ލޯބީގެ ގޮތުން މީހަކާއި ގުޅިގެން ނުވަތަ ރިލޭޝަންޝިޕްއެއްގައި ނޫޅޭ މީހަކު މިހާރު މަދުވާނެއެވެ. ފަހުގެ ހޯދުންތަކުން ދައްކާ ގޮތުގައި ރިލޭޝަންޝިޕްތަކުގައި އުޅޭ މީހުން ހުސްހަށިބައިކޮށް ތިބޭ މީހުންނަށް ވުރެއް ފަލައެވެ. ނުވަތަ އެ ފަރާތްތަށް ފަލަވުމުގެ ފުރުސަތު ބޮޑެވެ.

އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ކުއީންސްލޭންޑްގެ ސައިންސްވެރިން ވަނީ 15،000 މީހުންގެ ދިރިއުޅުމގެ އާދަތަށް 10 އަހަރު ދުވަސް ވަންދެން ބަލާފައެވެ. 10 އަހަރަށް ފަހު އެއްކުރެވުނު މައުލޫމާތުގެ އަލީގައި އެޔުނިވާސިޓީގެ ސައިންސްވެރިން ބުނެފައިވަނީ އުފާވެރި ރިލޭޝަންޝިޕްތަކުގައި އުޅޭ މީހުން ނުވަތަ ލޯބިން އުފަލުގައި އުޅޭ ލޯބިވެރިންގެ ބަރުދަން އާދައިގެ މީހުންނަށް ވުރެއް އެވްރެޖްކޮށް 5.8 ކިލޯގްރާމް ބަރެވެ. އަދި އަހަރެއްގެ މަށްޗަށް އެފަދަ ފަރާތްތަށް 1.8 ކިލޯ ބަރުވެއެވެ.

ރިލޭޝަންޝިޕްތަކުގައި އުޅޭ މީހުން ބަރުވާ މައިގަނޑު ސަބަބެއް ކަމުގައި ކުއީންސްލޭންޑްގެ ސައިންސްވެރިން ބުނަނީ ހިތްހަމަ ޖެހިގެން އުޅުމާއި އެކުގައި ކާ މިންވަރު އިތުރުވުމެވެ. އަދި ފޮނި ކާއެއްޗެހި ކާ މިންވަރު އިތުރުވުމުން ކަމަށްވެސް ސައިންސްވެރިން ބުނެއެވެ. މީގެ އިތުރުން ކަސްރަތާއި ކުޅިވަރު ކުޅުމާއި ދުރުހެލިވުމަކީވެސް ފަދަވުމުގެ ސަބަބެއް ކަމުގައި ސައިންސްވެރިން ބުނެއެވެ.

ސައިންސްވެރިންގެ ނަޒަރުގައި އުފާވެރި ރިލޭޝަންޝިޕްތަކުގައި އުޅޭ މީހުން ސިނގިރޭޓް ބުއިމާއި، ރާބުއިމާއި، އެނޫންވެސް އަހުލާޤީ ގޮތުން ދަށުފެންވަރުގެ ކަންކަން ކުރާ މިންވަރު މަދުވެއެވެ.

ރިލޭޝަންޝިޕްތަކުގައި އުޅޭ މީހުން ފަލަވާ ކަމަށް ޔުނިވާސިޓީ އޮފް ކުއީންސްލޭންޑްގެ ސައިންސްވެރިން ބުނެފައިވާއިރު މީގެ ކުރިން އެމެރިކާގެ ސައިންސްވެރިންގެ ޓީމަކުންވެސް ވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހުންގެ ބަރުދަން އިތުރުވާ ކަމަށް ބުނެފައެވެ،

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަކީނާ

    ވަރަށް މުޖައްރިބު ވާހަކައެއްމިއީ! ދެލޯބިވެރިން ދެލޯބިވެރިންނާއެކު ގުޅުންބާއްވަން ފެށިމަ ދެމީހުންވެސް ފަލަވަންފަށާނެ!

  2. އަހުން

    ކޮބާ މީގެން ވެސް މި ސާފުވަނީ އިސްލާމް ދީނުގައި ކައިވެނި ކުރުމަށް ބާރު އަޅާ ސަބަބުތައް ހަމަ.

  3. އި

    ދުނިޔެއަށް ގެއްލި ހަރާމް ގޮތުގަ އުޅޭ މީހުން ފަލަވެސްވާނެ