ބޮލީވުޑްގެ ކުޅަދާނަ ތަރި ސަލްމާން ހާންގެ ހަށިގަނޑު ދައްކުވައިދޭ ފޮޓޯތަކަކަށް ހިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ. އިންޑިއާގެ ޖިމްއެއްގެ ތެރޭގައި ސަލްމާން ހާން ނަގާފައިވާ އެ ފޮޓޯތަށް މީސް މީއާގައި ވައިރަލްވެފައިވާއިރު އެތަށް ބައެއް ދަނީ އެ ފޮޓޯތަކަށް ޝެއާ ކޮށް ސުއޫރު ފާޅުކުރަމުންނެވެ.

"ބިގް ބޮސް 12" އަށްތައްޔާރުވުމުގެ ގޮތުން ސަލްމާން ހާން އޭނާގެ ޙަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެވުމުގެ މަސައްކަތް ފަށާފައިވާއިރު ސަލްމާން ހާން އަކީ ބިޔަ އަދި ރީތި ހަށިގަނޑެއްގެ ވެރިއެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ސަލްމާން ހާން ވަނީ އޭނާގެ އެންމެ ފަހުގެ ފިލްމު ރޭސް ސީރީޒްގެ 3 ވަނަ ފިލްމު " ރޭސް 3" ކުޅުމަށްވެސް ހަށިގަނޑަށް ބަދަލުތަކެއް ގެނެސްފައެވެ.

ސަލްމާމް ހާން ދެން އެންމެ އަވަހަށް ފެނިގެންދާނީ 2019 ވަނަ އަހަރުގެ ޖޫން މަހުގައި ނެރޭ އަލީ އައްބާސް ޒަފަރްގެ ފިލްމު "ބާތަރް"އިންނެވެ، އެ ފިލްމުގެ ލީޑުން ސަލްމާން ހާން އާއި އެކު ފެނިގެންދާނީ ކުޅަދާނަ އެކްޓަރ ކެތްރީނާ ކައިފްއެވެ.

ސަލްމާން ހާންގެ ފޮޓޯތަށް އެތަށް ލައްކަ ބައެއް ޝެއަރ ކޮށްފައިވާއިރު ގިނަ ބަޔަކު ބުނަމުން ދަނީ ސަލްމާން ހާން އަކީ ފިޓްނެސް އަށް ލޯބިކުރާ މީހުންނަށް ނަމޫނާއެއް ކަމަށެވެ. އަދި އުމުރުން 52 އަހަރުގައިވެސް ހަށިގަނޑަށް ބޮޑު ބަދަލެއް ގެނުވި ކަމީ އެކަމުން ފިޓްނެސްއަށް ލޯބިކުރާ މީހުން އިބްރަތް ހާސިލް ކުރަން ޖެހޭނެ ކަމުގައި ގިނަ ބަޔަކު ދެކެއެެވެ.

ސަލްމާން ހާން އަކީ "ސުލްތާން" އާއި "ވޯންޓެޑް" ފަދަ މަޝްހޫރު ފިލްމުތަށް ކުޅެދީފައިވާ ކުޅަދާނަ އެކްޓަރެކެވެ.

ކިޔުންތެރިންގެ ހިޔާލު