އޮސްޓްރޭލިޔާގެ ޕާތުގެ އުތުރުން، އަންހެނަކު ހޮވި ބިއްލޫރި ފުޅިއެއްގެ ތެރެއިން 132 އަހަރުވީ މެސެޖެއް ފެނިއްޖެއެވެ.

އިލްމަން ނަމަކަށް ކިޔާ މީހަކު މި ފުޅި ހޮވާފައިވާއިރު، އޭނާ ބުނެފައިވަނީ އެފުޅިއަކީ އޭނާގެ ފޮތް ހަރުގައި ރީއްޗަކަށް ބަހައްޓަންވެގެން ހޮވި ފުޅިއެއް ކަމަށެވެ. އަދި، ފުޅީގެ އެތެރޭގައި މެސެޖެއް އޮތްކަން އެނގުނީ، އެހެން ކުއްޖަކު ލައްވާ ފުޅިއަށް ވެލި އަޅަން އުޅެނިކޮށް ކަމަށްވެސް ބުނެފައިވެއެވެ.

ގަދަ ކުލައެއްގެ ބިއްލޫރިން މި ފުޅި ހަދާފައިވާއިރު ފުޅީގެ ދިގުމިނުގައި ނުވަ އިންޗިވެސް ނުހުރެއެވެ. އަދި ފުޅާމިނުގައި ގާތްގަނޑަކަށް ތިން އިންޗި ހުރެއެވެ.

ފުޅީގެ އެތެރޭގައި އޮތް މެސެޖުގައި ލިޔެފައި އޮތީ ޖަރަމަނު ބަހުން ކަމަށާއި އަކުރުތަކުންވެސް އެއީ ވަރަށް ދުވަސްވީ ފުޅިއެއްކަން އެނގޭކަމަށްވެއެވެ. މެސެޖުގައި ތާރީޚެއްގެ ގޮތުން 12 ޖޫން 1886 ޖަހާފައިވެއެވެ. މެސެޖުގައި ބުނެފައިވާ ގޮތުން ފުޅި އެއްލާލީ ޖަރުމަނުގެ ނަވަކުން، އޮސްޓްރޭލިޔާގެ ހުޅަނގު އައްސޭރީގެ 950 ކިލޯމީޓަރު ދުރުންނެވެ.

ތާރީޚު ދިރާސާކުރާ ފަރާތްތަކާ ހަވާލާދީ "ވޮޝިންޓަން ޕޯސްޓު" ގައި ބުނެފައިވާ ގޮތުން ފުޅި އެއްލާލިތާ އަހަރެއްހާ ދުވަހުގެ ތެރޭގައި އެފުޅިވަނީ ބިމަށް ލައްވެފައެވެ. އެހެންނަމަވެސް، ލެއްގުމަށްފަހު، އަޑީގައި ވަޅުލެވުނީކަމަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖާނު

    ތި ހަމަ ދާދި އިހަައްދުވަހު ލިޔެފާ އިން އެއްޗެއް....

  2. އެކޮޅުގޭ މުހައްމަދު

    އަދިވެސް އެމެސެޖް ކިޔޭ ގޮތެއް ނުވޭތަ އޮސްޓޭލިޔާގަ ޖަރުމަނުބަސް ދަންނަ އެކަކުވެސް ނެތީތަ އެފުޅީގެ މިންތަކެއް ބޭނުމެއް ނޫން