ގްރީސްގެ މަޝްހޫރު ފަތުރުވެރި މަންޒިލެއް ކަމަށްވާ ޒަކީންތޯސް އައިލޭންޑްގެ އައްސޭރީގެ ސަރަޙައްދެއްގައި މަސްތުވެ ބަރަހަނާ ހާލުގައި "މަޖާކުރަން" ތިބި ފަތުރުވެރިންތަކަކަށް ހިތުން ނުފިލާވަރުގެ ބިރަކާއި ކުރިމަތިވެއްޖެއެވެ.
މި ހާދިސާ ހިނގީ ގޮނޑުދޮށުގައި ގިނަ ޢަދަދެއްގެ ފަތުރުވެރިން ތިބި ވަގުތެއްގައި، އެ ސަރަޙައްދުގައި ހުރި ފަރުބަދައަކުން ބޮޑު ބައެއް ކަނޑައިގެންގޮސް ވެއްޓުމުންނެވެ. މި ހާދިސާގައި ހަތް ފަތުރުވެރިއަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، އެމީހުން ބޭނުންކުރަމުން ދިޔަ ބައެއް ޔޮޓުތަކާއި ލޯންޗުތައް ހިލަތަކުގެ ދަށުވެ ވަނީ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައެވެ.
މި ހާދިސާ ހިނގި ވަގުތު ނަގާފައިވާ ބައެއް ފޮޓޯކާއި ވީޑިއޯތައް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، ވީޑިއޯތަކުން ފެންނަނީ ފަރުބަދައިގެ އެއް ކައިރިން ބޮޑު ބައެއް ފަތުރުވެރިން ތިބި ދިމާލުން ގޮނޑުދޮށަށް ވެއްޓި ފުނޑުފުނޑުވެގެންދާ މަންޒަރެވެ. އެއާއި އެކު އެސަރަޙައްދުގައި ތިބި ފަތުރުވެރިންތައް ސަލާމަތަށް އެދި ދުވެފައިދާ މަންޒަރު ވީޑިއޯއިން ފެނެއެވެ.
"އަހަރެމެން އެންމެންވެސް ތިބީ ވަރަށް އުފަލުން އެހައި ރީތި ތަނަކަށް ޗުއްޓީ ހޭދަކޮށްލަން އާދެވުމުން. އެކަމަކު އެ ހުރިހާ ކަމެއް ބަދަލުވެގެން ދިޔައީ ކުއްލިއަކަށް. ކުއްލިއަކަށް އިވުނު ބާރުގަދަ ބިރުވެރި އަޑުފަތްގަނޑަކާއި އެކު ފަރުބަދައިން ބައެއް ވެއްޓި ފުނޑުވެގެން ދިޔައީ އަހަރެމެން ތިބި ތަނަށް. ސަލާމަތްވީ ހަމަ ކިރިޔާ،" ހާދިސާ ހިނގި ވަގުތު އެތަނުގައި ހުރި ފަތުރުވެރިއަކު ބުނެފައި ވެއެވެ.
މި ހާދިސާ ހިނގި ވަގުތު ފަރުބަދަމަތިން ވެއްޓުނު ބިޔަ ހިލަތައް މޫދުގައި ޖެހުމުން މުޅި އެ ސަރަޙައްދަށް ވަނީ ރާޅުވެސް އަރާފައެވެ. އަދި އެވަގުތު އެ ސަރަޙައްދުގައި ވަރަށް ބޮޑަށް ހިރަފުސްބޯވެފައި ހުއްޓެވެ. ފަރުބަދައިން ބައެއް ކަނޑައިގެން މި ނުރައްކާތެރި ހާދިސާ ހިނގި އިރު އެ ސަރަޙައްދުގެ މޫދުގައި ސްނޯކްލިންއަށް ދިޔަ ފަތުރުވެރިންނާއި ގޮނޑުދޮށުގައި ބަރަހަނާ ހާލުގައި އަރާމުކުރަން ގިނަ ޢަދަދެއްގެ ފަތުރުވެރިންތަކެއް ތިއްބެވެ.
މި ހާދިސާ އާއި ގުޅިގެން އޮފިޝަލުން ވަގުތުން ހަރަކާތްތެރިވާން ފެށިއިރު، އަނިޔާވި އެންމެންގެ ހާލުވެސް މިހާރު ރަނގަޅުވަމުން އަންނަކަމަށް އެފަރާތްތަކުން ބުނެއެވެ.
ޒަކީންތޯސް އައިލޭންޑްގެ ގޮނޑުދޮށް ސަރަޙައްދަކީ ފަތުރުވެރިންގެ މެދުގައި މަޤުބޫލު ގޮނޑުދޮށެކެވެ. އެ ސަރަޙައްދަށް ކޮންމެ އަހަރަކުވެސް އެތައް ހާސް ފަތުރުވެރިންތަކެއް ޒިޔާރަތްކުރާއިރު، މިއީ ބަރަހަނާ ހާލުގައި މިނިވަންކަމާއިއެކު އުޅުމުގެ ހުއްދަ ގްރީސްގައި ދީފައި އޮންނަ ގޮނޑުދޮށްތަކުގެ ތެރެއިން ގޮނޑުދޮށެއްކަން ފާހަގަކޮށްލެވެއެވެ.
އަދިވސް ﷲ އަށް ބިރުވެތިނުވެ ތިހެން މަޖާކޮށްކޮށްފަ އުޅޭ
ބިރަކާނުލާ މަޖާކުރާ މީހުންނައް މިކަހަލަ ކަންކަން ދިމާވާނެ. ބިރުވެތިވ.
ބަރަހަނާ ހާލުގައި އަރާމުކުރަން ގިނަ ޢަދަދެއްގެ ފަތުރުވެރިންތަކެއް ތިއްބެވެ.
މިހެން ލިޔުނީމަ،ހީވަނީ މިނޫންގޮތަކަށް އަރާމު ނުކުރެވެނީހެން ނޫނީ މިކަން ޕްރަމޯޓްކުރަން އުޅެނީހެން. މިއަށްވުރެ ލިޔުންތެރިން ޒިންމާދާރު ވެލައްވާ މީ ލޮބުވެތިގައުމުގެ ދީނާމެދު ވިސްނަާ.
ޢެއީ އެތާ އެއްޗިސް ބާލާގެން ހުރީމަ ވީ ގޮތެއް ތަ ހަހަ އަންނަ ލޮޅުމުގެ ސަބަބުން އާންމުކަނެއް އެސަރަހއްދަށް
އެއްވެސް ސަބަބެއްނެތި މާތްﷲ ކަމެއް މެދުވެރި ނުކުރައްވަވާނެ.. ލޮޅުން އަންނަނީވެސް މާތްﷲ ގެ އިރާދަފުޅުން ސަބަބުތަކަކާ ލައިގެން
ލޮލް