ސްމިތްސޮނިއަން ނޭޝަނަލް ޕޯޓްރެއިޓް ގެލެރީއިން ފެނިގެންދިޔަ ކުރީގެ ރާނީ މިޝޭލް އޮބާމާގެ ފޮޓޯއަށް ތުއްތު ކުއްޖަކު ބަލާލި މަންޒަރު އެންމެންގެ ސަމާލުކަން ހޯދައިފި އެވެ.

2 އަހަރުގެ މި ތުއްތު ކުއްޖާ މިޝޭލްގެ ފޮޓޯއަށް ބަލާއިގެން ހުންނަ ލޯބި ފޮޓޯ މީސްގައި 35،000 އަށް ވުރެ ގިނަ މީހުން ޝެއާކޮށްފައި ވެއެވެ.

އަދި މީސްމީޑިޔާގައި އެ ފޮޓޯ ދައުރުވުމުގެ ސަބަބުން އެކުއްޖާއާއި އެކުއްޖާގެ އާއިލާއަށް ރާނީއާ ބައްދަލުކުރުމުގެ ދައުވަތު ދިނެވެ.

އެގޮތުން މިދިޔަ އަންގާރަ ދުވަހު މީޝޭލްއާއި ބައްދަލުކުރުމަށް ވޮޝިންގްޓަންގައި ހުންނަ އޮފީހަށް ޒިޔާރަތް ކުރުމުގެ ތެރޭގައި މީޝޭލްއާއި އެކު އެކުއްޖާ ނަށާ ވީޑިއޯއެއް ވަނީ ޓްވީޓް ކޮށްފައި އެވެ.

ޓްވީޓްގައި މިޝޭލް ބުނެފައިވާ ގޮތުގައި އެކުއްޖާއާއި ބައްދަލުކުރެވުނީތީ ވަރަށް އުފާކުރާ ކަމަށާއި ބޮޑެތި ހުވަފެންބަލައި އެ ހުވަފެންތައް ހަޤީޤަތަކަށް ހެދުމަށް މަސައްކަތް ކުރުމަށެވެ. އަދި ފަހަރެއްގައި ކޮންމެވެސްދުވަހަކުން ފަހުރުވެރިކަމާއިއެކު އެކުއްޖާގެ ފޮޓޯއަށްވެސް ބަލާނެ ކަމަށް މީޝޭލް ބުނެފައި ވެއެވެ.

ރާނީއާއި ތުއްތުކުއްޖާ ފެނިގެންދާ މި ވީޑިޔޯއަށް މިހާތަނަށް 422،555 މީހުން ލައިކް ކޮށްފައިވާއިރު 85،414 މީހުން މި ފޯސްޓް ރިޓްވީޓް ކޮށްފައިވެއެވެ.

މީޝޭލްގެ މި ފޮޓޯއަކީ އެފްރިކާ އަދި އެމެރިކާގެ ދެ އާޓިސްޓުން ކަމަށްވާ ކެހިންޑޭ ވިލްލޭ އަދި އަމީ ޝޭރާލްޑް މިދިޔަ ފެބްރުއަރީމަހުގެ 21 ވަނަ ދުވަހު ވޮޝިންގްޓަންގައި ބޭއްވި ހަފްލާއެއްގައި އާންމުކޮށްފައިވާ ފޮޓޯއެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބޫ ހުޅުމާލެ

    ތި ތުކުއްޖާގެ ތިބަލާލުމަށްވުރެއް ސީރިޔާގެ އެތިބަ ޔަތީމުކުދިންގެ މާޔޫސް ކަމުގެ ބެލުން ނިއުސްވެރިންނަށް އިޙްސާސްނުވޭތޯއޭ އެއީވެސް ތުއްތު ކުދިން އަދި އެހާމެ ތުއްތުކުދިން އެކުދިންގެ އާދޭހުގެ އަޑު މި މުސްލިމު އުންމަތަށް ނީވޭތޯ ނޫނީ އަނދިރީތޯ؟؟

    • ޅޮލް

      ނަމަކަށް އަބޫ ޖަހައިގެން ކައެ ސީރިއާއަށް ނުދާން ތިހިރީ ފިޑިވެފަތަ