އިންޑިއާގެ އުއްތަރް ޕްރަދޭޝްގެ އަންހެނަކު އޭނާ ދިރިއުޅޭ ވިލޭޖުގެ މަގުތައް ހެދުމަށް އޭނާގެ ގޭގެ އެއް ބައި ވިއްކާލައިފިއެވެ.

އުމުރުން 55 އަހަރުގެ އެ އަންހެން މީހާ ބޭނުންވަނީ 250 މީޓަރުގެ އެ މަގު ރީތިކޮށް އެއް ވަރުކޮށް ފަސް އަޅާ ހެދުމަށެވެ. އޭނާ އެ ގެ ލައްކައެެއްހާ ރުޕީސްއަށް ވިއްކާލިއިރު، އެ ފައިސާތައް ބޭނުންކުރަނީ އެ އަވަށުގެ މަގު ހެދުމަށެވެ.

ރަޖޭޝް ޑޭވީ ނަމަކަށް ކިޔާ އެ އަންހެން މީހާ ބުނީ، އޭނާ އެ މަގުމަތީގައި ދަތުރުކުރުމުގެ ސަބަބުން އެތައް އަނިޔާތަކެއް އޭނާ އަށް ވި ކަމަށެވެ. އަދި އެފަދަަ އަނިޔާތައް އެެހެން ބަޔަކަށްވާން ނޭދޭކަމަށް އޭނާ ބުންޏެވެ.

އެހެންވެ އެކަމުގެ ހައްލެއް ހޯދުމަށް ކަމާ ބެހޭ ފަރާތްތަކަށް ދިއުމުގެ ބަދަލުގައި އޭނާ ބޭނުންވީ އެ މައްސަލަ އޭނާ އަމިއްލައަށް ހައްލު ކުރުމަށެވެ. ޑެވީގެ ދަރިފުޅު މިހާރު އެ މަސައްކަތްކޮށްދޭނެ ކުންފުންޏެއް ހޯދާ އެ މީހުންނާއި ވާހަކަދައްކަމުން އަންނަކަމަށް ވެއެވެ. އަދި އެންމެ ރެއަކުން އެކަން ނިންމާލެވޭނެކަމަށް އެ މީހުން ބުނެފައިވާކަމަށް ވެއެވެ.

ޑެވީ އިތުރަށް ބުނިގޮތުގައި، ސަރުކާރުގެ އޮފިޝަލުންގެ ބައެއް ކަހަލަ ނިންމުންތަކަށް އޭނާ ވަރަށް ހިތްހަމަ ނުޖެހޭ ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ބުނެފައި ވަނީ، ފަގީރުންނާއި، މުއްސަނދިން ތާފާތު ކުރަން ގެންގުޅޭ ޕޮލިސީ ކަމަށެވެ. އަދި މަގުތައް ހެދުމާއި، ގުޅޭގޮތުން ވަރަށް ބައިވަރު ފަހަރެއްގައި ސިޓީ އެއްޗެހި ލިޔުނު ކަމަށާއި، ނަމަވެސް އެކަމަށް އެެއްވެެސް ޖަހަލަ އިޖާބައެއް ނުދީ، އެހެން ބައެއް ކަންކަންކޮށްފައިވާކަމަށް ޑެވީ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކުއްޖެ މީ

    ރަންގަޅު ކަލޭ