ބުރަކަށީގައި ރިއްސުމަކީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް ކުރިމަތިވެފައިވާ ކަމެކެވެ. އަދި ބައެއް ފަހަރު ބުރަކަށީގައި ރިިއްސުމަށް އެދެވޭ ހައްލެއް ހޯދުމަށް ބައެއް މީހުން ބޮޑެތޮ ހޭދަތަށްވެސް ކޮށް އުޅެއެވެ. ނަމަވެސް މާ ބޮޑު ހޭދައަކާއި ނުލާ ބުރަކަށީގައިވާ ތަދު ފިލުވާލެވޭނެ އެތަކެއް ގޮތެއް އެބަހުށްޓެވެ. އެގޮތުން ބުރަކަށީގައިވާ ތަދު ފިލުވާލުމަށް ކުރެވިދާނެ ބައެއް ކަންކަން ތިރީގައި އެވަނީއެވެ.

• ފެތުން

ފެތުމަކީ ހަށިގަނޑުގެ މަސްތައް ވަރުގަދަ ކޮށްދިނނުމަށް ވަރަށް ވެސް ރަނގަޅު ކަސްރަތެކެވެ. ޤަވާއިދުން ފަތާލަން ދާ ނަމަ ތަދު މަޑުވެ، ހަށިގަނޑު ދުޅަހެޔޮ ކޮށްދިނުމަށް އެހީވެއެވެ. އަދި މީގެ އިތުރުން ހަށިގަނޑުގެ މަސްތަކަށް އަރާމު ލިބި ވަރުޖެހުމަށްވެސް މަގުފަހިކުރުވައެވެ.

• މަސާޖު ކުރުން

ކޮންމެ ދުވަހަކު ޤަވާއިދުން ބުރަކަށި މަސާޖު ކުރުމުން ބުރަކަށީގައިވާ ތަދު މަޑުކޮށްދިނުމަށް އެހީވެއެވެ. އަދި މަސާޖު ކުރުމަށް ފަހު ތާފަނާ ފެނުން ބޮނޑިތާންކޮށް ރަނގަޅު ބޭހެއް ނުވަތަ ހޫނު ކޮށްފައި ހުރި ކާށި ތެޔޮ ހޭކުމުން ނަތީޖާ އަވަހަށް ފެންނާނެއެވެ.

• ސްޓްރެޗް ކުރުން

ސްޓްރެޗް ކުރުމަކީ ބުރަކަށީގައިވާ ދަތު ކުޑަކޮށްދޭނެ ކަމަކެވެ، އެހެނީ ސްޓްރެޗް ކުރުމުން ހަށިގަނޑުގެ މަސްތަކަށް ވާންވެ އަސަރު ކުރާނެއެވެ. އަދި މީގެ ސަބަބުން މަސްތަކަށް އަރާމުވެ، ވާ ދަތުވުން ދަށްކޮށްލަދޭނެއެވެ.

• ސްޓްރެންތް ޓްރެއިނިންގ

މިއީ ހަށިގަނޑުގެ މަސްތައް ވަރުގަދަކުރުމަށް ކުރާ ކަސްރަތެވެ. ބުރަކަށީގައި ހުންނަ މަސްތައް ވަރު ދެރަ ވުމުންވެސް ބުރަކަށީގައި ރިއްސުމަށް މެދުވެރިވެއެވެ.

• ފިސިކަލް ތެރަޕީ

މާ ބޮޑަށް ބުރަކަށީގައި ރިއްސާނަމަ ބޮޑު ގެއްލުމެއް މައި ބަދައަށް ނުލިބެނީސް ޑަކުޓަރެއްގެ ލަފާ ހޯދާ ފިސިކަލް ތެރަޕީ ހެދުމަށް މުހިންމު އިސްކަމެއްދޭންވާނެއެވެ.