ބޮލީވުޑް ކުޅަދާނަ އެކްޓަރު އަމީތާބު ބައްޗަނާއި އާމިރް ޚާން އަދި އެކްޓްރެސް ކެޓްރީނާ ކައިފާއި ފާތިމާ ސަނާ ޝެއިޚް ލީޑް ރޯލުން ފެނިގެންދާ ފިލްމު "ތަގްސް އޮފް ހިންދުސްތާން" ގެ ލޯގޯ އާއި ރިލީޒިން ތާރީޚު އާންމުކޮށްފިއެވެ.

މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު މަހުގެ އަށްވަނަ ދުވަހުއެވެ. އެއީ އިންޑިއާއަށް ބަންދުދުވަހެއްވެސް މެއެވެ.

"ތަގްސް އޮފް ހިންދުސްތާން" ގެ ލޯގޯ މިހާރު އާންމުވެފައިވާއިރު، ވަރުގަދަ ދެ ކަނޑި ޖެހޭ ނުޖެހޭހައި ހިސާބުގައި ހުންނަތަން ލޯގޯ އިން ފެނެއެވެ.

ލޯގޯ އާންމުކޮށް ނެރެފައިވާ ވީޑިއޯގެ މިއުޒިކްވެސް އާދަޔާޚިލާފު ގޮތަކަށް ހުރިއިރު، ބައެއް ފަރާތްތަކުން ބުނަމުންދަނީ ފިލްމުގައި ކޮންމެވެސް ވަރެއްގެ ބިރުވެރި ކަންތައްތަކެއް ހިމެނޭނެ ކަމަށެވެ. ނަމަވެސް އެކަމާއި ގުޅިގެން ފިލްމުގެ ޓީމުން ވަކި އެއްޗެއް ބުނެފައި ނުވާއިރު، ފިލްމުގެ އިންތިޒާރުގައި މިހާރު އެތައް ބަޔަކު ތިބޭނެކަން ގައިމެވެ.

 

މި ފިލްމަށް އެކަނިވެސް ބަރުދަނުގައި 2 ކިލޯ ލަކް ހުންނަ ދެ ބޯޓް ބަނދެފައިވާއިރު، އަމީތާބާއި އާމިރް ފެނިގެންދާނީ ޕައިރެޓުންގެ ގޮތުގައި ކަމަށްވެސް މިހާތަނަށް އާންމުވެފައި ހުރި ބައެއް ފޮޓޯތަކާއި އާންމުވި މައުލޫމާތަށް ނިސްބަތްކޮށް ބައެއް ފަރާތްތަކުން ބުނެއެވެ.

މީގެކުރިން ފިލްމުގެ ޝޫޓިންގެ ތެރެއިން އަމީތާބަށް ވަނީ އަނިޔާވެސް ވެފައެވެ.

ތާރީޚީ ބުރިއްޖެއްގައި ޝޫޓް ކޮށްފައިވާ މި ފިލްމަކީ ވިޖޭ ކްރިޝްނާ ޑައިރެކްޓްކޮށް އަދިތުޔާ ޗޯޕްރާ ޕްރޮޑިއުސްކުރާ ފިލްމެކެވެ.

ކިޔުންތެރިންގެ ހިޔާލު