އަހަރުމެންނަށް މަގުބޫލު ތަރިންނަކީ މުހިންމު ބައެކެވެ. އެތަރިންނާއި ގުޅޭ އެކި މައުލޫމާތުތައް އެއްކޮށް އެ ތަރިންގެ ދިރިއުޅުން ވަރަށް ބޮޑަށް ބަލާ މީހުން އުޅެއެވެ. އަދި އެ ތަރިންގެ ސިއްރު ދިރިއުޅުން ކޮންނަ މީހުންވެސް އުޅެއެވެ. އެގޮތުން ބައެއް ތަރިން އެ މީހުންނަށް ދިމާވާ ކަންތައްތަކާއި ގުޅޭ މައުލޫމާތު ހިއްސާ ކުރާ އެއް ޕްލެޓްފޯމަކީ މީސް މީޑިޔާއެވެ. އެގޮތުން ބައެއް ތަރިން މީގެ ކުރިން އެ މީހުންގެ ބަލި ހާލުވެސް މީސް މީޑިޔާގައި އާއި އެ ނޫން ގޮތްގޮތަށްެވެސް ހިއްސާކޮށްފައި ވެއެވެ.

އޭގެ ތެެރެއިން ބޮޑެތި ބަލިތައް ޖެހި ސަލާމަތްވެފައި ތިބި ބައެއް ތަރިންނަށް ބަލާލަމާ ހިނގާށެވެ.

އަމީތާބް ބަޗަން

ބޮލީވުޑްގައި ގިނަ އަހަރުތަކެއް ހޭދަކޮށް ގިނަ ފިލްމްތައް އާއްމުންނާއި ހަމައަށް ގެނެސްދިން ތަރި އަމިތާބް ބަޗަންއަށް ޖެހުނު ބޮޑު އެކްސިޑެންޓެއް ދިމާވިއެވެ. އެއީ އޭނާ ކޫލީ ކުޅެން އުޅުމުގެ ތެރޭގައެވެ. 1982 ވަނަ އަހަރު މިކަން ހިނގިއިރު، އޭނާގެ ހަށިގަނޑުން ވަރަށް ބޮޑަށް ލޭމަދުވެ ސްޕްލީންވެސް ފަޅައިގެން ދިޔައެވެ. އެ ހަދިސާގައި އޭނާ މަރުނުވީ ހަމަ ކިރިޔާއެވެ. ނަމަވެސް މަޑުމަޑުން އޭނާގެ ހާލު ރަނގަޅުވިއެވެ. އޭގެ ފަހުން 1984 ވަނަ އަހަރު ބައްޔެއް ޖެހި މުޅި މީހާ ފިޒިކަލީވެސް އަދި މެންޓަލީވެސް ބަލިވިއެވެ. އަދި އެކަމާއި އޭނާ ޑިޕްރެޝަންއަށްވެސް ދިޔައެވެ. އެހެން ނަމަވެސް މިހާުރު އެ ހުރިހާ ކަންކަމުން ރަނގަޅުވެ ކުރިއަށްއެދަނީ ގަދަ ހިތްވަރާއެކުއެވެ.

ސައިފް އަލީ ޚާން

ސައިފްއަކީވެސް ބޮލީވުޑްގެ ތަރިންގެ ތެރެއިން ބޮޑު ބައްޔަކުން ސަލާމަތްވި އެއް ތަރިއެވެ. އެގޮތުން 2007 ވަނަ އަހަރު ސައިފް ވަނީ މޭގައި ރިއްސާކަމަށް ބުނެ ވަގުތުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ޑޮކްޓަރުން ވަނީ އޭނާއަށް ކުޑަ ހާޓްއެޓޭކެއް ޖެހިފައިވާކަމަށް ބުނެފައެވެ. އެ އާއިލާގެ ގިނަ މީހުންނަކީ ހާޓް އެޓޭކް ޖެހޭ ބައެކެވެ. އެހެން ނަމަވެސް ސައިފްއަށް މިގޮތަށް ޖެހޭ ކަމެއް ކުރިން ނޭގެއެވެ.

ރިތިކް ރޯޝަން

ބޮލީވުޑްގައި ތިބި އެންމެ ރީތި އެކްޓަރުންގެ ގޮތުގައި ހިމެނޭ ރިތިކް ރޯޝަން މަރުން ސަލާމަތްވީ ހަމަ ކިރިޔާއެވެ. ސިކުނޑިގައި ލޭ ކޮޅެއް ގަނޑުވެގެން 2013 ވަނަ އަހަރު އޭނާ އޮޕަރޭޝަން ކުރިއެވެ.

މުމްތާޒް

ރީތި ތަރިއެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރާ މުމްތާޒްއަށް އުރަމަތީ ކެންސަރު ޖެހުނެވެ. 2002 ވަނަ އަހަރު އޭނާއަށް ކެންސަރު ޖެހުނު ނަމަވެސް އެއިން ސަލާމަތްވުމަށް އޭނާ ހިތްވަރު ކުރިއެވެ. އެއިރު އޭނާގެ އުމުރަކީ 54 އަހަރެވެ. ކެންސަރު ބަލިން ސަލާމަތްވުމަށް މުމްތާޒް ހަ ކީމޯ ތެރަޕީ ސެޝަން ހެދިއެވެ. އަދި 35 ރޭޑިއޭޝަން ސެޝަންވެސް ހެދިއެވެ.

ކިޔުންތެރިންގެ ހިޔާލު