ދުނިޔެވެސް ހިމެނޭ މިލްކީވޭ (ގެލެކްސީ)ގައި އެކުލެވޭ އެންމެ ބޮޑު ގުރަހަ ކަމަށްވާ ޖުޕިޓާގެ ވަރައްވެސް އަޖައިބުކުރުވަނިވި އައު ފޮޓޯ ތަކެއް އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން އާންމު ކޮއްފިއެވެ.

ނާސާއިން މީގެ ފަސް އަހަރު ކުރިން ޖުޕިޓާ ދިރާސާ ކުރަން ފޮނުވި ޖައްވީ އުޅަދު ޖޫނޯ އިން ވަނީ ޖުޕިޓާގެ މަތީ ފަށަލައިގައި އާދަޔާ ހިލާފު ބާރުގަދަ ތޫފާން ތަކެއް އުފެދިފައިވާ މަންޒަރު ފެންނަ ފޮޓޯ ތަކެެއް ނަގާފައެވެ.

މި ފޮޓޯތައް ބޮޑަށް ވައްތައްރީ ޕިޒާއެއްގެ ބައްޓަމާއެވެ. މީގެ 400 އަހަރު ކުރިން އެސްޓްރޮނޮމަރ ގަލީލިއޯ ޖުޕިޓާގެ ހަނދުތައް ހޯދިފަހުން އެޕްލެނެޓާއި އެޕްލެނެޓު ވަށައިގެންވާ ނިޒާމާ ގުޅޭ މާބޮޑު މައުލޫމާތެއް އެކަކަށް ވެސް ނޭނގެ އެވެ.

ޖުޕިޓާއަކީ އިރަވީ ނިޒާމުގައި އިރުން ފެށިގެން ފަސް ވަނައަށް އޮންނަ ގުރަހަ އެވެ. ޖުޕިޓާ އަކީ އިރަވީ ނިޒާމުގެ ބޭރަށް އޮންނަ ހަތަރު ގުރަހައެކޭ އެއްފަދައިން ގޭހުގެ މައްޗަށް ބިނާވެގެންވާ، ހަރު ބިމެއް ނޯންނަ ގުރަހައެކެވެ. ޖުޕިޓާވަށާ ބުރުޖަހާ 67 ހަނދު ވެ އެވެ.

1.7 ބިލިއަން މޭލުގެ ދަތުރަކަށް ފަހު ޖޫނޯ ޖުޕިޓާގެ އޯބިޓުގައި ބުރުޖަހަމުންދާއިރު ނާސާ އިން ހާމަކުރާ ގޮތުގައި މިއީ މިހާތަނަށް އެތަނުން ހިންގި އެންމެ އުނދަގޫ މިޝަނެވެ.

ކިޔުންތެރިންގެ ހިޔާލު