ދުނިޔޭގައި 195 ގައުމު އޮންނަ އިރު އެގައުމުތަކުގެ ދިރިއުޅޭ މީހުންގެ އާދަކާދައާއި ދިރިއުޅުމުގެ ވަށްޓަފާޅި އެހެން ގައުމުތަކުގެ މީހުންނާއި ތަފާތެވެ. އެހެންކަމުން ފަހަރުގައި އޭޝިއާ ބައްރުގެ ގައުމުތަކުގެ މީހުން ކުރާ ކަންކަން ޔޫރަޕްގެ މީހުން ނުކޮށްފާނެއެވެ. އަދި ކަޅު މީހުން ކުރާ ކަންކަން ދޮން މީހުން ނުކޮށްފާނެއެވެ. މިފަދަ ގޮތަކަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ކަންކަން ހުރިއިރު ބައެއް ގައުމުތަކަކީ ކައިވެންޏެއް ކުރުމަށް ފަހު ވަރިކުރަން ބޭނުންނަމަ އެކަން އެހާ ފަސޭހައިން ކުރެވޭނެ ގައުމުތަކެއް ނޫނެވެ. އެގޮތުން ވަރިކުރުމުގައި އެންމެ ތަފާތު ކަމެއް ގެންގުޅޭ އެއްގައުމަކީ އެފްރިކާ ބައްރުގެ ގާނާއެވެ.

ގާނާގައި ވަރިކުރަން ބޭނުން ނަމަ އެއީ ހަމަ އެކަނި ބުނެލާ ބަހަކުން ފުއްދާލެވެން އޮންނަ ކަމެއް ނޫނެވެ. ގާނާގައި މީހަކު ވަރިކުރަން ބޭނުންނަމަ އެ މީހަކު ފުރަތަމަ ޖެހޭނީ އެމީހެއް ކައިވެނި ކުރި ދުވަހު ލީ ހެދުން ނުވަތަ ވެޑިން ޑްރެސް ލާށެވެ. އެނޫން ގޮތަކަށް އެގައުމުގައި ވަރިއެއް ނުކުރެވޭނެއެވެ. ގާނާގައި ކައިވެނިކުރި އިރު ލައިގެން ހުރި ހެދުން ލައިގެން ނޫން ގޮތަކަށް ވަރިނުކުރެވޭއިރު މިކަން މިގޮތަށް ހަމަ ޖައްސައިފައި އޮންނަނީ ކައިވެންޏަށް ފަހު ވަކިވެގެން ދާއިރުވެސް އެކަން ފާހަގަ ކުރުމަށެވެ.

އަދި އެކަމުގެ ސަބަބުން އެގައުގައި ކައިވެންޏެއް ކުރުމަށް ފަހު ވަރިވާ މީހުންގެ އަދަދު މަދު ކަމަށް އެގައުމުގެ ދައުލަތުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އަދި ވަރިވާއިރު ވެޑިން ހެދުން ނުލައިފި ނަމަ އެ ބަޔަކު ވަކި އަދަދަކުން ޖޫރިމަނާ ކުރެވޭއިރު މިއީ މުޅި ދުނިޔޭގައި ވެސް އެންމެ ތަފާތުގޮތެއްގައި ވަރިކުރުމުގެ ކަންކަން އޮންނަ ގައުމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. the

    ??????

  2. ާގާޒީ

    ? އޮބި ނޯންނަވަރު ގެ ގަވައިދެއް