އުއްމީދުތައް ކުރަމުން އައި ޒުވާނެއްގެ ވާހަކައިން ފަށައިގަންނަމާ ހިނގާށެވެ. މިއީ މުޅި ރާއްޖޭގައި ހުރި ބޮލީވުޑްގެ އެކްޓްރެސް ސޮނަކްޝީ ސިންހާ ނަމްބަރ ވަން ފޭންއެވެ. އެ ޔަގީންކަން ދެވޭވަރު ވެއެވެ. މިއީ ހއ.ބާރަށަށް އުފަން ފާތުމަތު އީނަތު (އިންނު) އެވެ. އޭނާއާއި ސޮނަކްޝީ އާއި މިއަދު ބައްދަލުވެއްޖެއެވެ. ވަރަށް މަދުން ނޫނީ ފޭނުންނަށް ނުލިބޭ ނަސީބެއް އޭނާއަށް ލިބިއްޖެއެވެ.

އިންނު ބުނީ، ސޮނަކްޝީއަށް މީގެ ހައެއްކަ އަހަރު ކުރިން ފެށިގެންވެސް ސަޕޯޓް ކުރަމުން އަންނަ ކަމަށެވެ. އަދި މިދިޔަ އަހަރުން ފެށިގެން ޓްވިޓާ ބޭނުން ކުރަން ފަށައިގެން ރަސްމީކޮށް ސޮނަކްޝީއަށް ސަޕޯޓް ކުރާކަން ހާމަކުރިއެވެ.

"ޓްވީޓް ކުރަމުންދާތާ ދެތިން މަސް ފަހުން އެ މީހުންގެ ގުރޫޕަކަށް ވެއްދީ ކުއްޖަކު ލައްވާ. ދެން އެ ގުރޫޕްގައި ފަސްވަރަކަށް މަސް ފަހުން އޮފިޝަލް ގްރޫޕަކަށް ވެއްދީ. އޮފިޝަލް ގުރޫޕްގައި އުޅޭނެ އޭނާގެ ފޭންސްން. ކައިރީގައި އުޅޭ މީހުންނާއި، ސޮނަކްޝީގެ ބެސްޓް ފްރެންޑް، މޭކަޕް އާޓިސްޓުންނާއި، މެނޭޖަރު. އެއީ އެ މީހުންގެ އޮފިޝަލް ގުރޫޕް" އިންނު ބުންޏެވެ.

އިންނު ބުނީ، ސޮނަކްޝީ އާއި ސީދާ މާބޮޑު ވާހަކައެއް އެއިރު ނުދެކެވުނު ނަމަވެސް، ބުނަން ބޭނުންވާ އެއްޗެއް ބުނެލުމުން ރިޕްލައި ކުރާ ކަމަށެވެ.

އިންނު އާއި ސޮނަކްޝީގެ ގުޅުން ގިނަ ބަޔަކަށް އެނގިގެން ދިޔަ ހިސާބަކީ އިންނު ސޮނަކްޝީގެ ފޮޓޯއެއް ކުރެހި ހިސާބުންނެވެ. އެ ކުރެހުން ސޮނަކްޝީއަށް ވަރަށް ކަމުދިޔައެވެ. އަދި އިންނުގެ ހުނަރު ފާހަގަކޮށް ވީޑިއޯއެއްގެ ޒަރިއްޔާއިން ދިން ހާއްސަ މެސެޖުގައި ރާއްޖެއަކީ އޭނާ ވަރަށް ލޯބިވާ ތަނެއް ކަމަށް ބުންޏެވެ. އަދި ރާއްޖެ އައިސްފިނަމަ އިންނު އާއި ބައްދަލުކުރާނެ ކަމަށްވެސް ބުންޏެވެ.

https://twitter.com/sonakshisinha/status/896968559313784832?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E896968559313784832%7Ctwgr%5E373939313b73706563696669635f73706f7274735f616374696f6e&ref_url=https%3A%2F%2Favas.mv%2F49624

