ނުސާފު ވައި ނުވަތަ ތަޣައްޔަރު ވެފައިވާ ވައި ބޭނުންކުރެވޭ މީހުން އެމީހުންގެ ލޯބިވެރިންނަށް މަކަރު ހަދާމިންވަރު ބޮޑުކަން ހާމަ ވެއްޖެއެވެ.

ކޮލަމްބިއާ ބިޒްނަސް ސްކޫލްގައި ކުރިއަށް ގެންދިޔަ ދިރާސާއަކުން މިކަން ހާމަވެފައި ވާއިރުގައި، މި ދިރާސާއިން އިތުރަށް ދައްކަނީ ވައި ނުސާފުކަން ބޮޑު ހިސާބުތަކުގައި މީހުން ކުށްކުރާ މިންވަރުވެސް މަތިކަމެވެ.

މި ސްކޫލްގެ ޕްރޮފެސަރުން ބުނާ ގޮތުން މިހެން ވާން ޖެހެނީ މިފަދަ ހިސާބުތަކުގައި މީހުން ނޭވާލާން ބޭނުންކުރާ ވައި ނުސާފުވުމުން އޭގެ އަސަރު ހަށިގަނޑަށް ކުރާތީއެވެ. މިގޮތުން މީހާގެ ވިސްނުން ސަވަސްކުރުވުމާއި އެކު އަމިއްލަ އެދުން ބޮޑުވެ، ބައިވެރިޔާއަށް މަކަރުހަދާ އިރުގައި، މިފަދަ ހިސާބުތަކުގައި ކުށުގެ ރޭޓް ވެސް މަތިކަން ފާހަގަ ކޮއްލެވެއެވެ.

އެމެރިކާ އާއި އިނގިރޭސި ވިލާތުގައި ނުސާފް ވައި ބޭނުންކުރާ އެތައް މިލިޔަން ބަޔަކު ދިރިއުޅެމުން އަންނައިރުގައި، އެހިސާބަކީ ދުނިޔޭގެ ނިސްބަތުން މަކަރު ހެދުމާއި ކުށް ކުރުންވެސް ވަރަށް އާންމު ހިސާބެކެވެ.

ތިމާވެއްޓަށް ގެއްލުންދެނިވި އެއްޗެހިން އުފައްދާ ދުމުގެ ސަބަބުން ވައި ނުސާފުވީ ނަމަވެސް، ބައެއްމީހުން ވަނީ މި ދިރާސާގެ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހަދާފައެވެ. އެމީހުން ބުނާ ގޮތުގައި މީ މިފަދަ ގޮތަކަށް ހެދި ފުރަތަމަ ދިރާސާ ކަމުން މިކަން ސާބިތު ކުރެވޭނީ ސައިންސްވެރިން މިކަން އިތުރަށް ބެލުމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އޮބާމާ

    ތިކަމުގައި މާލެ ގައި އުޅޭ އެންމެން ހިމެނޭނެ ކަމަށް ޤަބޫލް ކުރެވޭ.

  2. ަެަެަެައެމެރިކާ

    ނޫން ރާއްޖެ އާއި ޕާކިސްތާނުން އެކަނި ކުށްކުރާނީ. އިންޑިޔާގައި ވެސް ރޭޕެއް ނުކުރާނެ

    1
    1
  3. އަލީ

    ވ.ބޮޑު ތެދެއް. މަމީ ވަރަށް ބޭރުތެރޭ ނޫޅޭ މީހެެއް. އެކަމަކު މަގޭ ކުރީގެ އަނބި އަކީ އަބަދު ބޭރު ތެރޭ އުޅޭ މަންޖެއެއް. އެންމެފަހުން ނުސާފު ވައި ބޭނުންކޮށްގެން ވަގު ބިޓުން ގެންގުޅެން ފެށީ. މިހާރު ހިތައް އަރާ ޑަސްޓު މާސްކެއް ދުވުން ނަމައޭ. އޭރުން އެމަންޖެ ނުސާފު ވައިން ސަލާމަތްވީސް

    • ަާއައިރާ

      އަހަރެންނަކީ ޒަވާޖީހަޔާތުގެ ބޮޑުބައި ނުސާފު ވައިގެތެރޭގަ ހޭދަކުރި މީހެއް.އިންތިހާދަރަޖައިގެ މިނިވަންކަން ލިބިދީފަ އޮތްއިރުވެސް އަހަރެން ފިރިމީހާއަށް ވަފާތެރިވީން އެންމެ ފަހުވަގުތާ ޖެހެންދެއްވެސް.ކަމަކު މަކަރުހަދާ އޮޅުވާލީ ފިރިމީހާ.އަޭނައުޅުނީ ސާފުވައިލިބޭ ތަންތަނުގަ.ކައިވެނިރޫޅުނީމަ ކުއްވެރިވީ އަހަރެން.އެއީ އަހަރެން ވަރިވީމަ. ދެންއަހަރެންނަކީވެސް ހިލައިން ހަދާފަ ހުރިބުދެއްނޫން ހިތުހުރިހާ ގޮތެއްހަދަން ދެން އަޅާނުލާހުންނަން.އަސްލު އަހަރެން އޭރު ހުރި ހާލަތެއްގެ ސަބަބުން ކެތްނުވީ.މީ ހިތާދެކޮޅަށް ﷲއާއި ވަކީލުކޮށްފަ ނިންމި އުނދަގޫ ނިންމުމެއް.އޭރު ވ.ދެރަވި މިގޮތަށް ކަންކުރަން ޖެހުނީމަ.އެކަމަކު މިހާރު އުފާކުރަން މިނިންމުމާމެދު.