާ ވާނެއެވެ. މާ ހިތްހަމަ ޖެހުންވެސް ލިބޭނެއެވެ.

ޓްރެފިކް ގަވާއިދުތަކަށާއި، ވަގުތީ އުފާލަކަށްޓަކައި ކުރެވޭ ފާފަތަކަށް ވިސްނާލަމާތޯއެވެ. އަދި ރަނގަޅު ފިޔަވަޅެއް އެކަމަށް އަޅާލަމާ ތޯއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހުސެން

    މާ ފަހުން ތި ލީ. ކުރިން ދުވަހު ގެ

  2. Anonymous

    ވަގޫ

  3. އިނޫ

    ވަރައް ފަހަތަުގަ ވަގުތު ތިއުޅެނީ

    • އެ

      ވައްކަމަށް ހުއްޓުމެއް ނާންނަންޏާ މިވާހަކަ ކިތަންމެވަރަކަށް ލިޔުނަސް ރަނގަޅެއްނު ވައްކަންކުރާ މީހުންނަށް ހޭއަރާ މިފާފަކުރުން ހުއްޓައިފިއްޔާ

  4. ރި

    މަގޭ ސައިކު ލޯގަނޑުވެސް ރޭގެ ވަގުތެއްގަ ވަނީ ވަގައް ނަގާފަ. ޢަޅެ ނެގި ކުއްޖަކު އެ ބޭނުންކޮށް ނިމުނީމަ ގެނެސް ޖަހާދޭނަމަ ދޯ???

  5. ސުޕާރީ

    ގައުމުގަ ހުސް ވަގުން

  6. މޑ

    ރީޢާނޫ.. ހަބަރަކަށް ވާ ކަހަލަ ހަބަރެއް ލިޔެބަލަ

    • ާލިލީ

      ވަރަށް ބޮޑަށް ދަސްކުރަން ރިޢާނު އެބަޖެހޭ.

    • ޢައިޝާ

      ރިޢާނުގެ ޢިބާރާތްކުރުން ރަނގަޅު ކުރަން އެބަ ޖެހޭ!!