އޭގެ ފަހުން ސޮނަކްޝީގެ އުފަން ދުވަހު އިންނު ވެސް ހިމެނޭ ގޮތަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި ސޮނާކްޝީގެ އެންމެ ބޮޑު 25 ފޭނުން ތައްޔާރުކުރި އެ ވީޑިއޯގެ ޒަރިއްޔާއިން ވެސް ސޮނަކްޝީގެ ހިތުން އިންނުއަށް ޖާގައެއް ލިބުނެވެ. އެ ވީޑިއޯއާއެކު ވެސް އޭނާގެ ހާއްސަ ޝުކުރެއް ލިބިގެން ދިޔައެވެ.

ސޮނަކްޝީ ރާއްޖެ އަތުވެއްޖަނަމަ އިންނު އާއި ބައްދަލުކުރާނެ ވާހަކަ ބުނުންވެގެން ދިޔައީވެސް އިންނުއަށް އުފާވެރި ހަބަރަކަށެވެ. އަދި އިންތިޒާރުވެސް ކުރެވުނު ކަމަށެވެ.

"ވަގުތު"އަށް އިންނު ދިން އިންޓަވިއުއެއްގައި ސޮނަކްޝީއާއި ބައްދަލުކުރަން އޭނާ ކުރި ދަތުރުގެ ވާހަކަ ހިއްސާކުރިއެވެ. އިންނު ބުނީ، ސޮނަކްޝީގެ ބެސްޓްފްރެންޑް ސަކްޝީ މެހްރާ، އެ މީހުން ރާއްޖެ އަންނަކަން ކުރީބައިގާ ޓްވިޓާ މެދުވެރިކޮށް ބުނި ކަމަށެވެ. އެހެން ނަމަވެސް އިންނުއަށް އެ މެސެޖްތައް ހުރީ ނުބެލިއެވެ. އިންނު އެ މެސެޖްތައް ފެނުނީ މިދިޔަ ހުކުރު ދުވަހުއެވެ. އެއިރު ސޮނަކްޝީ މެންތިބީ ސިއްރު ފެންފުށީގައެވެ. އިންނު ބުނީ، އެ މެސެޖްތައް ފަހުން ފެނުމުން ވަރަށް ދެރަވި ކަމަށެވެ. ވަޒީފާގެ ގޮތުން އުޅެން ޖެހުނު ބިޒީކަމުން މެސެޖްތައް ނުފެނުނީކަމަށް އިންނު ބުންޏެވެ.

އެހެން ހުއްޓާ ސާކްޝީ މިއަދު އިންނުއަށް މެސެޖްކުރިއެވެ. މިއަދު އެއާޕޯޓަށް އައުމަށް އެދުނެވެ.

"އަހަންނަށް ހިއެއް ނުވޭ ސޮނަކްޝީއަށް އިނގޭހެން އެކަން. އަހަރެން ފެނުމުން ސޮނަކްޝީއަށް ހުރީ ވަރަށް ބޮޑު ސަޕްރައިޒެއް ލިބިފައި" އިންނު ބުންޏެވެ.

އިންނު ބުނީ، ސާކްޝީ އެގޮތަށް ބުނި ނަމަވެސް ވަގުތެއް އަންގާފައިނުވާ ކަމަށެވެ. އެހެންވެ އެ މީހުން ފުރަން އަންނަ ގަޑިއެއް އިންނު އަށް ނޭނގެއެވެ. އެހެންވެ އޭނާއަށް އަނެއްކާވެސް ސާކްޝީއަށް މެސެޖް ކުރިއެވެ. ނަމަވެސް މެސެޖްތަަކަށް ސީން ނާރުވައެވެ. އެހެންވެ އެންމެ ފަހުން އިންނު ވަނީ ސިއްރު ފެންފުއްޓަށް ގުޅާ އެ މައުލޫމާތު ހޯދަން މަސައްކަތްކޮށްފައެވެ. ނަމަވެސް އެމީހުންވެސް މައުލޫމާތު ނުދިނެވެ. ނަމަވެސް އެތަނުގައި އުޅޭ ރަހުމަތެރިއެއްގެ އެހީގައި ސޮނަކްޝީ ހަވީރު ސީޕްލޭންގައި އެއާޕޯޓަށް އަންނާނެ ކަން އެނގުނެވެ. އަދި ރާއްޖެއާ ގުޅުން ހުރި ގިފްޓްތަކާއި، މާބޮޑިއެއް ހިފައިގެން އިންނު އެއާޕޯޓަށް 15:30 ގައި ދިޔައެވެ. އަދި އެތަނުގައި އެތައް އިރެއްވަންދެން ހުއްޓެވެ.

