މީގެ ދެތިން މަސް ދުވަސް ކުރިން ސްރީ ލަންކާ ކައިރީގައި އުފެދުނު ތޫފާން "އޯޗީ" އިންޑިއާއިން ވެސް އެތައް މަސްވެރިންނެއް ވަނީ ގެއްލިފައެވެ. އެ ގެއްލުނު މީހުންގެ ތެރޭގައި ހިމެނޭ އެކަކީ އިންޑިއާގެ ރައްޔިތެެއްކަމަށްވާ ޝިލުވައްޏަން އެވެ.

އޭނާއަކީ މީގެ ދެތިން މަސް ކުރިން ބޮޑު ގެއްލުމެއް ލިބުނު ތޫފާން އޯޗީގައި ގެއްލުނު މީހެކެވެ. އޭނާ ގެއްލިފައި ވަނީ މަހަށް ގޮސް އުޅެނިކޮށެވެ. މިދިޔަ ނޮވެމްބަރު މަސް ތެރޭގައި އޭނާ ގެއްލިގެން އާއިލާއިން ވެސް ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ. އާއިލާއިން ހީކުރީ އޭނާ މަރުވީ ކަމަށެވެ.

އެހެންތިއްބާ އޭނާ ގެއަށް އައިސްފައި މި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

"ތޫފާން އޯޗީގެ އަސަރު ކަނޑުމައްޗަށް ކުރަން ފެށުމާއެކު އަހަރުމެންނަށް ހީވިކަމެއް ގޯސްވާން އުޅޭހެން. އެއާއެކު އެންމެންވެސް އެ މީހުން މަސް ހިފަން ގެންގުޅުނު ދާތައް ހިފައިގެން ދިޔައީ އެއްގަމަށް." ޝިލުވައްޏަން ބުންޏެވެ.

ޝިލުވައްޏަށް ހުރި އުޅަނދު ތޫފާނުގެ އަސަރުކޮށް ލެއްގީ ވަރަށް ދުރު ސަރަހައްދަކަށެވެ. އޭނާ ދިރިއުޅޭ ސަރަހައްދަށް އޭނާ އަށް އާދެވުނީ މީހެއްގެ އަތުން ފައިސާ ވެސް ނަގައިގެންނެވެ. ޝިލުވައްޏަން ބުނީ އޭނާ ވަރަށް އަވަހަށް މަހަށް ދާން ފަށާނެ ކަމަށެވެ.

ޝިލުވަންޏަށް އާއެކު މަހަށް ދިޔަ ގިނަ ބަޔަކު މީގެ ކުރިން ވަނީ ސަލާމަތްވެފައެވެ. އެ މީހުން ހީކުރީ ޝިލުވައްޏަން މަރުވީ ކަމަށެވެ.