ޖޭޕީ ޑުއްޓާގެ ފިލްމް "ޕަލްޓަން" މިއަރު ސެޕްޓެމްބަރ 7 ވަނަ ދުވަހު ރިލީޒް ކުރާނެކަމަށް ބުނެފިއެވެ.

އަރުޖުން ރަންޕާލް، ސިދަންތަ ކަޕޫރު، ލަވް ސިންހާ، ގުރުމީތް ޗައުދުރީ އަދި ހާސްވަރުދަން ރޭން އާއިއެކު ބޮޑު ކާސްޓެއް އެކުލެވޭ މި ފިލްމްގެ ޝޫޓިންތަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފަށާނެކަމަށް ރިޕޯޓްތަށް ބުނެއެވެ.

މި ފިލްމް ސެޕްޓެމްބަ 7 ގައި ރިލީޒް ކުރާނެކަމަށް ބުނެ އަރުޖުން ރަންޕާލް އެ ފިލްމްގެ ޕޯސްޓަރަކާއެކީ ކުރި ޓްވީޓެއްގައި ވަނީ "ޕަލްޓަން ގައި މަސައްކަތް ކުރަން ލިބުނީތީ ފަޙުރުވެރިވަން. މިއީ "ޕަލްޓަން" ގެ ފުރަތަމަ ދައްކާލުުން. ފޮރުވިފައިވާ ވާހަކައެއް، އެންމެނައްވެސް އެގެންޖެހޭ އަހަރެމެންގެ ވާހަކައެއް" އެވެ.

މި ފިލްމް ކުރިން އަބީޝޭކް ބައްޗަން ކުޅެން ހަމަޖެހިފައި ވީ ނަމަވެސް ފިލްމްގެ ޝޫޓިން ފެށުމަށް އެންމެ 24 ގަޑިއިރަށް ވެފައި ވަނިކޮށް އޭނާ ވަނީ ފިލްމް ދޫކޮށްލާފައެވެ. މިކަމާއި ގުޅިގެން ނޫސްވެރިން ފިލްމް އުފައްދާ ފަރާތާ ސުވާލުކުރުމުން އެފަރާތުން ބުނީ އެއީ އަބީޝޭކްގެ ނިންމުމެއް ކަމަށާއި އޭނާ އެގޮތަށް ނިންމީ އޭނާ އަމިއްލައަށްކަމަށެވެ. އަދި އޭނާގެ އެނިންމުން އެގޭނީ އޭނާއަށް ކަމަށެވެ.

މި ފިލްމްގައި ދައްކުވައިދޭނީ 1967 ގައި ސިއްކިމް ބޯޑަރު ކައިރީގައި އިންޑިޔާ ސިފައިންނާއި ޗައިނާ ސިފައިންގެ މެދުގައި ހިގާދިޔަ ހަންގުރާމައެކެވެ.

ކިޔުންތެރިންގެ ހިޔާލު