"އެތަނަށް ގޮސް ސޮނަކްޝީ ހޯދާ ހޯދާ ނުފެނުނު. 15:30 ގައި ގޮސް 6:00 ޖަހަންދެން އަހަރެން އެތަނުގައި ހުންނަނީ. ހުންނަނީ...މާ ފަހުން މި ފެންނަނީ މާސްކް އަޅާފައި ހުރި މީހެއްދޯ. ދެން ސާކްޝީ ފެނުމުން އެނގުނު އެއީ ސޮނަކްޝީކަން. އަހަރެން ދެން ފަހަތުން ގޮސްލާފައި ކޮއްޓާލަނީ. ސޮނަކްޝީ ބުނަނީ ކިހިނެއް ހެއްޔޭ އެނގުނީ. މާސްކް އަޅާފައެއް ނޫންހޭ މިހިރީ ކިހިނެއްހޭ އެނގުނީ ތިމަންނަ". އިންނު ބުންޏެވެ.

އިންނު، ބުނީ، އެގަޑީގައި ސެލްފީއެއް ނެގުމަށްވެސް އޭނާ ފުރަތަމަ ފުރުސަތު ނުދިން ކަމަށެވެ. އެއީ އެހެން ބަޔަކަށް ފެނިދާނެތީއެވެ. އަދި ޗެކިންގ ނިންމާފައި ހުރުމުން ގިފްޓްތައްވެސް އޭނާއަށް ނުގެންދެވުނުކަމަށް އިންނު ބުންޏެވެ. ނަމަވެސް އޭނާ ދިޔައީ، އިންނުދިން މާ ބޮކޭ ހިފައިގެންނެވެ.

"ބުނި ތިމަންނަގެ ފޭވަރޭޓް ޑެސްޓިނޭޝަންއަކުން ތިމަންނަގެ ތިހާ ބޮޑު ފޭންނެއް ހުންނާތީވެ. ދެން އެންމެ ފަހުން ބުނެފި ސެލްފީއެއް ނަގައިދޭން". އިންނު ބުންޏެވެ.

https://twitter.com/sona_innu/status/1041695601304301568

އިންނު ފަހުން އޭނާއާއެކު ސެލްފީ ނެގިއެވެ. އަދި އިންނު ޓްވިޓާގައި، އެ ފޮޓޯ ހިއްސާކޮށްފައިވާއިރު، އިންނު ބުނީ، އެންމެ ފަހުން އޭނާގެ ހުވަފެން ހަގީގަތަކަށް ވެއްޖެ ކަމަށެވެ. އަދި އޭނާ ވަރަށް އުފާވެފައިވާކަމަށާއި، މިހާރު ރޮވޭ ވަރުވާކަމަށް ވެސް އިންނު ބުންޏެވެ.

ޓްވިޓާގައިވެސް އިންނު ބުނެފައިވާގޮތުގައި، އޭނާ ޓްވިޓާ ބޭނުންކުރަނީ ވެސް ސޮނަކްޝީއަށްޓަކައެވެ. އަދި އިންނު ބުނީ، އޭނާ ސޮނަކްޝީއަށް ބައްދަލުކުރެވިދާނެކަމަށް އެންމެ ބޮޑު ޔަގީންކަމެއް ދިނީ، ރާއްޖޭގައި ހުރި ޕްރިޔަންކާ ޗޯޕްރާގެ އެންމެ ބޮޑު ފޭން ސުނީތާ އަލީ ކަމަށެވެ. ސުނީތާއަކީ އޭނާގެ އިންސްޕިރޭޝަން ކަމަށްވެސް އިންނު ބުންޏެވެ.

