ރާއްޖޭގެ ރީތި ރިސޯޓެއްގައި ޗުއްޓީ ހޭދަކުުރަމުންދިޔަ އިންޑިއާގެ މަޝްހޫރު ފިލްމް އެކްޓަރ ސޮނަކްޝީ ސިންހާ އެނބުރި ގައުމަށް ފުރައިފިއެވެ.

ސޮނަކްޝީގެ ރަހުމަތްެތެރިންނާއެކު ރާއްޖޭގައި އޭނާ ޗުއްޓީ ހޭދަކުރަމުންދިޔަކަމުގެ ފޮނި ފޮޓޯތައް މީސް މީޑިއާގައި ވަނީ ހިއްސާކޮށްފައެވެ. އޭނާ ޗުއްޓީ ހޭދަކުރަމުން ދިޔައީ ސިއްރު ފެންފުށީގައެވެ.

ސޮނަކްޝީ ރާއްޖެ އައިސް ނަގާފައިވާ ފޮޓޯތައް އިންސްޓަގްރާމަށާއި، ޓްވިޓާގައި އަދި ފޭސްބުކްގައިވެސް ދަނީ ހިއްސާކުރަމުންނެވެ. އޭނާ މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، ދުނިޔޭގެ އެންމެ ފޭވަރޭޓް ތަނުގައި ވަރަށް ފުރިހަމަ ޗުއްޓީއެއް ހޭދަކުރެވިއްޖެ ކަމަށެވެ. އަދި ރާއްޖޭގައި ހޭދަކުރެވުނު ދުވަސްތައް ދުވަހަކުވެސް ހަނދާން ނައްތާލުވޭނެކަމަށް އޭނާ ބުނިއިރު، އަދި ވެސް އަންނާނެކަމުގެ ޔަގީންކަން ސޮނަކްޝީ ވަނީ ދީފައެވެ.

އޭނާ ރާއްޖެ ދޫކޮށް ފުރާފައި ވަނީ މިރޭގެ ވަގުތެއްގައިކަަމަށް މައުލޫމާތު ލިބެއެވެ.

ސޮނަކްޝީއަކީ ބޮލީވުޑްގަައި ގަދަޔަށް ވިދަމުން އަންނަ އެއް ތަރިއެވެ. އަދި މަޝްހޫރު ތަރިންނާއެކު ފިލްމް ކުޅެލުމަށްވެސް ފުުރުސަތު ލިބުނު އެކްޓްރެސްއެކެވެ.

މީގެ ކުރިންވެސް އޭނާ ވަނީ ރާއްޖެ އައިސްފައެވެ. އަދި މީސް މީޑިއާ މެދުވެރިކޮށް ފޮޓޯތައް ވަނީ ހިއްސާކޮށްފައެެވެ.