މޮޅު ގޮތަކަށް ލޯ މަރާލައިގެން ގިނަ ބައެއް ޖާދޫގައި ޖެއްސި މަލިޔާލަމް އެކްޓްރެސް ޕްރިޔާ ވާރިޔާ މި ދުވަސްކޮޅު ޚަބަރުތަކުގެ ސުރުހީ ތަކުން ނުފެނުނު ކަމުގައިވިޔަސް. އަދިވެސް އޭނާގެ އެ ލޯ މަރާލާ މަންޒަރު ފަނޑުވުމެއްނެތި ގިނަބައެއްގެ ހިތު ތެރޭގައިވެއެވެ. އެފަދަ ގޮތަކަށް ލޯ މަރައިލައިގެން މަޝްހޫރް ވެވޭތޯ އާންމުންގެ ގިނަ ބަޔަކުވެސް މަސައްކަތް ކުރާއިރު، ބޮލީވުޑްގެ ބައެއް ތަރިންވެސް ވަނީ ޕްރިޔާގެ އެ ސްޓައިލް ކޮޕީ ކުރަން މަސައްކަތް ކޮށްފައެވެ.

އެގޮތުން މިފަހަރު ޕްރިޔާ ގޮތަށް އެއް ލޯ މަރާލައި ގިނަ ބައެއްގެ ސަމާލުކަން ހޯދާފައި މިވަނީ ރީތި ހަށިގަނޑެއްގެ ވެރި އެކްޓްރެސް ދިޝާ ޕަތާނީ އެވެ. އޭނާ ލޮލުގެ ޖާދޫ ބޭނުން ކުރީ ކޮފީ އިސްތިހާރެއްގެ ތެރެއިންނެވެ.

ޕްރިޔާއާއި ދާދި އެއްގޮތަކަށް ދިޝާވެސް ލޯ މަރާލައި މަންޒަރު ދައްކުވައިދޭ ފޮޓޯއެއް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، ދިޝާ ހުރީ ޕްރިޔާއެކޭ އެއްފަދައިން ސްކޫލް ޔުނީފޯމްގައިވެސް މެއެވެ.

https://www.instagram.com/p/Bnu4mU8h7xe/?utm_source=ig_embed

 

މި އަހަރު ތެރޭގައި ނެރެން ހަމަޖެހިފައިވާ މަލިޔާލަމް ފިލްމެއްކަމަށްވާ އޮރޫ އަދަރް ލަވްގައި ހިމެނޭ ލަވައެއްގެ ތަންކޮޅަކުން ފެނިގެން ދިޔަ ޕްރިޔާ ސްކޫލް ޔުނީފޯމްއެއްގައި ހުރުމުން، ދިޝާވެސް އޭނާ ކުޅެމުން ދިޔަ އިޝްތިހާރުގައި ހަމަ އެ ޔުނީފޯމާއި ހެއާސްޓައިލް ބޭނުން ކޮށްފައިވެއެވެ. އެއާއެކު، ބައެއް ފަރާތްތަކުން، ދިޝާ ޕްރިޔާ ކޮޕީ ކުރީ ކަމަށްވެސް ބުނެ މީސްމީޑިއާގައި ފާޑުކިޔާފައިވެއެވެ.

https://www.instagram.com/p/Bns_s5ohwnG/?utm_source=ig_embed

 

ދިޝާ ބެލުންތެރިންނާއި ހަމައަށް އެންމެފަހުން ފެނިގެންގޮސް ފައިވަނީ ފިލްމު "ބާގީ 2" އިންނެވެ. ނަމަވެސް އިތުރު ފިލްމެއްގެ މަސައްކަތް މިހާރު އޭނާ ދަނީ ކުރަމުންނެވެ.

ދިޝާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ލީޑް ރޯލުން ސަލްމާން ޚާން ފެނިގެންދާ ފިލްމު "ބާރަތު" އިންނެވެ. މި ފިލްމުގައި އެނާގެ އިތުރުން އެކްޓްރެސް ކެޓްރީނާ ކައިފް ވެސް ފެނިގެންދާނެއެވެ.