އިންނުއަށް މިއަދު އޭނާއަށް އެންމެ ކަމުދާ ސެލެބްރިޓީއާއި ބައްދަލު ކުރަން ފުރުސަތު ލިބިއްޖެއެވެ. އިންނުއަށް ހީވީ ދެ އީދު އެއްފަހަރާ އައިސްގެން އުޅޭހެންނެވެ. އެހާވެސް އޭނާ އެ ހުރީ އުފާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ސަތްރަންގް

    ސުނީތާ އާ ހާދަ ވައްތަރޭ.!!!

  2. ބާނިޔޫސޭ

    އަނެއްކާ އަނެއް ސުނިޔަންކާ އުފެދުނީީދޯ. ނޫން ސުނިޔަންކާ އެއްނޫން. މިފަހަރު އީނަކްޝީ.

  3. Ma

    ޢިންނު ނިކަން އަހަންނާވެސް ބައްދަލުކޮއަލަބަލަ. ސެލްފީ އެއް ނަގަން ބޭނުންވަންޏާ އަހަރެން އެފުރުސަތު ދޭނެމޭ

  4. އިން

    ވީ ފައިދާއެއް ކޮބާ

  5. ހސ

    އިނަކްޝީ.....ފިލްމްސްޓާރުންނާއި ހެދި މޮޔަވިޔަސް ތީ ފުކެއް ބޮޑުވަރު ????

  6. ާސޯނޮ

    ގިޔާމަތް ދުވަހު ތިބޭނީ އެފޭނުންނާއިއެކީ މަހުސަރު ބިންމަތީ

  7. ސުނީތާ

    ތީ ފުކެއް ބޮޑުވަރު

  8. ބޭބީ

    މޮޔަކޮސް ދިވެހިންދޯ. ބަލަ ބޮޑުމުޝްރިކެއް އެއީ މާތްﷲގެ ދީނުގެ ދުޝްމަނުންދެކެ ލޯތްބެއް ނުވެވޭނެ.

  9. Anonymous

    އިންނު މުސްލިމަކަށް ވެހުރެ ފާޙިޝް ކަންތައްތައް ފަތުރާ ހަރުބީ ކާފަރަކާއި ބައްދަލުވުމުން ތިހާ އުފާކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް

    • އޭ

      ބަލަ އެންމެން ވެސް މުސްލިމުންނޭ ކިޔަނި.. ތިމީހާވެސް ނޭނގެ ތި ކޮންގޮތަކަށް އުޅޭ މީހެއް ކަމެއް؟!

  10. ހާމިދު ހުޒާމް

    ސޮނާކްސީ ސިންހާ އަކީ ސަތަރު ގަނޑު ސިންހާ ގެ ދަރިއެއް. ހުވަދު އަތޮޅު މީހުން ޒަމާނުންސުރެއް ބުނަމުން އަންނަ ވާހަކައެއް. ހުވަދޫން ކަރައަކަށް ދަތުރުކުރަމުންދިޔަ އޮޑިއެއް ބެހިގެން ވީނުވީތަނެއް ނޭންގި ލެއްގީ ބޮންބޭ އައްސޭރިއަށެވެ. އެބޯޓުން ސަލާމްތްވި ދިވެހި އަންހެނެއްގެ ދަރިއެކޭ ސަތަރޭ އަކީ. އެހެންވީރު، ސޮނާކް ސީއަށް އެ އާދެވުނީ، އޭނާއަށް މާމަގެ އުފަން ފަސްގަނޑަށެވެ. ސޮނާކްސީ އަކީ ހަމަ ދިވެއްސެކެވެ.

  11. ރީހާން

    ޤިޔާމަތްދުވަހު އެމީހާ ވާހުށީ އެމީހާ އެ ލޯބިވި ބަޔަކާއި އެކު. އިންނު އަވަހަށް ތައުބާވެލައްވާ