އެމްބިއުލާންސްއަށް ލަސްވެ ހޮސްޕިޓަލަށް ނުދެވިފައި ހުރި މާބަނޑު އަންހެނަކު އުރާލައިގެން ހޮސްޕިޓަލަށް ގެންގޮސްދިން ފުލުހަކަށް ގިނަ ބައެއްގެ ތައުރީފު ލިބިއްޖެއެވެ.

އިންޑިއާގެ އުއްތަރ ޕްރަދޭޝްގެ ރެއިލްވޭ ސްޓޭޝަނެއްގައި މިދިޔަ ހުކުރު ދުވަހު ހިނގި މި ހާދިސާގެ މަންޒަރު ގިނަ ބަޔަކަށް ފެނިގެން ފޮޓޯއާއި ވީޑިއޯ ނަގައި މީސްމީޑިއާގައި ދައުރުކޮށް ފުލުސް މީހާއަށް ތައުރީފުކުރަމުންދާއިރު، އޭނާ އެ އަންހެން މީހާއަށް އެހީވީ ބަނޑުގައި ރިއްސާތީ އެމްބިއުލާންސަށް ގުޅިފަހުންވެސް ގިނަ އިރުތަކެއް ވެފައިވުމުން، އަންހެން މީހާގެ ހާލު ދެރަވާން ފެށުމުންނެވެ.

އެގޮތުން ސޯނޫ ކުމާރު ނަމަކަށް ކިޔާ އެ ފުލުސް މީހާ، އެ އަންހެން މީހާ އުރާލައިގެން ރެއިލްވޭ ސްޓޭޝަނުން ނިކުމެ، ކުރޮޅިއެއްގައި އެ ސަރަޙައްދާއި މާ ދުރުނޫން ހިސާބެއްގައި ހުރި ކްލިނިކަކާއި ހަމައަށް ގެންގޮސްދިނެވެ. ނަމަވެސް އެތަނުން އެކަށީގެންވާ ޚިދުމަތްތައް ނުލިބުމުން އަނެއްކާވެސް އަންހެން މީހާ އުރާލައިގެން ޑިސްޓްރިކްޓުގެ ހޮސްޕިޓަލަށް ވަނީ ގެންގޮސްދީފައެވެ. މި ހާދިސާ ހިނގި ވަގުތު އެ އަންހެން މީހާގެ ފިރިމީހާވެސް އޭނާ އާއި އެކީގައި އެވަގުތު ހުރި ކަމަށް ވެއެވެ.

"ރެއިލްވޭ ސްޓޭޝަންގައި އަހަރެން ހުއްޓައި ފެނުނީ އެ އަންހެން މީހާ ބަނޑުގައި ރިއްސާތީ އުޅެނިކޮށް. އެވަގުތު އޭނާގެ ފިރިމީހާވެސް އެހީއަށް އެދެމުންދިޔަ. އަހަރެން ވަގުތުން އެމްބިއުލާންސަށް ގުޅިން. އެކަމަކު އެވަގުތު އެމްބިއުލާންސްގެ ޚިދުމަތް ލިބޭގޮތެއް ނުވި. އެހެންވެގެން ކޮންމެ ގޮތަކަށް ނަމަވެސް އޭނާ ހޮސްޕިޓަލަށް ގެންގޮސްދޭން އަހަރެން ބޭނުންވީ،" ކުމާރު ނޫސްތަކުގައި ބުންޏެވެ.

އެ އަންހެން މީހާ ހޮސްޕިޓަލަށް ގެންދިޔަތާ މާގިނައިރެއް ނުވަނީސް ފިރިހެން ކުއްޖަކު ވިހާފައިވާއިރު، އެ ދެމައިންވެސް ތިބީ ހެޔޮ ހާލުގައެވެ. މި ހާދިސާގައި ކުމާރުގެ ފަރާތުން ލިބުނު އެހީތެރިކަމަށްޓަކައި އެ އަންހެން މީހާގެ އާއިލާ އާއި ފިރިމީހާ ވަނީ އޭނާއަށް ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މަލީހު

    ރޭޕް ނުކޮށްފިއްާ ރަނގަޅު

  2. ރޭޕްސްތާން

    ރޭޕް ޝިކާރައަކުން ތި ސަލާމަތް ކޮށް ދިން ފުލުސް މީހާ އަށް ޝުކުރު ޙައްޤު

  3. އަލީ

    ތިކުއްޖާ އަށް ކުމާރު ކިޔަން ފެނޭ

  4. ގުޑް ޖޮބް

    ޝުކުރު ހައްގު... އެކަމު ފޮޓޯ އިން އޭނާ ބަނޑު ބޮޑު ހެނެއް ހީ އެއް ނުވޭ... އަޅޭ ފިރިމީހާ ވެސް ހުއްޓޭ ކައިރީ... އޭނާ މި މީހާ އުރާލައިގެން ދިޔަނަމަ ދޯ...

  5. އިނާ

    މާޝާﷲ

  6. އެމް އައި ދި އޮންލީ ވަން؟

    މަ ބުނީ މަށަށް އެކަނިތަ ޕޮލިސް މީހާ އުރައިގެ ހުރި އިރު ފެންނަން ނުވާތަނެއް ފެންނަނީ؟

    • ޗަކަޗަކަ

      ހިސާބަށްވުރެ ބޮޑަށް ތަންތަނަށް ލޯ ދިއްކުރަންޏާ ފެންނަންނުވާ ތަންތަންވެސް ފެންނާނެ ދޯ..އެކަމު ބުނަން އަހަރެންނަށްވެސް ފެނުނު.ނުފެންނަކަމަށް ހަދާލައިގެންހުއްޓާ ތިކޮމެންޓުކުރީމަ މިހެން ބުނެލީ..ހިހިހިހި